މިހާތަނަށް މަޖިލިހަށް ސަރުކާރުގެ ފަރާތުން ބިލްތައް ހުށަހެޅީ ޖޭޕީއާ މަޝްވަރާނުކޮށް ކަމަށް ވިދާޅުވެ ދަނގެތީ ދާއިރާގެ ޖޭޕީ މެންބަރު މުހައްމަދު ނާޒިމް މިއަދު އެމްޑީޕީއަށް ރައްދު ދެއްވައިފި އެވެ.
ބަޖެޓަށް ބުރަވާ ފަދަ ބިލުތައް ޖޭޕީން ހުށަހަޅަނީ އެމްޑީޕީއާ މަޝްވަރާ ނުކޮށް ނުބައި ނިޔަތެއް އޮވެގެން ކަމަށް ބުނެ އެމްޑީޕީގެ މެމްބަރުން އަންނަނީ ޖޭޕީއަށް ބަހުގެ ހަމަލާތައް ދެމުންނެވެ.
ނާޒިމު ވިދާޅުވީ ބިލް ހުށައަޅާއިރު ޖޭޕީއިން ވެސް މަޝްވަރާ ނުކުރާ ކަމަށާއި ނަމަވެސް ދެ ޕާޓީން ވެސް މަސައްކަތް ކުރަމުން މި ދަނީ ވަރަށް އެކުވެރިކަމާ އެކުގައި ކަމަށާއި ކޯލިޝަން ފުރިހަމަ އަށް އެބަ އޮތް ކަމަށެވެ.
"ސަރުކާރާ އެކީގައި އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން، ދެ ޕާޓީން ވެސް މަސައްކަތް ކުރަމުން މި ދަނީ ވަރަށް އެކުވެރިކަމާ އެކުގައި. ކޯލިޝަން ފުރިހަމަ އަށް އެބަ އޮތް" ނާޒިމް ވިދާޅުވި އެވެ.
މި ބިލާއި ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ޖޭޕީގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށާއި ކޯލިޝަން ޕާޓީއެއްގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީ އިން މަޖިލީހަށް ބިލެއް ހުށަހެޅި އިރު، އެއްވެސް ވަރަކަށް އެމްޑީޕީއާއެކު ނުވަތަ ފިނޭންސް މިނިސްޓްރީ އާވެސް މަޝްވަރާކޮށްފައި ނުވާކަމަށާއި އެންމެ ފުރަތަމަ ކަމަކަށް އިޖުތިމާއީ ރައްކާތެރިކަން އެއީ އެމްޑީޕީގެ ލަފްޒުތަކެއް ކަމަށެވެ.
ކޮންމެ މީހަކު ހުށައެޅިޔަސް ރަނގަޅު ބިލެއް އެއީ
ތިޔައޮތީ ފެންކަށްކާބޮލީގެއިއްޒަތްދީފަ ކިތަންމެގާތް ކޮށްގެންއުޅުނަސް އެމްޑީޕީ އާންމުމެންބަރުންގެ ނަޒަރުގައި ތިޔައީ ހަމަބާޣީން
ބޯ ކޮށްޕާލި އިރު ވެސް އިނގޭނެ ތީ ކިހާ ވަރެއްގެ ބައެއްކަން....
ގާސިމުގާތު އަހާބަލަ ރިސޯޓު މުވައްޒަފަކައް 12.000 ރުފިޔާ ލިބޭގޮތައް ބިލެއް ވައްދަންތޯ