ފުލުހުންގެ މައި މަރުކަޒު ކަމަށްވާ ޝަހީދު ހުސެއިން އާދަމް ބިލްޑިން ކުރިމަތިން ވަގަށް ނެގި ސައިކަލެއް ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދުމުން އެސަރަހައްދުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަމުން ގެންދާ ގޮތާއި މެދު ގިނަ ބަޔަކު މީސް މީޑިއާގައި ސުވާލު އުފައްދަން ފަށައިފިއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ރޭ 22:30 ހާއިރު ޝަހީދު ހުސެއިން އާދަމް ބިލްޑިން ކުރިމަތިން ގެއްލިފައި ވަނީ ރަތް ކުލައިގެ ހޮންޑާ ވޭވް 125 އެސް އެއް ކަމަށެވެ. ގެއްލިފައިވާ ސައިކަލުގެ ރަޖިސްޓްރީ ނަމްބަރަކީ AAOA P1110 ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވަނީ ސައިކަލްގެ މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންނަށް އަންގައި ދިނުމަށް އެދިފައެވެ.

ސައިކަލް ވަގަށް ނެގުން މިދުވަސް ވަރު ވަނީ އާއްމުވެފައެވެ. ކޮންމެ ދުވަހަކު ވެސް ދެތިން ސައިކަލެއް ވަގަށް ނަގައިގެން ރިޕޯޓް ކުރާ ކަމަށް ވެއެވެ.

ފުލުހުންގެ މައި މަރުކަޒު ކައިރިން ވަގަށް ނެގި ސައިކަލް ހޯދަން ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދުމުން ވަރަށް ގިނަ ބަޔަކު ވަނީ ފުލުހުންގެ މައި މަރުކަޒު ކައިރީ ހުންނަ ސީސީޓީވީ ކެމެރާތައް މަސައްކަތް ނުކުރަނީތޯ ސުވާލު ކޮށްފައެވެ.

ފުލުހުންގެ މައި މަރުކަޒަކީ ގްރީން ޒޯންގައި ހުންނަ އިމާރާތެކެވެ. އެއީ މުޅި މާލޭގައި ވެސް ހުރި ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ ސަރަހައްދެވެ. ވަށައިގެން ހުރި ދައުލަތުގެ މުހިންމު އިމާރާތްތަކުގައި 24 ގަޑިއިރު ފުލުހުން ނުވަތަ ސިފައިން ފޯރި މަރައެވެ. އަދި ގިނަ އަދަދެއްގެ ސީސީޓީވީ ކެމެރާ އެސަރަހައްދުގައި ހަރުކޮށްފައި ހުރެއެވެ.

ފުލުހުން މާލޭގެ މަގުމަތީގައި ހަރުކޮށްފައި ހުންނަ ސީސީޓީވީ ކެމެރާތައް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާތައް އަބަދުވެސް ގިނަ ބަޔަކު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޑްރާމާ ކުޅޭ މީޙާ

    މިހާރު މިއޮތީ ތި މުއަށްސާގެ ބާރު ކެޑޭގޮތަށް ތަފާތު ކޮމިސަންތަކާއި ތަފާތު ކުލަބްތަކާއި ތަފާތު ކޮމެޓީ ހަދާފާ ދެން އެމީހުން ޕޮލިހުން ކުރާ ކަންތައް ބަލާނެއްނޫން

    32
    1
  2. ރައްޔިތުމީހާ

    ފުލުހެއްގެ އެއްޗެއް ވީމަ ތި އިއުލާނު ކުރީ ހޯދަން. ދެ ތިން ސައިކަލު ދުވާލަކު ގެއްލޭ އިރު އެ އިއުލާން ނުކުރަނީ ކީއްވެ ބާ!

    32
    3
  3. ކިކިކި

    ސައިކަލް ވަގަށް ނެގީ މަތަ މައްސަލައަކީ ފުލުުން ކެމަރާ ބަލައިގެން އޭނާ ހައްޔަރު ކޮއްގެން ކޯޓަށް ގެންދިޔާމަ ބުނާނެ ޢިއްޒަތްތެރި ގާޒީ އަޅުގަނޑު ވައްކަމެއްނުކުރަން ތި ވީޑިއޯ އިން ތިފެންނަ މީހާ އަޅުގަނޑާ ހާދަވައްތަރޭ އެނިމުނީ މައްސަލަ

    34
    2
  4. މިޣްދާދު

    އެއްވެސް މުއައްސަސާއކުންވެސް މަސައްކަތެއް ކުރާނެކަމެއްނެތް. ތިބޭނެ ކޮމެޓީތަކެއް ގައި ބަޔަކު ބައިތިއްބާފަ. އެމީހުން ކުރާނެ. ހާނުވޭ

    14
  5. ބުރޯ

    އެމްޑިޕީ ވެރިކަމަށް އައިސްފިނަމަ މަގުމަތިކެމެރާ މަސައްކަތެއްނުކުރާނެ.

    16
    1
  6. ގގގ

    ތީ ދިވެހިދައުލަތުން ކައިކައިގެން ދިވެހިން ޖުރުމަނާކުރާބައެއް...އެހެން ކަމެއް ނުވާނެ

    6
    5