ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް، ފެނަކަ ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެެވެ.

ނިމާލް މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސައީދާއި ގުޅުން އޮންނަ ކުންފުނިތަކުން ކުރީބައިގައި އިންޖީންތައް ގެނެސް ގުޅީފަޅުގައި ގުދަން ކޮށްފައި ހުންނަ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ސައީދަށް ކޮމިޝަން އޮންނަ ގޮތައް ފެނަކަ އިން އިންޖީންތައް ގަންނަ ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ.

"ގުޅީފަޅާއި އެހެން ތަންތަނުގައި ކުރީބައިގައި މަނިކުފާނާއި ގުޅުން ހުރި އަމިއްލަ ކުންފުނިތަކުން ގެނެސްފައި ހުރި އިންޖީންތައް ބައިވަރު ކުރި ކަމަށް ރަށު ތެރޭގައި ކިޔާތީ އަޅުގަނޑު އަޑު އަހަމަވެ. މަނިކުފާނު އިންޖީންތައް ބައްވަލައިގަނެ ފޮނުވަނީ ވާދަވެރި ބީލަމަކުން އިއުލާން ކޮށްގެންތޯއެވެ. ބޭނުންފުޅުވާ އަމިއްލަ ކޮންޓްރޯލް އޮންނަ ތިން ކުންފުންޏަކުން އަމިއްލަފުޅަށް އަގުތައް ސެޓްކޮށް ކޯޓޭޝަންތައް ގެނެސް ބޭނުންވާ ދިމާލުން ކިތައް ޖަނަރޭޓަރ ބައްލަވައިގަނެފައި ވާނެތޯއެވެ. ކޮންމެ އިންޖީނަކުން ބޮޑު އަދަދެއްގެ ކޮމިޝަނެއް ނަންގަވާ ކަމަށް ރަށު ތެރޭގައި ވާހަކަދެކެވެއެވެ." ނިމާލް ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ "އިއްޒަތްތެރިކަމާއި ނަޒާހަތްތެރި ކަމުން ފުރިގެންވާ އެމްޑީ ސައީދު" ކޮރަޕްޝަނާއި ދެކޮޅު ޤަރާރެއްގައި ސޮއިކޮށް ކުރިއަށް ގެންދިޔަ މީޑިއާ ސްޓަންޓް "ކިތަންމެހާވެސް މޮޅެވެ."

ރަށްރަށަށް ފޮނުވަން ޖެހޭ ސްޕްއާ ޕާޓްސްގެ ޕާޗޭސް އޯޑަރުގައި ސޮއި ނުކޮށް ދެމަސް ތިން މަސް ވަންދެން މޭޒު މަތީގައި ބަހައްޓާ އެތަކެތި ރަށްރަށަށް ނުލިބުމުގެ ސަބަބުން ކިތައް ރަށުގެ އިންޖީން ހަލާކުވެފައި ވޭތޯ ނިމާލް ވަނީ ސުވާލު ކުރައްވާފައެވެ.

ނިމާލް ވިދާޅުވީ "ކުންފުނި ލޫޓުވައި ރޭޕް ކުރާ މަންޒަރު ބަލަން އަޅުގަނޑުގެ ލަގޮނޑިއަކަށް ކެތެއް ނުވެއެވެ. ފެނަކައަކީ އަޅުގަނޑުގެ އަތްމައްޗަށް އުފަންވި ދަރިއެކެވެ."

ނިމާލް ވިދާޅުވީ ރައީސް ޔާމީން ޔަގީން ކޮށްދެއްވި 24 ގަޑިއިރުގެ ކަރަންޓް ހިދުމަތުން ރައްޔިތުން އުފާ ހޯދާ އެތައް ބޮޑެތި އިޤުތިޞާދީ ހަރަކާތްތަކަށް ރަށްރަށުގައި އިންވެސްޓްކޮށް ނަފާ ހޯދަމުން ދަނިކޮށް އަމިއްލަ އަންބޮނޑި ބޮޑު ކުރުމަށްޓަކައި 24 ގަޑިއިރުގެ ކަރަންޓް ޚިދުމަތް ކަންފުންކޮށް ރައްޔިތުން ހިތްދަތިކަމުގައި ނުބައިތިއްބާށެވެ.

