މީސް މީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެން ފެނަކަ ކޯޕަަރޭޝަންގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކޮށްފިއެވެ. ވަޒީފާ އިން ވަކިކޮށްފައި ވަނީ ނައިފަރުގައި މަސައްކަތް ކުރާ ތިން މުވައްޒަފެކެވެ.
ވަޒީފާ އިން ވަކިކުރި ތިން މުވައްޒަފުންގެ ތެރެއިން އެކަކު ވަކިކުރީ ފޭސްބުކްގައި ސަރުކާރާއި ދެކޮޅު ޕޯސްޓެއް ކުރުމުންނެވެ. ދެވަނަ މީހާ ވަޒީފާ އިން ވަކިކުރީ ފޭސްބުކްގައި މީހަކު ސަރުކާރާއި ދެކޮޅަށް ކުރި ޕޯސްޓަކަށް ލައިކް ކުރުމުންނެވެ.
ނައިފަރުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ތިން މުވައްޒަފުން ވަޒީފާ އިން ވަކިކުރީ ވެސް "އެޑްވާންސްކޮށް" ކަމަށެވެ.
"އެމީހުންނަށް އިއްޔެ ޗިޓް ފޮނުވާފައި އޮތީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ވަޒީފާ އިން ވަކިކުރާނެ ކަމަށް. ނަމަވެސް މިއަދު ކުއްލި ގޮތަކަށް ވަޒީފާ އިން ވަކިކޮށްފި." އޭނާ ބުންޏެވެ.
ވަޒީފާ އިން ވަކިކުރި ތިން މުވައްޒަފުންނަކީ ވެސް އެމްޑީޕީގެ މެންބަރުންނެއް ނޫނެވެ.
މިއަދު ނައިފަރުގެ ތިން މުވައްޒަފަކު ފެނަކަ ވަޒީފާ އިން ވަކިކުރިއިރު މި ސަރުކާރު އައި ފަހުން ހަމައެކަނި ނައިފަރުން ވެސް ފެނަކައިގެ ހަ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައިވެއެވެ.
ނައިފަރުގައި ހުންނަ ފެނަކަ ރީޖަނަލް އޮފީސް އުވާލުމަށް ފަހު މީގެ ކުރިން ތިން މުވައްޒަފަކު ވަކިކުރި ނަމަވެސް އެއޮފީހުގައި މަސައްކަތް ކުރި އެމްޑީޕީގެ މެންބަރު އަދިވެސް ވަޒީފާ އިން ވަކިނުކޮށް އެބަހުއްޓެވެ.
ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ ފިކުރަން ބެލުމަށް ފަހު ވަޒީފާ އިން މުވައްޒަފުން ވަކިނުކުރާނެ ކަމުގެ ޔަގީންކަން އެތައް ފަހަރަކު ދެއްވުމަށް ފަހު އެވެ. ނަމަވެސް ފާއިތުވި އަށެއްކަ މަސް ދުވަސް ތެރޭގައި ހަމަ އެކަނި ފެނަކަ އިން ވެސް ވަނީ ސަރުކާރަށް ތާއިދު ނުކުރާ އެތައް މުވައްޒަފުންނެއް ވަޒީފާ އިން ވަކިކޮށްފައެވެ. ފެނަކަ އިން މިހާރު ވަޒީފާ ދެމުން އަންނަނީ އެމްޑީޕީގެ މެންބަރުންނަށެވެ.
މީ ކޮންމެ ސަރުކާރެއް އަޔަސް ހަދާ ގޮތްމީ ދެރައީ ރާއްޖެ ތެރޭ ނިކަމެތިން ނަށް ވަޒީގެ ފުރުސަތު ނެތި މިގޮތަށް ކަންތައް ކުރާތީ
އާދަނު ހީކުރަނީ މާލޭގަމިއުޅޭ ލައްކަ އެއްހާ މީހުންނަކީ ހުސް މާލޭ މީހުން ކަމައްތަ. ތި ވަޒީފާތަކުގަ ކިތަށް މާލޭ މީހުން އުޅޭތޯ ބަލާބަލަ.
ތީގައި ނެތް އެއްވެސް މައްސަލައެއް. އެމީހުންގެ ވެރިކަމުގައި އެމީހުންވެސް އުޅުނީ ހަމަ އެހެން.
