ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއިން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ރައީސް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނެއް ކަމަށްވާ އެސެޓް ރިކަވަރީ ކޮމިޝަނުގެ މެމްބަރުން ސިވިލް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

ބީއެމްއެލްއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަނުން ދެ އެކައުންޓެއްގެ މައުލޫމާތު ފޯރުކޮށްދިނުމަށް އަންގާފައިވާތީ އެކަމުގައި އަމަލު ކުރާނެ ގޮތެއް ކަނޑައަޅައިmދިނުމަ ށެވެ.

އެ ކޮމިޝަންގެ މެންބަރުން ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ މެންދުރުއެވެ. މާދަމާ މެންދުރު އޮތީ އެ މައްސަލައިގެ ޑިސްޕިއުޓް މަރުހަލާގެ އަޑުއެހުމެވެ.

އިއްޔެ މާލިއްޔަތު ކޮމެޓީއަށް ބީއެމްއެލްއިން ހާޒިރުކުރުމުން އެ ބޭންކުން ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން ބަލާ ދެ މައްސަލައަކާ ގުޅިގެން މައުލޫމާތު ދިނުމަށް އެދިފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.