ސަރުކާރުގެ ވެރިޔަކު ވިޔަސް މުއައްސަސާއެއްގެ ވެރިއަކު ވިޔަސް މަޖިލިހަށް ވަޑައިގެން އިތުރުފުޅު ހައްދަވާ ނަމަ އެއީ ޖިނާއީ ކުށެއް ކަމަށާއި އަދި އެކަން ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް ޕީޖީ އަރިހުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ސަރުކާރުގެ ވެރިންނަށް މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ ބައެއް މުއައްސަސާތަކުން ވަޑައިގަންނަވާ ބޭފުޅުން އިތުރުފުޅު ހައްދަވާ ކަމަށް ޝައްކު ކުރެވޭ ކަމަށް ކޮމިޓީތަކުގެ މުގައްރިރުން އެމަނިކުފާނު އަރިހުގައި ވިދާޅުވާ ކަމަށެވެ.

"ސަރުކާރުގެ ވެރިއެއް ނުވަތަ މުއައްސަސާއެއްގެ ވެރިއަކު ވިޔަސް، މަޖިލިހަށް ވަޑައިގެން ދޮގު ހައްދަވާ ނަމަ، އެއީ ޖިނާއީ ކުށެއް, ދެން ބޭފުޅަކު އެ ބާވަތުގެ ކަމެއް ކުރައްވާ ކަން ފާހަގަ ކުރެއްވިއްޖެ ނަމަ ތަހުގީގު ކުރެވޭނެ" ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ބައެއް މަރުތަކާ ގުޅޭ ބޮޑެތި މައްސަލަތަކުގައި އެކި މުއައްސަސާތައް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު މަޖިލީހުގައި ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް ކޮމިޓީތަކަށް ވުޒާރާތަކާއި މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް ސުވާލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ކަނބާ

  ދޮގުހަދައިގެން ތަކުރާރުކޮށް ވާހަކަ ދެއްކީމަ ފަހުން އެ ދޮގު ތެދެއްކަމަށް މީހުން ޤަބޫލުކުރާނެ ކަމަށް އެމީހުންނަށް ދަސްކޮށްދިނީ މިކަލޭގެ އެވެ. އެހެންވީމާ އެމީހުންނަށް ދަސްކޮށްދިން ކަންތައް ފަރިތަކުރަނީ އެވެ. މީހުން ދޮގުހަދާ ވާހަކަ މިކަލޭގެ ދެއްކަން މިކަލޭގެ ލަފެއް ހަޔާތެއް ނެތީމާ މަ ހަމަ އަންތަރީސް ވެއްޖެއެވެ.

  216
  4
 2. Ciru

  mee anekkaa kon thaaku buraancheh?

  55
  2
 3. ސަލީމް

  ކަލޭމެން މަޖިލީހުގައި ތިބެ ދޮގުހަދަނީ ކޮނތާކުން ލިބިފައި އޮތް ހުއްދައެއްގެ ދަށުން؟

  102
  1
 4. ޢިޔާބު

  އެބުނީ ބީއެމްއެލް ގެ ވާހަކަ.. މި ރޯގާޔަށްވުރެ ދޮގުހަދާ މީހަކު ނޫޅެ.

  96
  1
 5. ސަންތިމަރިޔަބު

  ތިމަން މަނިކުފާނު ނުހިމެނޭގޮތައް

  96
  2
 6. އަހުން

  ކަލޯ ތިތާތިބީ ހުސްދޮގުހަދާ އެމްޑީޕީ މީހުން ތިޔަބޭފުޅާވެސް ތީ ތިކަމަށް ނަމްބަރުވަން .

  83
  1
 7. ކޮރަލް

  ސަރުކާރު ހިންގަން ޖެހެނީ މަޖްލީހަކުން ނޫނެވެ.

  65
  1
 8. ރާވެރިބެއަ

  ހަމަ ހިނި އަންނަނީ ކުރިން ހެދިގޮތައް ނަހަށްދަވައްޗޭ ރަށްޔަތުން ގެ ގެއަށް މިފަހަރު ކިހާވަރެއް ވާނެބާ..

  57
  1
 9. ސަމީރު

  މޮޔަ ނަސީދު ބުނަނަން ވާހަކައެއް ކަލޭތީ މަސްއޫރު ވާވެގެން ފޮނިއަންގަތަޅާ މީހެއް ކަލޭ ތިހެން ބުނީމުން ފުލުހުންނާ ދިމާލަވެސް ވައްޓާލި ދުވަހު "ތިހިރީ ތިކުދިން ކުސެއް ކުރެވިފައޭ " ކިހިނެއް ވީ ކަލޭ އެންމެފަހުން އޮފީހުން ބޭރުކޮލީ އަހަރުމެން. ވީމާ މާ އަގަބޮޑު ނުވެ ތިތާގައި އިންދޭ ނޫނީ އަނެއްކާވެސް ކަލޭ ދިމާލަށް އަހުރުމެން ދާންޖެހިދާނެ.