ބަލަ ތިބުނާ ވެރިކަމެއް ގޯސްވެގެން އެހެން އަމަލު ނުކުރާނެ ބަޔަކު ހޯދާކަށެއްނުން މި އަދުގެ ސަރުކާރައް ވޯޓު ދިނީ..؟ އެކަމަކު މި ޖެހުނީ އެއްތާކު ކަން މިއަދު އެބަ ވިސްނޭދޯ.. އަދި ކުރައްވުރެ ގެއްލުން ބޮޑުހެންވެސް އެބަ ހީވޭ..އެހެން ތަރައްގީގެ ކަންފުޅެއްވެސް ގެނެވުނީކީއެއްނުން.. 5 އަހަރުގެ ކުރުމުއްދަތަކައް ވެރިކަން ހަވާލު ކުރަނީ ނިކަން ބާރު ސުޕީޑުގައި ތަރައްގީގެ ކަންކަން ކުރިއެރުވުމައް.. މިހާރު މި ގެއްލިގެންމި ދިޔައީ ދައުރުގެ ފަސްބައިކުޅެ އެއްބައިގަ އެއްވެސް އެކަށީގެންވާ ތަރައްގީއެއް ނުފެނި. މިގޮތައް ދައުރު އިސްރާފުކުރާ ބަޔަކައް ކީއްވެ ވެރިކަންދީގެން ތިބެންވީކީ. އެމީހުން އަރާނު ކުރަންށާއި ފިނިކޮޓަރީގަ ތިބެ ސައިފޮދު ހިއްޕަވާކަށެއް ނޫނެއްނުން ވެރިކަން ހަވާލުކުރީ.
ޝުކުރިއްޔާ ޢަބްދުއް ރަޢޫފް. ޢެމީހުނަށްވެސް ދުވަހެއް އިންޝާﷲ އަންނާނެ
ރައުފް ޝުކުރިއްޔާ
ރައޫފް އުޅޭހެން ނައިފަރު ކުދިން އުޅެބަލޭ. ވަޒީފާއިން ކަޑޭލާން އުޅުނީމަ ޕާޓީ ބަދަލް ކުރީ. ކަނޑޭލީމާ ކަނޑޭލިވާހަކަ ޗަ ދައްކަނީ. އެންމެން ފަހަތުގޭ ޔާސިން ކިޔާ ފޭސާވެރިޔެއް ނުހުންނާނެ.
ރީޖަނަލްއިން ބުރާންޗަށް ބަދަލުކުރި މުވައްޒަފަކީ އަދިވެސް ޕީޕީއެމް މެމްބަރެއް މީގަބަލާނެ ތަނަށްފައިދާހުރި މީހުނަށްވެސް އޭނައަކީ ފެންތަހުލީލުކުރާ( ފެނަކަ ގަބޫލްކުރާ) ކޯހެއް ހަދާގެންހުރި މީހެއް އެކޯހުން އެއްވަނަވެސް ހޯދީއޭނާ!
އާނ ފެނަކަ މުއައްޒަފުން ގެ ކަރުއޮޅާލާފަ އެމީހުންގެ ބުރީން ހަންދަމާލާ.. އެމީހުންނަކީ މިއަދުގެ ސަރުކާރުގެ އަޅުތައްވިއްޔާ..
ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ދޭން ކެރޭނީ ހަމައެކަނި ޔާމީނަށް. ދެން ނެތް އެ ހިތްވަރު ހުރި މީހެއް.
ސިޔާމް ހޮވާގެން މޮޅުތަކެއްވިތަ ތިއޮތީ 4 މީހުން ކަޑާލާފަ މަގޭބާރު މިއޮތީ މަބޭނުން މީހަކު ދެން ގެންނާނީ ޖޮބަށް . ބާސްގެ މަގާމަށް ފަރުހާދު ރެޑީކޮށްފައި ހުންނީ ދެން ލަލާ
ބާސް އަށްހީވެ ކަމެއްހެން
ޕީ.ޕީ.އެމް ސަރުކާރުން ރައޫފް ކަޑަން އުޅުނީމަ މިފަހަރު ތިއޮތީ ބަދަލް ހިފާފަ. ހުރިހާ ކަމެެއް ތިހިގަނީ ޔާސިން އަޑީގައި ހުރެގެން. ދެން ދުވަސް ކޮޅަކުން ޖުވެނައިލް ބިމަށް ތިރި ކުރާނެ. މިކަމުގެ އަޑީގަވެސް ހުންނާނީ ޔާސިން. ދެން ހުރިހާ ކަމެއް ކަޑާލާނީ ކައުންސިލް ރައީސް ބޮލަށް.
