އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ކަންހިނގައި ދިޔަގޮތް ކަމަށް ބުނެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދެއްކި ވާހަކަތައް އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އޭރު ހުންނެވި ނީޒާ އިމާދު ދޮގުކުރައްވައިފިއެވެ.

ބީއެމްއެލްގެ ވާހަކަތަކަށް ރައްދު ދެއްވުމަށް ނީޒާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާތަކެއް އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވަމުންދިޔައިރު އެ މުއާމަލާތްތައް ނުހިފަހައްޓަން ލަފާ ދީފައި ނުވާނެ ކަމަށެވެ. ނީޒާ ވިދާޅުވީ އެފަދަ ކަމަކާއި ގުޅިގެން ވަކިކަމައް ކުރުމަށް ބީއެމްއެލްއަށް އެއްވެސް ލަފައެއް ދީފައި ނުވާނެކަމަށެވެ.

ނީޒާ ވިދާޅުވީ އެމްއެމްޕީއާރްސީ އާއި އެސްއޯއެފް އާއި ގުޅޭ ގޮތުން އޭސީސީ އިން ކުރިޔަށް ގެންދިޔަ ތަހުގީގަށް ވެސް މައުލޫމާތު ދީފައިވާނެ ކަމަށެވެ. "ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް މިކަމާއި ގުޅޭގޮތުން ބޭނުންފުޅުވާ މައުލޫމާތު ދިނުމަށް މިހާރު ވެސް ތައްޔާރަށް ހުރި ވާހަކަ ދައްކަނަވެމެވެ." ނީޒާ ވިދާޅުވިއެވެ.

ނީޒާ އިމާދަކީ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި ބޭންކްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމިން އާދަމް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި ވިދާޅުވީ އެސްއޯއެފްގެ އެކައުންޓްތަކުން އާދަޔާ ޚިލާފު މުއާމަލާތްތައް ހިންގަން ފެށި ހިސާބުން ދައުލަތުގެ ކަމާއިބެހޭ އިދާރާ ކަމުގައިވާ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރް) އެއް ތައްޔާރުކޮށްފައިވާ ފޮނުވާފައިވާނެ ކަމަށެވެ.

އެރިޕޯޓާއި ގުޅިގެން އޭރު ވަގުތީގޮތުން އެފްއައިޔޫ ހިންގެވުމާ ހަވާލުވެގެން ހުންނެވި ނީޒާ ލަފާދެއްވީ އެކައުންޓުން ކުރާ މުއާމަލާތްތައް ހުއްޓާނުލާ ކުރިޔަށް ގެންދިޔުމަށް ކަމަށް އިއްޔެ ބީއެމްއެލް އިން ވިދާޅުވިއެވެ. ނީޒާ އޭރު އެފްއައިޔޫއާ ހަވާލުވެވަޑައިގެން ހުންނެވީ އެތަނުގެ ވެރިޔަކަށް ހުންނެވި އާތިފް ޝަކޫރު ޗުއްޓީގައި ހުންނެވުމާއި ގުޅިގެންނެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި އޭރު ހުންނެވި ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން ނީޒާ އިސްތިއުފާ ދެއްވަން ނިންމެވީ ގަވަރުނަރަކަށް ހަމަޖައްސަން ރައީސް ޔާމިން ނަން ފޮނުއްވެވުމަށް ފަހު އަނބުރާ ގެންދެވުމުން އެކަމާ މެދު ހިތްހަމަ ނުޖެހިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ފިރިކަލުންގެ އެކައުންޓަށް ޖަމާވި ފައިސާއާ ބެހޭގޮތުންވެސް އެއްޗެކޭ ވިދާޅުވެ ބައްލަވާ.

    19
  2. ސަމީރު

    މިީނާ މީ ހަމަ ބޮޑު ވަގެއް

    16
  3. ސަމީރު

    ބަބުރު ސޯލިޔު ވަކަން ހުޓުވާސޭކިޔާފައި މިރާއްޖޭގައި ތިބި އެއްމެ.މޮޅުވަގުން ލައިގެ ވަކަކުރު ކުރާކަމަކީ ދެން ފެންނާނީ ބޮޑު ވަގު އަދީބު އަށް މަގާމެއް ދޭތަން. ހިތުން ނީޒާމެން ކަހަލަ ވަގުންލައިގެ ރައްޔިތުން އަދުން އަޅުވާ ާ@@@@@ ބަބުރު ސޯލިހު ބަބުރު ވަގު

    13
    2
  4. ކާޅު

    ވަގުން ވަގުން ދިފާއުކުރާނެދޯ............

    15