ބޭރުގެ މަސްބޯޓުތައް ރާއްޖޭގެ ކަނޑުގައި މަސްވެރިކަން ކުރުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ފާސްކޮށްފައިވަނީ 73 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

އެ ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހަޅާފައިވާ މި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ފާސްވުމާއެކު އިތުރަށް ދިރާސާ ކުރުމަށް ވަނީ އިގްތިސާދީ ކޮމެޓީއަށް ފޮނުވާފަ އެވެ.

މި ގަރާރުގައިވާ ގޮތުން ލޯބޮޑު ކަންނެލީގެ މަސްވެރިކަމަށް ދިވެހި މަސްވެރިން އަހުލުވެރިކޮށް، ދިވެހި މަސް ބޯޓުތަކުގައި އެފަދަ ބާވަތްތަކުގެ މަސް ބޭނުމަށް ބޭނުންވާ އާލާތްތައް ގާއިމުކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރަށް ހުށަހެޅުމަށެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ކުރުން މަނާ ބާވަތްތަކުގެ މަސްވެރިކަން ކަނޑައެޅުމަށްވެސް އެ ގަރާރުގައި ވަނީ ހުށަހަޅައިފަ އެވެ.

ބޭރު ބޯޓުތަށް މަސްވެރިކަން ކުރުން މަނާކުރުމާއެކު ދިވެހި ރާއްޖޭގެ މަސްވެރިކަމާ ބެހޭގޮތުން ސަރުކާރުގެ ވައުދުތައް ފުއްދުމާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ އިތުރު ތިން ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.

މި ގަރާރުތަކަކީ ދިވެހިން މަސްވެރިކަންކުރާ ސަރަހައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމެއް ގާއިމު ކުރުމުގެ ގަރާރަކާއި ރަށު ކައުންސިލާއި އަމިއްލަ ފަރާތްތަކާއި ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓަރީ އެޅޭ ގަރާރެއްގެ އިތުރުން އިންޑިއާ ކަނޑުގައި ބޮޑު ދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާ ކުރުމާ ބެހޭ ގަރާރެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަހާންގިރި

    އިންޑިއާޢާއިއެކު ވެވިފައވާ އެއްބަސްވުމެއް

  2. ބުރޯ

    މި އުޅެނީ ވަރަށް ބޮޑު ޖަރިމާ އެއް ހިންގަން ކިަމަށް ތުހުމަތު ކުރެވޭ . ތުހުމަތު ކުރެވޭ ކަންކަމުގެ ތެރޭ އިންޑިޔާ އިން މިބަހައްޓާ ރާޑަރ ސިސްޓަމް ތަކާ އެ ސިސްޓަމްތައް ބެލެހެއްޓުމަށް ތިބޭ ސިފައިންނާ އެސިފައިން ގެ އާއިލާތައް ދިރިއުޅޭނެ ތަންތަނާ އެއާއިލާތައް އަޅުކަންކުރާނެ ފައްޅިތައް ހެދުމަށް ޓަކާ ކުރަންރޭވޭ ފުރަތަމަ ކަމަކީ މަސް އިތުރު ކުރުމުގެ ނަމުގަޔާ ބޭރުގެ ބޯޓް ތަކުންމަސްނެހުން ހުއްޓުވުމުގެ ނަމުގާފާސްކުރާ ގަރާރު . އޭގެ ފަހުގާ އިންޑިޔާ ސިފައިން ކަނޑުގެ ހަރަކާތްތަކަށް ފާރަލުމުގާ ހެޑަކުރުމަށް ގާއިމްކުރެވޭ ގާނޫނީ ސިސްޓަމް އޭގެފަހުން. ސިސްޓަމްތައް އޭގެފަހުގާ ފައްޅިތައް ނަސީދު ވެސް ކޮންމެވެސް ފައްޅިއެއްގެ ފާދިރީއަކަށް ފަހުން ބަދަލުވާނެ.