ހދ. ހަނިމާދޫ އިން ފުރަައިގެން ކުޅުދުއްފުއްޓަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް އަޑިއަށް ގޮސްގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުން އެބަދެއެވެ.

އަޑިއަށް ގޮސްފައި ވަނީ "ދަރުމަ 2” ނަމަކަށްކިޔާ ލޯންޗެކެވެ. މި ލޯންޗް އަޑިއަށް ގޮސްފައި ވަނީ މިރޭ 8:05 ހާއިރުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުޅުދުއްފުށީ ފަޅަށް ވަންނަނިކޮށް ނެރު ފައިކަށީގައި ޖެހި ފަޅައިގެން ދިޔަ ލޯންޗެއް ދިޔަވެ ފަޅުތެރެއަށް އަޑިއަށްދާތީ ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު އެ ލޯންޗްގައި ތިބީ ކިހާ މީހުނެއް ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެ އޮފިޝަލް ވިދާޅުވިގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

އެމްއެންޑީއެފްގެ އޮފިޝަލު ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ ކުޅުދުފުއްޓަށް ވަންނަން އުޅުމުގެ ތެރޭގައި ގަލެއްގައި ޖެހިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދާއޫދް އިބްރާހިމް

    ތިބި މީހުން ގެ އަދަދު ނޭންގެންޔާ މީހަކަށް އަނިޔާ ނުވާކަން ކިހިނެތް ބާ އިނގެނީ....

    16
    1