  59
  1
 10. އަންނި ބަޅު

  ކަލެއަށްވުރެން ބޮޑު ދޮގު ވެރި މުނާފިގެއް މި ރާއްޖެއަކު ނެތް. ދެން ކޯޗެކޭ ތިޔަ ކިޔަނީ

  114
  1
 11. މަހޭޝް

  ތީ ރަނގަޅު ގޮތެއް. ނަމަވެސް ތިވިދާޅުވާ ބަސް ރައްދުވަނީ ވަކި ބަޔަކަށް ކަމަށްވާތީ ދެރަވަނީ. މަށާ، މަހިތް އެދޭބަޔަކު ވިއްޔާ. އަދި މަހިތްއެދޭ ގޮތަށް ބުނާ އެއްޗެއް ވިއްޔާ ހަދަނީ ތެދު ، ނަމަވެސް މަ ހިތްނޭދޭ މީހަކު، މަހިތް ނޭދޭ ގޮތަކަށް އެއްޗެއް ބުނެފިއްޔާ އެއީ ދޮގު. ( މިގޮތް މިހާރު އަހަރަމެންގެ ސަގާފަތާ ނުގުޅޭ ) އެއަށްވުރެ މީހުން މާތަހުޒީބު ވެއްޖެ. ރާއްޖޭގެ މަދުބަޔަކު ނޫނީ ސިޔާސީމީހަކު ތެދެއް ހަދާފާނެ ކަމަކަށް މިހާރު ގަބޫލެއް ނުކުރޭ. އަޅެ އެހެން ދުނިޔެއެއްވެސް އެބައޮތޭ. އަޅެ ދެންފަހެ ބަޔަކު މޮޔަނުވާނެތަ.

  53
  1
 12. ا س ق ي

  މިހާރު އެބަ ރަނގަޅުވެ ފެހުނުއިލޮށި ތިހެރަ

  33
  1
 13. ا س ق ي

  މިހާރު އެބަ ރަނގަޅުވެ ފެހުނުއިލޮށިތިހެރަވަންނަނި ލޮލަށް

  34
 14. ޖަސްޓްގޮނާ

  ކޯލިޝަން އޮތަސް ބިލްތައް ހުށަހަޅަނީ ޖޭޕީއާ މަޝްވަރާނުކޮށް ބުނާނަމަ އައި ކާންޓް ބްރީދް ތަމެން ތިޔާ ދައްކާ ކަނޑުކޮސް ވާހަކަ ތަކުން އައި ސަފަރ އޮފް ނޮޓް ބްރީދިންގް އައި ޑޯން އީވެން ނޯ ވަޓް ނޮންސެންސް އާރ ޔޫ ޓޯކިންގް އެބައުޓް ސަބަބަކީ ރައްޔިތުންގެ މަޖްލީހުގެ ސުޕަރ މެޖޯރިޓީ ރައްޔިތުން އެމްޑީޕީ އަށް ދިނުމުން އެވާނީ ބޮޑު އޮޑިއަށޭ އޮޑި ނުޖެހޭނެއޭ ބޮއްކުރާ ދޮށަށް ކަނބަން ކީޕް ޔުއަރ ވޮއިސް ޑައުން ޖޭޕީ މާޒީ އެއީ މާޒީއޭ ކުރިއަށް ބަލާށޭ ނައު ޔޫ ގެޓް އިޓް ޖަސްޓް ގޮނާ ސްޓޭންޑް ދެއަރ އެން ވޮޗް މީ ދެޓްސް އޯލް ރައިޓް ބިކޮޒް އައި ލަވް ދަވޭ ޔޫ ރިއެކްޓް އޮން އިޓް...

 15. ބަރުގޮނު

  ތިކަމުގެ ޒާތުގައި ތިޔަގޮތް ރަގަޅު. ދެރައީ މަޖުލިސް ގެ ރައީސާ މެމްބަރުން ތިޔަ ލިސްޓްގައި ނުހިމެނުކަން. ކޮމެޓީތަކަށް ޙާޒިރުކޮށް ސުވާލުކޮށް ނުހެދިޔަސް މަޖުލިސްގެ ތަޅުމުގައި ދައްކަވާ ވާހަކަތަކަށް ބަލާއިރު ދޮގު ހައްދަވާކަމަށް ޝައްކުވަންޏާ ތަޙްޤީޤުކޮށް ފިޔަވަޅު އެޅެންޖެހޭނެ. މިހާރުވެސް ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އެމްބެސީއަށް ވަންކަމަށް ފޮރިން މިނިސްޓްރީއިން ޢާންމު ކުރި ތާރީޚާ މަޖުލިސްގެ ރައީސް ހާމަކުރެއްވި ތާރީޚް ތަފާތު. ދޮގުހެދީ މިނިސްޓްރީންތޯ މަޖުލިސް ރައީސްތޯ ސާފުކުރަން ތަޙްޤީޤް ކުރަން މިއޮތީ ޖެހިފައި.

