ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކަމާއި ހިމާޔަތްދޭ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސާ އިވާ އަބްދުﷲ ހުށަހެޅުއްވި މި ބިލު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރި 75 މެމްބަރުންގެ އިއްތިފާގުންނެވެ.

ވިސިލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލަކީ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގައި ހިނގާ ކޮރަޕްޝަނާއި އެނޫންވެސް ނޭދެވޭ އަމަލުތައް ހުއްޓުވުމުގެ ބޭނުމުގައި ހުށަހަޅާފައިވާ ބިލެކެވެ.

މީގެ އިތުރުން ދެފުށް ފެންނަ ޖަވާބުދާރީ ކުރުވަނިވި އަދި ނަޒާހަތްތެރި ސަގާފަތެއް އަށަގެންނެވުމަށްޓަކައި އެފަދަ ނޭދެވޭ އަމަލުތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު ހާމަ ކުރުމުގައި އަމަލު ކުރާނެ އުސޫލުތައް ކަނޑައެޅުމާއި ވިސިލްބްލޯ ކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ހޯދައިދިނުން ފަދަ ކަންކަމަށް ގާނޫނީ އޮނިގަނޑު ގާއިމް ކުރުން ކަމަށް ބަޔާންކޮށްފައި ވެއެވެ.

ވިސިލްބްލޯ ކުރާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ގާނޫނެއް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޢަދުރޭ

  މަހަކު 80 ހާސްރުފިޔާ ރައްޔިތުންގެ ބައިތުލް މާލުން ފަރިއްކުޅުއްވައިގެން ތިބެ ގުއިތަފާލުގައި ދަނޑިން ތެޅުންވެސް މާރަނގަޅުވާނެ ސައިފުރަސްގެފާނު ވާހަކައިގަ އަންނަ ކަހަލަ ޚިޔާލީ ނަންނަމުގެ މައްޗަށް ބިލް ފާސްކޮށް ވަގުތު ނަގާލުމަށްވުރެ !! . ބިލް ނެތިގެން ގާނޫނު ނެތިގެންތަ މި ރާއްޖޭގެ ރައްޔިތުން ބިކަވަމުން މިދަނީ .. އިޚްލާސްތެރިކަން ނެތް ތަނެއްގަ ބިލަކުން ނުވަތަ ޤާނޫނަކުން ކުރާނެ ފައިދާއެއް ނޯންނާނެ . ޤުރްްއާނުގަ ނެތީތަ ތެދުބުނާ މީހާ ޙިމާޔަތް ކޮށްދޭން އަންގަވާފަ ؟ . ދެން އިތުރަށް ކޮން ގޫފާލި ވާހަކައެއް

  9
  2
 2. ޝަފީކު

  ތިޔަ ބިލަކީ ޑަބަލް އެޖްޑު ސުވޯޑަކައްވާނެ.. ތި ބިލުން ސަލާމަތް ނުވެގެން އެމްޑީޕީއިން މި ދައުރުގައި ގަނަތެޅޭނެއެވެ.

  11
  2
 3. ޙަސަން

  އޭ އީވާއެވެ. ކަލޭގެ ކިތަންމެ މުއްސަންޖަސްވެސް ކަލޭވެސް ނިމިގެން ދާނީ ހަމަ ފަސްގަނޑު ދަށަށެވެ. ކަށްވަޅުގައި ސުވާލުކުރައްވާނެއެވެ. ތިގޮތަށް ފިރިހެން ހެދިގެން މާ ކުޅަދާނަ ޝަޚުޝަކަށްވެގެން ރަނގަޅަށް އައުރަ ނިވާނުކޮށް ތިއުޅެނީ ކިހާދުވަހަކު ދުނިޔޭގައި ހުންނާނަމޭ ހިތާހެއްޔެވެ. އަޖަލުވަނީ އަދުތޯ މާދަންނޫންކަމެއް ނޭނގެއެވެ. އަންހެނުން އުޅެންވާ ގޮތުގެ ފިޠުތަރުން ބޭރުވެ އަބަދާައި އަބަދު މާ ދޫހެލޭ މީހަކަށްވެ ބައިސާބުނުން ހުއްޓާލައި ރަނގަޅު އަންހެންވަންތަ ދިރިއުޅުމެއް އުޅޭށެވެ. ލިބިފައިވާ ތަނަވަސްކަމަުން ނިކަމެތިންނަށް ފޯރުކޮށްލަދީ ނިކަން ލޮބުވެތި މަޑުމައިތުރި ދިރިއުޅުމެއް އުޅެބަލާށެވެ. ކަނބުލޯގެ ޙަޔާތް އަބަދު ތިގޮތުގައި ދުއްވާ ނުލާށެވެ.

  6
  1
 4. ބޮޑުދުފާ

  ވޮލީބޯލް ކުޅޭފަރާތްތަކަށްވެސް ރައްކާތެރިކަން ދޭންވާނެ

  3
  1
 5. އަސީ

  ތިޔަ ބިލް އަވަސްކޮއް ފާސްކޮއްލާ ތިޔަބޭފުޅުންގެ ވަރައް ގިނަކަންކަން ފަޅާއަރާ ހިސާބުން ތިޔަ ގާނޫނު އުވާލާނެ

 6. ޢަދުރޭ

  ޢޭ އުޚްތާ އެވެ. ! އޭއި ކަމބުލޯ އީވާ އެވެ. .ތިޔަ ގޮތަށް ވަރުގަދަ ފިރިހެނަކާ ވައްތަރުވާ ގޮތަށް ހެދުން އެޅުން ހުއްޓާށެވެ. ކަމބުލޮ ޅައިރުގައި މަންމަ އުޅުނުގޮތް ހަދާންނެތީހޭ މަންޖޭ . މިހާރު ބޯކުރު ފިރިހެނަކާ ތިޔަ ވައްތަރު ވީ އެއް ނޫންހޭ . ތިޔަހެން އުޅުނީމާ ސާބެޔަށްވެސް ހީވާނީ އެއްޖިންސުން ކައިވެނި ކުރެވިގެން އުޅޭހެން . އުޚްތާ އަވަސް ގޮތަކަށް ތިކަން ހުއްޓަން އުޅޭ

 7. ކެކެކެ

  ހަމަ ހުވާ ފޮޓޯ ފެނިފަ ފުރަތަމަ މަހީކުރީ ސްކޫލެއްގެ ކްލާސްރޫމެއް ކަމަށް.