ސަރުކާރާ މަޝްވަރާނުކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރަން ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މުހައްމަދު ނާޒިމް ހުޝަހެޅުއްވި އިސްލާހު މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

މި އިސްލާހު ބޭރުކޮށްލުމަށް 57 މެމްބަރަކު ވަނީ ވޯޓު ދެއްވިއިރު އިސްލާހާ އެއްކޮޅަށް ވޯޓު ދެއްވީ 12 މެމްބަރުންނެވެ.

ނާޒިމު ހުށައެޅި އިސްލާހުގައި ވަނީ ނުކުޅެދުންވެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް 7000 ރުފިޔާއާ 9000 ރުފިޔާ އާ ދެމެދުގެ އަދަދަކަށް ބޮޑު ކުރުމަށެވެ.

އެ އިސްލާހުގައި ވާގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގިންތި ކުރެވިފައިވާ ޚާއްސަ ދަފްތަރެއް އެކުލަވާލަން ވެސް ޖެހެއެވެ.

މަޖިލީހުގެ ތަޅުމުން މިއަދު މި ބިލް ބޭރުކޮށްލިއިރު ބަހުސް މަރުހަލާގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ބިލުތައް ހުށަހެޅުމުން ޖޭޕީގެ ނިޔަތާމެދު ސުވާލު އުފެދޭކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ދައުލަތަށް ނުއުފުލޭ ވަރުގެ ބުރައެއް ކުރިމަތި ކުރުވާ ކަމަކަށް މަޖިލީހުން ބަސް ބުނަން ވަރަށް ދަތިވާނެކަމަށާއި ބިލްތައް ހުށަހަޅާއިރު އެމްޑީޕީ މެންބަރުންވެސް އަމަލުކުރާ އުސޫލުން ކޯލިޝަންގައި ހިމެނޭ ޖޭޕީ ވެސް ސަރުކާރާ މަޝްވަރާ ކުރަންޖެހޭނެ ކަމަށް ބައެއް މެންބަރުން ވިދާޅު ވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މީހާ

    ގާސިމަކީ ބޮޓެއް. ބޯނެތް ބުރުމާ، ދެއަތައް އެބުރޭ ބުރުމާ.

    5
    3
  2. އަށްޑޫ

    ފަޅުރަށަކާ ލެޕުޓޮޕަކުންވެސް ސަރުކާރުހިންގިދާނެކަމަށް ކަލޭމެންް އަދިވެސްް އެއްބަސްނުވަނީތަަ ބަލަސަރުކާރަށް އެއީ އެއްޗެއްނޫން ތިޔަށްވުރެެ ގިިނައިން ކަލޭމެން ޖީބަށްވެސް ވަދޭ..

    6
    1