ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުޅަނގު ދެކުނުގައި ތަރައްގީކުރާ އާ އޭޕްރަންގެ ފުރަތަމަ ފިޔަވަހި ނިންމާ މިއަދު ރަސްމީކޮށް ބޭނުން ކުރަން ފަށައިފިއެވެ.

އާ އޭޕްރަން ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފެށުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

އާ އޭޕްރަންގައި ފުރަތަމަ ޕާކުކޮށްފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓެކެވެ. ޗައިނާ އާއި ބެންކޮކުން އައި މޯލްޑިވިއަންގެ ފްލައިޓަށް މަރުހަބާ ކިޔުމަށް ވަނީ ވޯޓާ ސެލިޔުޓެއް އަރުވައިފަ އެވެ.

އާ އޭޕްރަން އާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ކޯޕަރޭޓް ކޮމިޔުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ އާ އޭޕްރަންގެ ފުރަތަމަ ފިޔަވަހި ނިންމައި، ރަސްމީކޮށް ހުޅުވުމަކީ އެއާޕޯޓަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

"މީގެ ކުރިން ފެންނާނެ މަތިންދާބޯޓު ހުންނާނީ އެކި ގޮތްގޮތަށް ބޭއްވިފައި. ކައްޗަށާ، ކައިރި ކައިރީގައި. އާ އޭޕްރަން އާއެކު މަތިންދާބޯޓު ބޭއްވިފައި އޮންނާނީ ވަރަށް ސޭފްކޮށް. ވަކި ޑިސްޓެންސެއް ދީފައި، މުވައްޒަފުންނަށާއި އެއާލައިންތަކަށް ހިތްހަމަޖެހުމެއް ލިބޭނެ،" ހަސަން ވިދާޅުވި އެވެ.

ސައުތު ވެސްޓް އޭޕްރަންގެ މަސައްކަތަކީ އެއާޕޯޓު ތަރައްގީ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢު އެކެވެ. އޭޕްރަންގެ މަސައްކަތް ކުރަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާ އިރު ދެވަނަ ފިޔަވަހީގެ ދަށުން އެއާކްރާފްޓް ޕާކު ކުރާ ޖާގަ އާއި ޑޮމެސްޓިކް ޓާމިނަލް ސަރަހައްދުގެ މަސައްކަތް ކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢިއްބެ

    ޢެޖެންޑާ 19 ހާދަ އަވަހޭ މަސައްކައް ނިންމާ ސްޕީޑް ބަލާބަ އެންމެ 9މަހުން ބޮޑުސިންގާ އޭޕްރަމް ނިންމާ އެހުލުވީ . ޝަރަފްވެރި މެހްމާން ސަރުކާރުގެ މާޓުކުރި ބައިވިރިވިތަ ހުލުވި ރަސްމިޔާތުގަ؟

    12
    5
  2. އަބުޅޯ

    ޝުކުރިއްޔާ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް.

    35
  3. މިގޭ

    އަދިވެސް އެރުގެ ތަރައްޤީ

    30
  4. ކާފަބޭ2019

    ތިޔަތައްގީގެތިޔަފުރިހަމަމަސައްކަތަށް އިސްނަގައިގެން ކުރިހުރިހާފަރާތަކަށް ޝުކުރިއްޔާ ލަދުގަންނާތީ ނަންބަޔާންކުރަންނުކެރުނީ އެކަމަކު އެއީ ކޮންގުރެޓްތަރައްގީވީމަކަމަކުނުދޭދޯ

    22
    1
  5. ގުއިދައިތަ

    ޝުކުރިއްޔާ ރައީސް ޔާމީން. ތިޔައީ މިއަދު މިދެކޭ ތަރައްޤީގެ ބާނީ. ތިޔައީ ވިޝަން އަކަައިގެން މިޤައުމު ތަރައްޤީ ކުރުމުގެ ވިސްނުން ގެއްގުޅުއްވި އިޤްތިޞާދީ މައި ސިކުނޑި. ހަތަރު ފަރާތުން ބަލާލިއަސް ފެންނަނީ މަނިކުފާނުގެ ދުރު ވިސްނުން. ޝުކުރިއްޔާ ރައީސް ޔާމީން.
    "ދިރުމެއް ހުރިއްޔާ އުއްމީދެއް ވާނެ"

    18
  6. ޒަމީލާ

    ރައީސް ޔާމީންގެ ޒަޢާމަތުގައި ދިވެހި ޤަވްމު ތަރައްޤީވަމުން ދިޔަ ސްޕީޑުގައި ކުރިޔަށް ދިޔުމަށް ދިވެހިން ފުރރުޞަތު ދިންނަމަ ބޭރުމީހުން އަންތަރީސްވީފަދައިން މިއަދު ދިވެހި ޤަވްމު އޮންނާނޭ އުސްމިން ވަޒަންކޮށްލަންވެސް ނޭގެ!