ފެނަކަ އެމްޑީ ސައީދު މިދިޔަ ހަފްތާގައި ރައްޔިތުން މަޖިލީހުގެ ކޮމެޓީއެއްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުން ކަމަށްވާ ރިޔާޒް ރަޝީދާއި އަބްދުލްރަހީމްގެ ކުންފުނިތަކުން ތިން ގުނަ ބޮޑުކޮށް ތެޔޮ ގަނެފައިވާ ކަމަށް ވިދާޅުވުމާއި ގުޅިގެން ނިމާލް ކުރައްވާފައިވާ ސުވާލުތަކަށް ޖަވާބު ދެއްވާފައި ނުވާތީ ނިމާލް ވަނީ މިރޭ ވެސް އެކަން ފާހަގަ ކުރައްވާފައެވެ.

ސައީދުގެ ވާހަކަފުޅުތައް ދޮގުކޮށް ނިމާލް ދެއްކެވި ވާހަކަފުޅަށް ފެނަކަ އިން ފަސް ދުވަސް ވީއިރު ވެސް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާތީ ނިމާލް ވަނީ ތަކުރާރުކޮށް އެކަން ފާހަގަ ކުރައްވާފައެވެ.

"މަނިކުފާނުގެ އަރިހަކުން މާބޮޑު ކަމަކަށް ނޭދެމެވެ. އަބްދުލްރަހީމާއި ރިޔާޒް ރަޝީދުގެ މަސްލަހަތު އޮތް ތިޔަ ވިދާޅުވާ ކުންފުނިތަކުން ނުވަތަ އެހެން ބޭފުޅެއްގެ ކުންފުންޏަކުން ނަމަވެސް 25 ރުފިޔާ އަށާއި 28 ރުފިޔާ އަށް ޑީސަލް ލީޓަރެއް ގަނެފައިވާކަން ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދެއްވުމަށް އެންމެ ޕާޗޭސް އޯޑަރެއް ނުވަތަ އެބޭފުޅުންނަށް އެއަގުގައި ފައިސާ ދޫކޮށްފައިވާ އެންމެ ޕޭމަންޓް ވައުޗަރެއް ހާމަ ކޮށްދެއްވާށެވެ." ނިމާލް ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ އެފަދަ ހެއްކެއް ހާމަ ކުރައްވައިފިނަމަ ދިވެހި ރައްޔިތުންގެ އަރިހުން މަޢާފަށް އެދި މުޅި އުމުރަށް ސިޔާސީ ހަރަކާތްތަކުންނާއި ޕީޕީއެމް/ޕީއެންސީ ހަރަކާތްތަކުން ދުރަށް ވަޑައިގަންނަވާނެ ކަމަށެވެ.

ނިމާލް ވިދާޅުވީ ސައީދަކީ މަގާމުގައި ދެމިހުރުމަށްޓަކައި ކޮންމެ ފަދަ ދޮގެއް ވެސް ހަދާފާނެ ބޭފުޅެއް ކަމަށެވެ.

ނިމާލް ވަނީ ކަންތައްތައް ހިނގަމުންދާ ގޮތް ވިދާޅުވުމަށް ފަހު "ރައްޔިތުން ގަބޫލުފުޅުކުރައްވަންވީ ތިޔަބޭފުޅުން ދައްކަވާ ކޮން ވާހަކަފުޅެއްތޯ" ސުވާލު ކުރައްވާފައެވެ.

ނިމާލް، ފެނަކައަށާއި، ފެނަކަ އެމްޑީ ސައީދަށް ރައްދުކޮށް ދައްކަވަމުން ގެންދަވާ ވާހަކަފުޅަށް މިހާތަނަށް ފެނަކަ އިން އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މީރާ ބޯއީސް

    ކާރު ލައިސެންސް ހއ.ދިއްދޫން ނެންގެވި ގޮތްވެސް ބައްލަވާ

    10
    1
  2. ކެޔޮޅު

    ސާބަހޭނިމާލް ކޮޅުދޮށިންއުކާލާ ކުފޫހަމަނުވާތާންގާ މަޑުންހުރެވޭނަމަވެސް ރަނގަޅުދޯ؟

    19
    2
  3. ކެޔޮޅު

    ނިމާލްގެސުވާލުތަކައް ޖަވާބުނުދެވެންޏާ އަސްތިއުފާދީ!!!!!

