ފެނަކަ ކޯޕަރޭޝަނުން ދޭ ކަރަންޓްގެ ހިދުމަތް ކެނޑޭ މައްސަލައިގެ ޒިންމާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޑރ. ވަހީދު ހަސަން މަނިކުގެ ސަރުކާރުތަކުގެ ބޮލަށް ކަނޑާލައިފިއެވެ.

ފެނަކަ އިން މިގޮތަށް ވިދާޅުވީ، އެ ކުންފުނިން ދެންމެ ނެރުނު "ޖަޒުބާތީ" ބަޔާނެއްގައެވެ.

ފެނެކަ އިން ނެރުނު އެ ބަޔާނުގައި ވިދާޅުވެފައި ވަނީ ރައީސް ވަހީދާއި ރައީސް ޔާމީންގެ ސަރުކާރުތައް ނިމުނުއިރު، އަތޮޅު ތެރޭގެ ރަށްތަކުގައި ކަރަންޓުގެ ހިދުމަތްތައް ދާއިމީ ހައްލެއް ނުލިބި އޮތް އޮތުމަކީ "މިއަދުގެ ސަރުކާރުން" ހިތާމަ ކުރާ ކަމެއް ކަމަށެވެ.

"2012 ވަނަ އަހަރު މުޅި ރާއްޖެ ހިމެނޭ ގޮތަށް ފެނަކަ ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް ވުޖޫދުވެ، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށްވެސް އަތޮޅު ތެރޭ ރަށްރަށުގެ ކަރަންޓް ހިދުމަތަށް ދާއިމީ ހައްލެއް ނުލިބި އޮތުމަކީ މިއަދުގެ ސަރުކާރާއި، އަދި ފެނަކަ މެނޭޖްމެންޓް އާއި ހަވާލުވެ ތިއްބެވި ވެރިންނާއި ބޯޑު މެންބަރުން ހިތާމަ ކުރާ ކަމެކެވެ". ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވިދާޅުވެފައި ވަަނީ މާޒީގައި އެ ކުންފުނި ހިންގަން ތިބި މީހުން ކުންފުނި ހިތަކަށް ލިބި "ސައްބުބޭގެ ހުނިގޮނޑި" ފަދައިން ކަންވެ ދިއުމުން، މިއަދު ކުންފުނިން އެތައް ބުރަ މަސައްކަތެއްކޮށްގެން ނޫނި ކަރަންޓްގެ ހިދުމަތް، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ނުދެވޭނެ ކަން ހާމަ ވެފައިވާކަމަށެވެ.

ފެނަކަ އިން ނެރުނު ބަޔާނުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. އެގޮތުން އެ ބަޔާނުގައި ވިދާޅުވެފައި ވަނީ، 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއި ހަމައަށް އަތޮޅު ތެރޭގެ މަދު ރަށެއްގައި ނޫނީ ކަރަންޓް ހިދުމަތް ފޯރުކޮށްދެމުން ދިޔައީ އެރަށެއްގެ ރައްޔިތުންގެ މާލިއްޔަތުން ހަރަދުކޮށްގެން ރައްޔިތުންގެ ގޮތުގައި ކަމަށެވެ.

އަދި އެދެވޭ ގޮތެއްގައި ރައްޔިތުންނަށް މި ހިދުމަތް އެއިރު ނުދެވޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

"އަދި ދެވޭ ހިދުމަތް ރައްޔިތުންނަށް ލިބޭ ހިތްހަމަ ޖެހުމަށްވުރެ ލިބެމުންދިޔަ ނުތަނަވަސްކަމާއި، އަދި ނަފްސާނީ ގޮތުންނާއި ސިއްހީގޮތުން ލިބެމުންދިޔަ ކެކުޅުންތަކުން އަރައިގަތުމަށާއި، ރައްޔިތުންގެ މި ހިތްދަތި ދިރިއުޅުމަށް ތަސައްލީއެއް ދިނުމަށް، ގާނުނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހްތިޔާރުގެ ތެރެއިން، ރައީސްގެ ހާއްސަ ގާރަރަކުން، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކެއް އުފައްދަވާ ކަރަންޓް ހިދުމަތް ދިނުމަކީ މި ކުންފުނިތަކުން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ." ފެނަކަގެ އެ ބަޔާނުގައި ވެއެވެ.

