މަސްތުވާތަކެއްޗާއެކު އައްޑޫ ސިޓީ ހުޅުމީދޫން އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އައްޑޫސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ހުޅުމީދޫން އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި އަންހެނެކެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އައްޑުސިޓީ ފޭދޫން ފުރައިގެންދާ ފެރީއަކުން ހުޅުމީދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ޖުލައި މަހުގެ 15 ވަނަ ދުވަހުގެ 15:23 އެހާކަށްހާއިރު ހުޅުމީދޫ ބަނދަރުމަތިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ އަތުގައިއޮތް އަތް ދަބަހަކުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އައްޑޫސިޓީ ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ އައްޑޫސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަމަނަ

    އިގްތިސާދީ ހަރަކާތުގައި އަންހެނުންގެ ބައިވެރިވުން އިތުރުވަނީ!!!!! ދެން އަތް ޖަހާ

    7
    2
  2. ހަސަން

    ޢައްޑުއަތޮޅުގައި ނޮއޮންނަ ރަށަކުން ފުލުހުން މީހަކު ހައްޔަރު ކުރުމަކީ ފުލުހުންގެ މަސައްކަތައް ލިބުނު ކުރިއެރުމެއް.
    ބައެއް ލިޔުންތަކުން ހުޅުދޫ، މީދޫ، ހުޅުމީދޫ ލިޔެފައިހުރެއެވެ. ދާދި ފަހުން ފެނިފައިވާ އިޢުލާނެއްގަ ހުޅުދޫ އާއި މީދޫގަ ފެން ހިންދާ ނިޒާމެއް ހަދަން ބޭނުންވާއިރު ހުޅުދޫ މާފިށި ސަރަޙައްދުގައި އަޅާފައިވާ 48 ފްލެޓްގެ ލޭންޑްސްކޭޕް ހަދަން ކޮށްފައިވާ އިޢުލާނުގައި ހުޅުމީދޫގައި އަޅާފައިވާ 48 ފްލެޓްގެ ލޭންޑްސްކޭޕިން ހަދަން ކޮށްފައިވާއިޢުލާނެއް ފެނުމުން ދޭހަވަނީ ރައްޔިތުން އޮޅުވާލާ ހަގީގަތް ފޮރުވަން ބަޔަކު ކުރާ މަސައްކަތް. މިފަދަ. ޢޮޅުވާލުންތަކުން ހާމަވަނީ ކޮންމެވެސް ބައެއްގެ ނާގާބިލުކަމާ ތަޞައްރަފް ނުފުދޭ މިންވަރުނޫން ކޯޗެއްތޯއެވެ.

  3. ކަމަނަ

    ޜަގަޅުވާހަކައެއް އްޑޫސިޓީގަ ހުޅުމީދުއެއް ނޯއްނާނެ ތިފުލެޓެއްގެވާހަކައަބަދުވެސްދަެްކަނީއޮޅުވައިގެން