ވ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރުކުރި މަސްވެރިންކަން ކުރާ ދޯންޏެއްގެ އިންޖީނު ހުއްޓިގެން ސިފައިން އެހީވެއްޖެއެވެ.

"ބަރަކާތް"ނަމަކަށް ކިޔާ މި ދޯނީގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 17:38 ހާއިރުއެވެ. އަދި ދޯނީގެ ވެރި ފަރާތުން އިންޖީނު މަރާމާތު ކުރުމަށް ބޭނުންވާ ބައެއް ސާމާނު އެމްއެންޑީއެފްއަށް ދިނުމުން އެ ތަކެތި އެމްއެންޑީއެފް އިން އެ ދޯންޏާއި ހަމައަށް ގެންގޮސްދީފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، މި ދޯނީގެ އިންޖީނު މަރާމާތު ކުރުމަށްފަހު މިރޭ 19:38 ހާއިރު މާލެ އަށް ދަތުރުކުރުމަށް ވަނީ ފުރާފައެވެ.

މި ދުވަސްވަރު ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ކަނޑުމަތީގައި ދިމާވާ ތަފާތު ހާދިސާތަކުގައި އެމްއެންޑީއެފް އާއި މެރިން ފުލުހުންގެ އެހީ ވަރަށް ބޮޑަށް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުގޫފާރު މީހާ

    ހުރިހާ ބޭފުޅުން މޫސުމަށް ސަމާލުވެ ލައްވާ.