  12
 16. ރާޅު ބޯއީ

  ތިޔަ ކުރާ ސުވާލުތަކުން ވާކަމެއް ހަރާން. ލާދީނީ ބައިގަނޑުވެސް ހަދަނީ ދޮގު. އަންނަ މީހުންވެސް ހަދަނީ ދޮގު. ދޮގާ މަކަރާ ހީލަތުން ފުރިގެންވާ ސަރުކާރެއްގައި އޮންނާނީ މުޅިންވެސް ދޮގާ މަކަރާ އޮޅުވާލުން. ބަލަ އިސްތިއުފާ ދިން ދުވަހު ބޮލުގައި ބަޑި ޖެއްސިއްޔޭ ކިޔައިގެން ރަންނަމާރިވެސް ހެދީ ބޮޑު ދޮގެކޭ. އެހެންވީ ބޭޒާރުވާން އަނގަަފުޅު ނުވީދާ.

  10
 17. އެޖެންޑާ 19 ފައި

  މީނަ ހީވަނީ މަޖިލިސް ރައީސްކަން ލިބުނީމަ މުޅިދައުލަތުގެ ނިޒާމުފުނޑާލާ ސަރުކާރުގެ ވެރިންނަށް ބިރުދައްކާ ކޮމެޓީތަކަށް ހާޒިރުކޮށް ! މީނަގެވެރިކަމެއްކަން މޯދީ އަށް ދެއްކުން
  އިބޫ އެބަޖެހޭ މީނަސައިޒް ކުރަން !
  މިހާރު 3 ބާރަކީވެސް އަންނި !. މީޖަޒީރާ ޑިމޮކްރެޓިކްއޮޅާލާފަ
  ބޮޑުއީދުގެ ފަހުން އޮތީ ވަޒީރުންގެ ނޯކޮންފިޑެންސް !!!

 18. ޖަހާންގިރި

  ދުނިޔެއިން އެންމެސޯލިހު މީހާގެ ބޮލަށް ކަނޑާލުން މާ މުހިއްމު ސަބަބަކީ ކަރަންޓުބިލުގެެ އަގު ކުޑަނުކޮށް ކުޑަކޮށްފީމޭ ބުނެ ރައްޔަތުންނަށް އޮޅުވާލުން.......!!!!!!

  10
 19. ހަނދާންވަނީ

  ވަރަށްފުރިހަމަ، މިކަމާދެކޮޅުހަދާނީ ވަގުން، ޤައުމައް އަދިދިވެހިރައޔިތުންނައް ހަރާންކޯރު ޙާއިނުން!

  6
  10
 20. ޓޫވެލް

  މަޖިލީހުގައި ދޮގު ހަދާނަމަ ދައުވާ ކުރާނަން ކަމަށް މަޖްލީހުގެ ރައީސް ބުނުން އެއީ މާ ބޮޑަށް ރަނގަޅު ކަމެކޭ އެބަޖެހޭ މިރާއްޖޭގެ މިނިސްޓަރުން ހަދާ ދޮގު ތައް ފަޅާ އަރުވާ އެމެންނަށް ނޭގޭ ކަންކަމުގެ ތެެރެއަށް އެމެން ބޭނިގަނެގެން ކަނޑުކޮސް އަނގަތަޅުވާނަމަ އެމެން ސައިޒުން ކަނޑާލަން މީ މާބޮޑަށް ވެސް ރަނގަޅަށް ސަރުކާރުން ކުރަން ޖެހޭނެ ކަމެކޭ އަދި މަޖްލީހުން ވެސް އެކަން ކުރަން ޖެހޭނެއޭ ....

 21. ޢަބްދުއްލަޠީފު

  "ސަރުކާރުގެ ވެރިންނަށް ނަޝީދުގެ އިންޒާރެއް" ކަނާތުން ވާތުގަ ޖަހަނީތަ؟ ނޫނީ މަވެސް ހެދެނީއުތަ؟ އޮޑިތާންކަލޭގެ ކޮންމެ އެއްޗެކޭވެސް ވިދެފާނެ. .

 22. އ. ޖ. އ

  ވަރަށް ރަނގަޅު ނިންމުމެއް..

 23. ނަ،މަ

  އިންޒާރެއް ދެވޭނީ ވެސް ތިމާ ނަމޫނާ އަކަށް ވެގެންތާދޯ