ގޯސްކޮށް ކަންކަން ކުރެވިފައިވާ ކަމުގެ އިހުސާސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ކުރެވެން ފެށީ "ތިރިތައްޓަށް" ތިރިވި ހިސާބުން ކަމަށް ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން އެޗްއާރުސީއެމްގެ ބާރުތައް ނިގުޅައިގަނެފައިވާތީ އަލުން އެބާރުތައް އިއާދަ ކުރުމަށްޓަކައި މިއަދު މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ސުޕްރީމް ކޯޓުގައި ތިއްބެވި ބޭފުޅުން އެބޭފުޅުންނަށް ލިބިފައިނުވާ ބާރުތަކެއްގެ ބޭނުންކޮށްގެން އެކިއެކި މިނިވަން މުއައްސަސާތައް މިވަނީ ހަލާކުކޮށްލާފައިވާ ކަމަށެވެ.

"އަތް ނުލެވޭނެ ބައެއްގެ ގޮތުގައި ހީވެ އެޗްއާރުސީއެމާއެކު މިނިވަން އެހެން މުއައްސަސާތައް "ޕެރަލައިޒް" ކޮށްލާ، ނަތީޖާއަކީ ވޭތުވެދިޔަ ފަސް އަހަރު ރައްޔިތުންގެ ގިނަ ބަޔަކަށް އަނިޔާތައް ލިބިގެން ދިއުން" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އެ ބޭފުޅުންނަށް އެކަން އިހުސާވެގެންދިޔައީ އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުގެ ތެރެއިން ދެ ފަނޑިޔާރަކު ޖަލަށްލި ހިސާބުން ކަމަށާއި އެބޭފުޅުން ގަލޯހާޖާ ކުރުމަށްޓަކައި ތިރި ތައްޓަށް ތިރިވި ހިސާބުން ފެށިގެން އެބޭފުޅުންނަށް ގޯސް ހެދުނު ކަން އެގުނު ކަމަށެވެ.

"އެކެއް ފެބްރުއަރީގެ ހުކުމާ ގުޅިގެން ދެ ފަނޑިޔާރުން ޖަލަށްލެވުނު. އަޅުގަނޑާއެކީގަ ކައިރީގަހުރި ގޮޅިއަކަށް ލެވުނު. ސުޕްރީމް ކޯޓުގައި ތިއްބެވިއިރު އެބޭފުޅުންނަށް ހީފުޅެއް ނުކުރެވޭ އެބޭފުޅުން ޖަލަށްލާފާނެ ކަމަކަށް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އޭނާއަކީ ވެސް އަނިޔާ ލިބުނު މީހުންގެ ތެރޭގައި ހިމެނޭ ފަރާތެއް ކަމަށާއި ސުޕްރީމް ކޯޓުގައި ތިއްބެވި ބޭފުޅުންނަށްވެސް ބަދަލުވާ ދުވަސް އަންނާނެ ކަމަށާއި އެބޭފުޅުންނަށް އަބަދަކު އެތަނުގައި ނުތިއްބެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަންނަ

    ނާޒިމް ތިރިތައްޓަށް ތިރިވާންޖެހުނީ ސަޖިދާގަ އޮއްވާތަ.ދެންއަނިޔާގެ ވާހަކަދައްކާއިރު ތިބުނާވަރުގެ އަނިޔާއެއް ލިބުނުނަމަ ތިހާރީތި ހެޔޮހާލުގަ ފެންނަންހުރީސްތަ.

    11
    2
  2. ބޮޑުބެ

    ނާޒިމު ތިޔަވިދާޅުވީވެސް ރަނގަޅު ވާހަކައެއް އެކަމަކު ޝަރިޢަތަކީ ބޭރުފުށުން ފެންނަ ފެނުމަކަށް ކުރާކަމަކަށްވާތީ ނާޒިމުކޮއްކޮވެސް ޖަލަށްލީ

    11