ދީބާޖާ އަށް 348.9 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ކޮށްފައިވާ ޙުކުމާއި ގުޅިގެން ބަދަލު ދިނުމުގެ މައްސަލަ މަޝްވަރާ ކޮށްގެން ހައްލު ކުރުމަށް ދީބާޖާ އިން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން ކުރައްވާފައިވާ ޙުކުމާ ގުޅިގެން، ދައުލަތުގެ ފަރާތުން ބަދަލު ދޭން ޖެހޭ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް އެމަނިކުފާނު އުފައްދަވާފައިވާ ސެޓްލްމަންޓް ކޮމިޓީއަށް ހުށަހަޅައިގެން މި މައްސަލާގައި ޙައްލެއް ހޯދުމަށް އެދި ދީބާޖާ އިން ވަނީ އެޓަރނީ ޖެނަރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތަށް ހުށަހަޅާފައި ކަމަށެވެ. ދީބާޖާ އިން އެގޮތައް ހުށަހަޅާފައި ވަނީ އެ ކުންފުނީގެ ޤަރާރަކުން ފާސްކޮށްގެން ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ސެޓްލްމަންޓް ކޮމިޓީއަށް ހުށަހަޅައިގެން ޙައްލެއް ހޯދުމަށް ކުރާ މަސައްކަތަށް ފުރުޞަތު ދިނުމުގެ ގޮތުން، ސުޕްރީމް ކޯޓުން ކުރައްވާފައިވާ ޙުކުމް ތަންފީޛުކުރުމަށް ސިވިލް ކޯޓަށް އެ ކުންފުނިން ހުށަހަޅާފައިވާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައިގެ އަޑުއެހުންތައް މެދުކަނޑާލުމަށް އެދުމަށް ވެސް އެ ކުންފުނިން ނިންމާފައިވާކަމުގައި އެ ޤަރާރުގައި ވަނީ ބަޔާންކޮށްފައި ކަމަށްބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވިއެވެ.

ދީބާޖާ އިން އެދިފައިވާ ގޮތުގެ މަތިން އެ މައްސަލަ ސެޓްލްމަންޓް ކޮމިޓީއަށް އެޖެންޑާކޮށް، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކުރިއަށްދާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ދީބާޖާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެރީގެ ނިޒާމް ކުރިއަށް ގެންދަން ހަވާލު ކުރި ކުންފުންޏެކެވެ. އެކުންފުންޏަށް ބަދަލު ދޭން ދައުލަތައް ޖެހިފައި ވަނީ ފެރީގެ ޚިދުމަތް ނުދިނުމުން އެއްބަސްވުން އުވާލި މައްސަލައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ފަޒުނާ

    އެމްޑީލީ ޑީލްގެ ދަށުން ގާތްމީހުންނާ ތިމާގެ މީހުންނައް ބަޖެޓް ބަހާ ހުލިކޮއްލާ. މިއޮތީ ވާ ސަރުކާރެއް

    11
  2. ވާވާ

    ސުރުހީގައި ބުނަނީ ބަދަލު ދޭން ނިންމިކަމަށް، އެކަމަކު އޭޖީގެ ބަޔާން އަދި މި ޑޮކިއުމަންޓް ކިޔާ ނިމުނުއިރުވެސް ސަރުކަރު ބަދަލުދޭން ނިންމާފައިވާކަން އެނގިފައެއްނެތް.

    3
    7
    • ވާވާގެ މަންމަ

      ރަނގަޅަށް ދެލޯ ހުޅުވައިގެން ހެޑިން ކިޔާބަލަ

      4
      2
      • ޒަކަރިއްޔާ

        ވާވާގެ މަންމަ މި ލިޔުން ކިޔަން ތިއައީ މާފަހުން. ފުރަތަމަ ލިޔެފަ އޮތީ ބަދަލު ދީފިއޭ

        5
        1
  3. އަންތަރީސް

    ތިޔަކިޔާ ކުންފުނިން ފެރީގެ ޙިދުމަތްނުދެވިގެން ސަރުކާރާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމުގެ ބާރު ސަރުކާރަށް އޮންނަހިދު، އެކަންކުރުމުން ދެން ކީއްވެބާ، އަނެއްކާވެސް ސަރުކާރުން އެކުންފުންޏަށް ފައިސާދޭންޖެހެނީ؟؟؟ ހަމަ ސުވާލު އުފެދޭތީ؟
    ދެން މިހާރު ތިމައްސަލަ އަލުންނަގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއްގެ ކުންފުންޏަކަށްވާތީ މިހާރު މިއޮތް ސަރުކާރުން މިފަދަ ގޮތަކުންވެސް އެބައިމީހުންނަށް މަންފާއެއް، ކޮރަޕްޝަނާއި ނުފޫޒުގެ ތެރެއިންދެވޭތޯ ބަލަނީތާދޯ!!! މީތޯ ޒީރޯ ޓޮލަރެންސް އޮންނަ ގޮތަކީ؟

    • ޒަކަރިއްޔާ

      އެއްބަސްވުމުގައި ވާ ގޮތާއި ހިލާފާށް އެއްބަސްވުން އުވާލީމަ މިހެން ވާނެ

      1
      3
  4. މިގޭ

    ރައްޔިތުން ފެލަނީ ފެލަނީ

  5. ސަމީރު

    ކޮންމެވެސް މީހަކު ބުނެދީބަލަ މި ސޮރު ބަލާލީމާ ހީވަނީ ތެލެސީމިޔާ ސޮރެއް ހެން ؟ އަދި ކިޔާތީ އަޑުއަހަން ވަރަށް ވަގު ސޮރެކޭވެސް

    • ޢަލީ

      ތެދެއް ހީވަނީ ބޮޑެއް ހެން ... ޢަހަނަށް ހީވަނީ މީ ބޮޑު އާއިލާ ބްރީޑެއް ހެން

  6. ޔޫނުސް

    އިބްރާހިމް ރިއްފަތު އަކީ ކޮރަޕްޝަންގެ ބައްޕަ