ފާއިތުވި ހައެއްކަ މަސް ދުވަސް ތެރޭގައި ރާއްޖޭގެ ރަށްރަށުން ކަރަންޓް ކެނޑޭ މައްސަލަ ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

45 ކޮމެންޓް

  1. އައްޑޫސިޓީ

    ހިތާމަނުކޮށް ހިދުމަތްދެވޭނެ ފެންވަރު ނެތިއްޔާ އިސްތިއުފާދީފަ ގެއައްދާންވީ. ރައީސްމީހާ އިންފެށިގެން އެންމެން.

    311
    2
  2. ޥިލޭއަލި

    މަސް ބާނަން ކެޔޮޅަށް ނޭގުނީމާ ކަނޑު ނުބައި ކުރުން އެއީ އެކަމަށް އޮންނަ ހައްލު. ެ

    171
    1
  3. މަހުލޫފް

    މިހާރު ފެނަކައިގެ އެމްޑީ އިސްތިޢުފާ ބައްލަވާ މި އަދުގެ ސަރުކާރަށް 8 މަސް ވެއްޖެ ކީއްވެ ތިކަމުގެ ހައްލު ނުކުރުވުނީ . 5 އަހަރު ނިމޭއިރު ވެސް ބުނާނެ ކުރީގެ ސަރުކާރު ތަކުގެ ސަބަބުން ނޭ ކަންކަން ނުކުރެވުނީ.

    153
    2
  4. ހަސަން

    މިހާރުގެ ފެނަކައިގެ އެމްޑީ ސައިދުބޭ އަކީ ކަންކުރެވޭ ވަރުގެ މީހެއް ނޫން އަވަހަށް އިސްތިޢުފާ ދީ. އަހަރެންގެ ތިމާގެ ވެސް މީހެއް. ތިމާގެ ވިޔަސް ކަންކަން ނުކުރެވޭ ކަމަށް ވާ ނަމަ ޖެހޭނީ އިސްތިޢުފާ ދޭން ވަރަށް ދެރަވޭ މިހެން ބުނަން ސޮރީ ސައިދުބޭ

    151
    3
  5. ރަތްގަލަން

    ނުވަންޏާ ފައިބާ!

    127
    1
  6. ފާތުން

    ބިރުގަތީ މިއަދު މަޖިލީހުގެ ރައީސް މަޖިލީހުގައި ދޮގު މަޢުލޫމާތު ދޭ މީހުންނަން ދަޢުވާ ކުރާނަމޭ ބުނީ މަ . ކުރީ ދުވަހުގެ މަޖިލީހުގައި ދިނީ ދޮގު މަޢުލޫމާތު. އެހެން ވެ އަވަހަށް ރެކެންވެގެން ތިއުޅެނީ މިހާރު ނަޝީދު ރަގަޅުވެއްޖެ. ކުރިން ނަޝީދު އަށް ވަރަށް ހަޑިކޮށް އެއްޗެހިކިޔާފައި އެބަހުރި ތި ފެނަކައިގެ އެމްޑީ ސައިދު.

    105
    3
  7. ލަބީބު

    ދަހި ގޮދައި އައިނަކަށް އަރާ ގޮދައި ބުޅިގައި ގަތުމާއެކު ތަލިކަހާލައިގެން ހައިވަތަށް ގޮސް ލެޑުނީމާ " އެހެންނުހޭ ވާނީވެސް . ދޮށި ދިގުކަމުން ، ދޮށި ކުރުކަމުން ، ދޮށި ފަލަކަމުން ، ދޮށި ހިމަކަމުން ، އާލާތް ދެރަކަމުން ދެން ވާނީ މިހެންނެވެ." މިއީ ޢިސަކެޔޮޅުގެ ހާސަރެވެ. ތިމާގެ ގާގައި ގޮދައި ބާނާނޭ ވަރުނެތްކަމާ ، ގޮދައި ފޮޅުވާލާ ހުނަރު ނެތްކަމެއް ގޯހެއް ނުވިއެވެ. މި އަދު މިއޮތް ސަރުކާރުގެ ވައްތަރަކީ މިއީއެވެ.

    93
    1
  8. ސަލީމާ

    ރައްޔިތުން އެކީ އެކައްޗަކަށް ނުކުމެ މި ސަރުކާރު ބިންމަތިކުރަން ވެއްޖެހެން ހީވަނީ! ޤަވްމީ ރިޟާވްގައި ދެމަހުގެ ކާޑު ގަނެލާވަރުވެސް ނެތް މިހާރު!