ޢަނިޔާވެެރި ކާންދިން މީހުންނުދަންނަ ރައޫފޫ. ކަލޭ ކުރިމަތީ އެމީހުން ސަޖިދަ ނުޖަހާނެ. ޚަލޭ އޮތީ ހޭރި ސަޖިދަ ޖަހާފަ އަދިވެސް ޖައްސާނަން ވަރަށް އަވަަށް
ރަމްޒާން ބުރޯ ކަމެއްގޯސްވެގެން އެކަމެއްރަނގަޅުކުރަން އައިސަރުކާރެއް މީ ރަައީސް އިބޫ ވެސް ބުނީ ވަޒީފާއިން ވަކިނުކުރާނެކަމައް އެކަމް މިހާރު މިޖެހުނީ ކޮންތާކުހޭ
މިސަރުކާރަށް ބާސް ވެފައިވަނީ ބޮޑު ބޮލުގެ ރިހުމަކަށް. ބާސްއަކީ ރިއަލް ހީރޯއެއް މުޅި ގައުމު ފަހުރުވެރިވާ. މިއަނިޔާވެރި ވެރިކަން ވަރަށްއަވަހަށް ނިމިގެންދާނެ.
މައްސަލަޔަކީ ހައްޤުވާމިންވަރާ ހަމަހަމަކަމާ ވަކިފިކުރަކައްނުބަލާެކަމާ އޯގާތެރިކަމާ ހިތްތިރިކަމާ ރަހުމާ ކުލުނާ ލޯތްބާ މިހުރިހާ އެއްޗެއް ވިއްކާފަ އައި ސަރުކާރު ހުދުމުތާރު އަނިޔާވެރި ވައްކަން ކުރާތީދޯ؟
އެއްވެސް މައްސަލަ އެއް ނެތް.ން
ބާސް ވަރަށް ފަހުން ފޭސްބުކްގަޖެހި ޔާމީނަކީ ލީޑަރެއްނޫނޭ. އެއީ ވަޒީފާއިން ވަކިކޮށްފާނެތީ ބިރުން. ނޫނީ އަތްމަތި ދަތިވީމަ ޖެހި ޕޯސްޓެއް ކަމަށް ބޮޑަށް ބެލެވެނީ. ބާސްއަކީ ފެނަކަޔާ އަދި ނައިފަރުގެ މުޖުތަމައުއަށްވެސް ނުރައްކާތެރި މީހެއް. ސޯޝަލް މީޑިޔާގެ ކިންގަށްވެގެން ނައިފަރުގެ އެތަކެއް ރައްޔިތުންގެ އަބުރަށް އަރާގަނެ ހަޑި ހުުތުރުބަސްތަށް ބުނަމުން ދިޔަ އިންސާނީ ގިންތިން ބާކީވެފަހުރި މީހެއް. މިދުވަސް އަންނޭނެކަން އިގޭތީ ކުއްލިއަކަށް ސިޔާސީ ޕޯސްޓްތަށްޖެހުން ހުއްޓާލީ އަދި ސިޔާސީ ޕޯސްޓްތަކުގައި ޓެގް ނުކުރަންވެސް ބުނީ ހާދަހާ ފިޑި މީހަކަށްވީމައޭ. ދެނ އޮވެ.
ނައިފަރު މީހުނަކީ އާންމުކޮށް ހަޑިހުތުރު ބަސްތައް ގޮވާ ލިޔެ އުޅޭ ބައެއްނު. މަ ދަންނަ ނައިފަރު މީހުން އެހެން އުޅޭތީ މިބުނީ. އެހާމެ އުޅުންވެސް މުޑުދާރު މިބުނާ މީހުން. އެކަމަކު އެހެން މީހުނަށް ގޮވާ ތަކެތި ލޯ ހުޅުވާލަން ނުކެރޭނެ.