    15
  7. އަލިފު

    އާ ޓާރމިނަލްގެ ވެސް މަސައްކަތުގެ 11 އިންސައްތަ 2018 އޮކްޓޫބަރުގެ ނިޔަލަށް ހުރީ ނިމިފައި އެއީ ޓާމިނަލްގެ ކޮންކުރީޓް ބުޑުގެ 1400 ބުޑު . އެކަމަކު އަޑު އެވުނީ ކުރެހެމެއްވެސް ނެތް ވާހަކަ ސިންގަޕޫރުގެ ޗަންގީ އެއަރ ޕޯޓްގެ ތަޖުރިބާކަރުން މޮނިޓަރ ކުރަަން ކުރެހެމެއް ނެތް ތަނެއްގައި ނުތިބޭނެ ކަން ބުއްދި ސަލާމަތުން ހުރި މީހަކަށް ވިއްޔާ އިނގޭނެ. އަލުން ކުރެހުމަށް ކުޑަ ބަދަލެއ

    13
  8. އަހަމަދު

    2018 ނޮވެންބަރު މަސް ފެށުނު އިރު އާ ޓާރމިނަލްގެ މަސައްކަތުގެ 11 އިންސައްތަ ހުރި ނިމިފައި އެއީ1400 ކޮންކުރީޓް ބުޑު. އާސަރުކާރުން ބުނީ ކުރެހުމެއްވެސް ނެތޭ ސިންގަޕޫޜުގެ ޗަންގީ އެއަރ ޕޯޓްގެ ކޮންސެލްޓެންޓްއިން ކުރެހެމެއްނެތް ތަނެއް މޮނިޓަރ ކުރަން ރާއްޖެ ނާންނާނެކަން ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކު ގަބޫލު ކުރާނެ. ފަހުން މިދާކަށް ދުވަހު ކުރެހުމަށް ކުޑަ ބަދަލެއް ގެނެސް ބިންލާދިންނާއެކު ސޮއި ކުރީ މުއްދަތަށް ބަދަލް އަންނާތީ.. މިއީ ހަގީގަތަކީ ...

    11
  9. ރާނީ

    ކާލިގަނޑު ޓީވީން މިޚަބަރު ގެނެސްދިންއިރު މުޅިންވެސް ރައްޔިތުންނަށް ވިސްނައިދެވޭތޯ އުޅުނީ މިއީ ވަގުވޯޓު ސަރުކަރުން ކުރި މަސައްކަތެއް ގޮތަށެވެ. ނަމަވެސް އަޅުގަނޑުމެންނަކަށް އޮޅުވައެއް ނުލެވޭނެއެވެ. މިއީ ރައީސް ޔާމީންގެ ސިޔަސަތުގެދަށުން ހަތަރު ފިޔަވައްސަކަށް ބަހާލާ ފަންޑުވެސް ހޯދާ ބަޔަކާ ޙަވާލުކޮށް ތަރައްޤިކުރަން ފެށި މަޝްރޫޢެއްގެ ފުރަތަމަ ފިޔަވައްސެވެ. ޕްލޭންކޮށްފަ އޮތީ އެޕްރީލް 2019 އަށް މި ފިޔަވަހި ނިންމާ ދެވަނަ ފިޔަވަހި ފެށުމަށެވެ.

  10. ގޫބެ

    މިސަރުކާރުންކުރި އެއްކަމެއްވެސްނެތް ހުރިހާޝުކުރެއް ހައްގުވަނީ މިގައުމުގެ ތަރަށްގީގެ ބާނީ ރައީސް ޔާމީން އަށް ޝުކުރިއްޔާ އިއްޒަތްތެރި ރައީސް ޔާމީން .