ދިވެހިރާއްޖޭގެ ފުލުހުންގެ މަސައްކަތަށް ފަންނީ ލަފާ ދިނުމަށާއި މިހާރަށްވުރެ ޚިދުމަތް ރަނގަޅު ކުރުމަށް އިނގިރޭސި ވިލާތުގެ ތަޖުރިބާކާރަކު ވަޑައިގެންފި އެވެ.

އިނގިރޭސި ސަރުކާރުގެ އެހީގައި ދިވެހި ފުލުހުންގެ މަސައްކަތްތަށް ފަންނީ ލަފާ ދިނުމަށާއި މަސައްކަތްތައް ހަރުދަނާކޮށް ތަރައްގީ ކުރަން ފަންނީ ލަފާދެއްވުމަށް ވަޑައިގެންނެވީ ޕޮލިސް ސާވިސް އޮފް ނޯދަން އައިލެންޑްގެ ކުރީގެ ޗީފް ކޮންސްޓަބަލް ސާ ހިއު ސްޓެފަން ރޮޑެން އޯޑް އެވެ.

ސާ ހިއު ވަނީ މިހާރު އެމަސައްކަތް ފައްޓަވާފަ އެވެ.

ސާ ހިއު ސްޓެފަން ރޮޑެން އޯޑް އަކީ 1977 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގެ ފުލުހުންގެ ޚިދުމަތްތަކުގައި މުހިއްމު އެކިއެކި މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

އޭނާ ރާއްޖޭގައި މަސައްކަތް ކުރައްވަން ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހަށެވެ.

އެ މުއްދަތުގެ ތެރޭގައި ފުލުސް ހިދުމަތް މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ގޮތްތަކާއި އިނގިރޭސިވިލާތުގެ ތަންފީޒީ އިދާރާތަކާއި ދިވެހި ފުލުހުންނާއެކު ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި ރިޕޯޓެއް ހުށަހަޅަން ހަމަޖެހިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މި ރިޕޯޓްގައި ފުލުހުން ހަރުދަނާކޮށް ކުރިއެރުވަން ގެންނަން ފެންނަ ބަދަލުތައް ހިމަނާއިރު ގާނޫނު ތަންފީޒު ކުރުމުގެ ސްޓްރެޓެޖީތައް އެކުލަވާލުމާއި މުޖުތަމައާ ގުޅިގެން ފުލުހުންގެ ޚިދުމަތް ދެވޭނެ މޮޑެލްތައް ހިމަނާނެ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން ފުލުހުންގެ ޕްރޮފެޝަނަލިޒަމް ތަރައްގީ ކުރުމާއި، އިންޓެލިޖެންސާއި ހެކީގެ މައްޗަށް ބިނާކޮށް ތަހުގީގު ހިންގައި ދައުވާ އުފުލުމާއި، އެހެނިހެން މަދަނީ މުއައްސަސާތަކާއި ސިފައިންނާއެކު މަސައްކަތްކުރުމުގެ މައްޗަށް އޭނާ އަލިއަޅުވާލާނެއެވެ.

އަދި މުއައްސަސާގެ އޮނިގަނޑަށް ގެންނަން ފެންނަ ބަދަލުތައް ވެސް ހިމަނާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުއްބުތަލޯ

    ފުލުހުންނަށް ފަންނީ ލަފާ ދިނުމަށް އިނގިރޭސި އަކު ވަޑައިގެންފި................

    ދެން އަރައްބެއްތަ ގެނަންވީ،ހީހީހަލާކު މިވެރިން ސުރުހީޖަހާ ގޮތުން.

    1
    6
  2. ޑޮން

    ފަންނީ ލަފާދޭން ކިއްވެ ޓްރަންޕުނައީ

  3. ރަންނަ

    ތިވަރުން ދަންޏާ އަދި ޕޯޕުވެސް ގެންނާނެ ތަމްރީނު ދޭން ބަލަންތިބެމާ ދޯ.

    5
    1