އެއީ އެހާވަރުގެ ކަމެއްނުން އިބޫސޯލިހެއްނުން ރިޒްޤު ދެއްވަނީކީ އެއީ އެހާހާސްވާންޖެހޭކަމެއްނުން .އިބޫ ސޯލިހު މާދަމާވަޒީފާއިން ވަކިވާން ޖެހިއްޖެނަމަ . ބަޔަކު ނިކުމެ ވަކި ކޮށްފާނެދޯ .
ކިނބޫ ބުނީ ކީކޭ ފޮތީގައި ލިޔެގެން ވަޒީފާގެ އެއްވެސް ބިރުވެރިކަމެއް ނޯންނާނެޔޭ މިވަނީ ކިހިނެތް އޮޅުވާލުމާއި މަކަރު ޔަހޫދީ ސަރުކާރު.
އެސަރުކާރެއް މިސަރުކަރެއް ކިޔާނެކަމެއްނެތް މިޑިމޮކުރަސީއޭ ކިޔާއެއްޗެއް އައިފަހުން އެއްވެސް ސަރުކަރެއްއަދި ދާނެ ރަޢިއްޔަތުންނަށް މޮޅެއްފައިދާއެއް ހޯދަދީ ގައުމަށް ކުރިއެރުން ގެނަސްދިނުމަކަށް ކޮންމެސަރުކާރެއްގެވެސް އިސްސަފަށް ނުކުންނަނީ އައިމިއްލަ ފައިދާއަށް އަމިއްލަ އެދުމާއިގެން އަންނަބައެއް ޚާއްސަކޮށް މިސަރުކާރުގައި އެކަންބޮޑު ޑިމޮކުރަސީގެ ކުރިން ރައިސް މައުމޫނު އުޅުއްވީ ރަޢިއްޔަތުންނުފެލާ ގައުމުހިންގަން ޑިމޮކުރަސީގައި މިއުޅެނީ ރަޢިއްޔަތުން ފެލައިގެން ގައުމު ހިންގަން ރަޢިއްޔަތުންއަތުންގިނަޓެކުސްނަގަނީ އަދި ދަޢުލަތުން ގިނަ މަޝްރޫޢުތައް ހިންގަނީ ގިނަލާރިކާން ހިންގާ ކޮންމެ މަޝްރޫޢަކުން އެތައް މިލިއަން ރުފިޔާއެއް އެބަކެވޭ އެކަމެއްގެ 6 ފަރާތްފެންނަގޮތަށް ކޮރަޕްޝަނަށް ނުވަދެވޭނެހާގޮތްގޮތަށް ތަންތަން ބަންދުކޮށްގެން މިސަރުކަރުން ހިންގާބޮޑެތި މަޝްރޫޢުތައްވެސް ހުރީ މިގޮތަށް އަތްފޯރާ ފަށުގައި އޮތް މިސާލެއް : ކ އަތޮޅުމަދަރުސާގައި 4 ބުރީގެ ޢިމާރާތެއްކުރުމަށް ބަޔަކާޙަވާލުކޮށްފައިވާއިރު އެމަސައްކަތްކުރާނެފަރާތެއް ހޯދުމަށް ކުރިއިޢުލަނެއް އެއިޢުލާނު ޝަޢިއުކުރި ގެޒެޓެއް ބުނެދެވޭނެ ބޭފުޅަކު މިސަރުކާރަކު ނުހުންނާނެ ދެންކޮބައިތޯ ޕްރަޖެކުޓުތަކުން 20% އިން 30% އިން އަގުކުވެގެން ދާތަނަކީ
ވަގުތުން މިކަހަލަ ޚަބަރު ގެނެސްދިނީމާ އަންނަނީ ހިނި. ކުރިން ސަރުކާރުން ކުރި މި ފަދަ ކަންކަން ދިފާއުކުރުމުގާ އުޅުނީ ނަމަވެސް މިހާރު މޫސުން ބަދަލުވެއްޖެ. ޕޮއިންޓަކީ އޭރުވެސް އަދި މިހާރުވެސް ސިޔާސީ ފިކުރަށް ބަލައި ވަޒީފާ ދިނުމާ އަދި ވަޒީފާއިން ވަކިކުރުން ގޯހޭ. އމސ ގެ ސަރުކާރުންވެސް މި ފަދަ ކަންކަން ހުއްޓާލަންޖެހޭ. ވެދުމާ ސަލާމް
މިކުދިންކޮޅުގެ ހިމާޔަތުގައި މުޒާހަރާކޮށްލާނެ ކުދިން ކޮޅެއް ނެތްތަ؟ މިބުނީ އެކުދިންވެސް އެފާޅުކުރަނީ ހަމަ އެކުދިންގެ ހިޔާލެއެއްނުން.