    24
    3
  4. ދަ ރިޔަލް ދީނާ

    ނިމާލަށް އެންމެ ބޮޑަށް އިނގޭނީ ޕީއޯތައް އެޕްރޫވް ނުކޮށް ބެހެއްޓުމާ ބޮޑު އަގުގަ ފަހު ވަގުތު ޖަނަރޭޓަރު ގަތުމާ ގުޅޭ ގޮތުން ..ތަޖުރިބާއިން އެކިޔާ ދެނީ

    11
    6
  5. ސައީދު

    ކޮން ލަގޮނޑިއެކޭ ކިޔާކައް.. ކަލޭ ތަންތަނުން ނަގާފަ ހުރި ކަމިޝަންތައް މަދުތަ.. ގޭދޮށުގައި
    އެކި ނަންނަމުގައި ވޯކްސަޕު ހަދައިގެން ފެނަކަ އިކުޕްމެންޓު މަރާމާތުކުރާކައް ނުފޮނުވަންތަ.؟

    7
    15
  6. ސިހާމް

    ނިމާލުގެ ކަރަޕްސަންތައް މައްސަލަ ބަލާ ކަމިޝަނައް ފޮނުއްވާ..

    7
    14
  7. ބޮސް

    ތިޔަނިމާލު ހުރިގޮތުންވެސް މީކިހާވަރެއްގެ މީހެއްކަންއިނގޭނެ ޕްރޮފިސަރު އުގެއިލު ފެންވަރުގެ މީހަކަށް އަހަރުމެން ނުވިއަސް. ތީހަމަ ޔާމީނުކަހަލަ މަކަރުވެރިއެއް. މިހާރު ތިއުޅެނީ ތީނަގެ ކޮރަޕްޝަން މައްސަލަތައް އޮއްބާލާނެކަމަށް ހީކޮށް މާގަދަމީހެއްކަމަށް ހެދެންވެގެން. މިސަރުކާރުން ޝަރީއަތްކުރުމުގައި މީހެއްގެ ބޮލަކަށް ކަނދުރާއަކަށް ނުބަލާނެކަން ތިޔަ ނިމާލުއަށް އިނގެންޖެހޭނެ. ﷲ ގެ ވާގިފުޅާއިއެކު ދާދި އަވަހަށް ތީނަގެވެސް ޝަރީއަތް ފެށިގެންދާނެ. ސަލާމަތެއްނެތް.

    2
    1
  8. ނާން

    އެހެނޭ ކިޔާފަ ނިމާލަށް އަނގަވެސް ހުޅުވާލެވޭކަށް ނޯންނާނެ މޮޔަ ނުގޮވާ ގޭގަ ހުރޭ ތީ ފެނަކަ ދޮވެލި މީހެއް ވ ކައިރިން ފެނިގެން ގޮސްސަ ހުރީ މަށަށް

  9. މިގޭ

    ނޭނގެންޏާ އަބަދުވެސް ދައްކާނީ އެހެންމީހުނގެ ވާހަކަ . ކިނބޫ ޒީރޯ ޓޮލެރަސް ފަނޭތަ

  10. އިހުސާނާ

    މީ ފިސާރި ލާރި ހަދާލި މީހެއް އިނގޭ! ހަމަ ރޯމާ ދުވާލު! ކީކޭ ދެން ބުނާނީ!

  11. މިއަދު

    ކޮބާ ސަޢީދުއަށްހީވެއްޖެތަކަމެއްހެން ކޮރަޕްޝަންހުރިނަމަ ހުރިތަންތަނުން އެވާހަކަދައްކާނީ މީހުން އަގުއަރުވަން ވާހަކައެއްދެއްކީމާ އެކަމުންރެކެވޭނެ އެއްގޮތެއްވެސް ނެތި ތިމާގެ މޮޅުކަންދައްކަން ކަމެއްކޮށްލީމާލިބޭނެލަނޑު ތިއިނީ ލިބިފައި ދެންވެސް މީޑިޔާއަށްއަރުއްވާ އެއީ އޮޅުމެއްކަމަށް ބުނެދީ ނޫންނަމަ އެއީ އިދާރީގޮތުންލިބުނުމަޢުލޫމާތުގައި ހުރިކުށެއްކަމަށްބުނެ އެހެންބައެއްގެބޮލަށް ތިކަންކަނޑާލާ ނޫންނަމަ ނިމާލު ދުލެއްނުކުރާނެ ސާބަސް ނިމާލް ގޭދޮށަށްކުދިންފޮނުވައިގެންވެސް އެބިލްތަކާއި ފައިސާޖަމާކުރި ސިލިޕްތައް ހޯއްދަވާފައި ނޫނީ ހުއްޓާނުލައްވާތި

  12. މާލު

    އެކޮއެ މާބޮޑަށް ތެޅެން ނަހަދާށެވެ. ތެޅުނުވަރަކަށް ދާނީ ހުޅުނބު