ޥެރިކަންނިމުނީމަ އަނިޔާވެރި ރައޫފަށް ވާނީ ކިހިނެއް؟
މީހަކު ދައްކާ ވާހަަކައުން ކުރާ ލައިކަކުން މީހުން ވަކި ކުރޭ އަންނީމެންގެ ބިޔަ ބޮޑު މެޖޯރިޓީ އޮތް މި އޮތް ޞާލިޙު ސަރުކާރުންވެސް، ތިޔައީ ހާދަ ޞާލިޙު ކަން ކުޑަ ޢަލަމެއް.
މަ ހުވޭ މިބުނީ މި ހަބަރު ކިޔޭފޭ ދެ ފޭ ކޭރި ނުވެގެން މިއުޅެނީ. ބާސް ފެނަކަޔަށް ވަނީ ސުޕަވައިޒަރަކަށް 2014 ވަނަ އަހަރު. ކަޑޭލިއިރު ހުރީ މެނޭޖަރަށް. ފަޓާސް ބަރިޔެއްހެން މަޤާމްގެ ކުރިއެރުން ހޯދީ ހާދަ ޤާބިލް މީހަކަށް ވީމައޭ ދޯ. އެކަމަކު ގިނައިން އުޅެފޭ ހުރީ ރަށުން ބޭރުގޭ ރެފްރީ ކަންކުރަން އެކަމަކުވެސް ވަޒީފާގެ ކުރިއެރުން ލިބެމުން ދިޔައީ ކުންފުނީގެ ހައިރާން ކުރަނިވި ގޮތަކަށް.
މައްސަލަ އަķީ ސަރުކަަރު ބަދހަލުވުމުނ ކުރީސަރުގެ މީހުން ވަކި ކުރުމެހ ނޫން މައްސަލައަކީ ބަހާ ޢަމަލާ ދހިމާނުވާކަން އޯގާވެރިކަން ހައްދުން މައްޗައް ދިއުން
ރައީސް ސޯލިހަކީ ސިކުނޑި ނެތް ހިޔަޅެއް. އަންނިގެ ޕަޕެޓެއް. ސޯލިހުގެ ވެރިކަން ވައްޓާލާނީ އައްނި ބަގާވާތް ކޮއްގެން.
ނިމިދިޔަ ދައުރުގައި ވަކި ޕާޓީއެއްގެ ކުދިންނަށް ވަޒީފާއާއި ފްލެޓާއި ދީފަ އެ ޕާޓީގެ ޖަލްސާތަކުގަ ބައިވެރިނުވާ ސަރުކާރު މުވައްޒަފުންނަށް އެކި ވަރުގެ ބޮޑެތި ދުއްތުރާކޮށް ތަޢުލީމެއް އަޚުލާގެއް ނެތް މީހުންނަށްވެސް ބޮޑެތި މަގާމުތައްދީ ޕާޓީމީހެއްވިއްޔާ ވަޒީފާގައިވެސް އިސްވެރިންނަށް ބިރުދައްކާ ބޭނުންގޮތަކަށް އުޅެވި، މިކަންކަން ގޯހޭބުނާމީހާގެ ވަޒީފާ ގެއްލުވައިލިއިރު، ގައިމު މިކަހަލަ އާޓިކަލެއް ލިޔާކަށް ނުކެރުނު. މިއަދު ދުލުގައްޔާއި އިނގިލިތަކުގައި ވަރުޖެހުނީތީ ހެއްދެވިފަރާތަށް ހަމްދު ކުރަންވީތާ..ޒް)
އަން ފެއަރ ޑިސްމިސަލް
ކޮބާ ފެނޭ! ސަރުކާރާ އިދިކޮޅު ވަގުތުން ވަޒީފާއިން ވަކި ކުރީ.... އަނިޔާވެރިކަން