    95
    1
  9. ޟ

    ކިހާ ދެރަ ކަމެއް.. ފާއިބާ..މޮޔައިންގެ ސަރުކާރު..
    ޢެހެން މީހުންގެ ބޮލަށް ނުކަނޑާ ބުނެބަލަ ތިމަންނާ އަކީ ދޮޅު ރޯނާ ވެފަ ހުރި މީހެކޭ...އަދިވެސް މިކަހަލަ މީހުން ލާތީ މަގާމު ތަކަށް.

    91
  10. ދދދދދދ

    ކުރީ ސަރުކާރުތައް ގަދައެއްނު. އޭރު ކަރަންޓްގެ ދަތިކަން ރައްޔިތުންނަށް ޖެހުނަ ނުދީފަ އެހެން ބަޔަކު ވެރިކަމާ ހަވާލުވާއިރަށް އެބަޔަކަށް ހައްލު ކުރަން ނޭނގޭފަދަ ބޮޑު ކާރިސާއަކަށް ވާގޮތަށް އެކަން ބާއްވަން އެނގުމަކީ ގަދަ ކަމެއްނު.

    77
    1
  11. ާސައިމާ

    ސާބަސް ސާބަސް ވަކިފަރާތަކަށް ޖެހުނަސް ތީބޮޑުވަރު ތިވަރުނުކުރައްޏާ ހަމަ ނުވޭދޯ

    63
    4
  12. ޞސހސ

    ގައުމު ހިނގޭނެ ފެންވަރު ނެތިއްޔާ އިސްތިއުފާ ދީފަ ދާންއުޅޭ.

    83
  13. ޕަޓާސް

    ވަހީދު ސަރުކާރާ ޔާމީން ސަރުކާރަށްވުރެ ކުރީގަވެސް ސަރުކާރެއް އޮތް. ކަރަންޓު މައްސަލަ ހައްލެއް ނުވޭ. އެކަމަކު ދެންއައި ސަރުކާރުތަކުން ތިކަހަލަ ހާސަރެއް ނުދަމާ. އަމިއްލަ ނުކުޅެދޭކަން ތިހާމަ ކުރަނީ.

    86
  14. އިއްބެ

    ސައީދު ބެ ބުނި މާވައުރުލާ އެއާޕޯޓް 3 މަސް ތެރޭ ނިމޭނޭވެސް މީޑިޔާ މެދުވެރިކޮށް 7 އަހަރުވީރުވެސް ނުނިމުނު ޔާމިނު ސަރުކާރުން އެމްޓީސީސީ އާއި ހަވާލު ކޮށްގެން ނިމެނީ އެއިރު ބުނީ 3 އަހަރުން ނިންމަން ދިނީމަވެސް 7 އަހަރުފަހުން ނެގީމަ ބުނީ ޔާމިނު އާއި ވަހީދުގެ ސަބަބުން ނުނިމުނީ ޔޭ ގައްދޫ ޒާހިރުގެ މުޅި އަބުރުވެސް ދުއްވާލީ މިކަލޭގެ ނުވާނެ ތީނަޔަކަށް އިސްތިއުފާ ދީ މީހުން ވަޒީފާއިން ކަނޑަނީ ތަރިކަ މުދާކަމައް ހީކޮށްގެންތަ

    73
  15. ޢަލީދީދީ ގެ ހުތާ

    ތި ކަންތައް އަޅުވަންވީނުން އިބްރާހިމް ނާސިރު އާއި މުހައްމަދު އާމީން ބޮލުގައި

    83
    1
    • ކުޑަބަޖަރާ

      ބޮޑުތަކުރުފާނުގެ ބޮލުގައި ނޭޅުވިކަން ރަނގަޅު.

  16. ޙެ ހެ

    ވ ގަދަ ނަޝީދު . ރައްޔިތުން ސަލާންޖަހައިގެން ބުރިބިދެންތެން މަސައްކަތް ކޮއްގެން އެޅި އިންޖީނުގެތަށް ނުއަގުގަ ފޭރިގަނެގެން އަތުލާ އަދި އެވަރުން ނުވެގެން ރކ ކޮމިޓީތަކުގެ އެކައުންޓް ތަށް ދަވާލީ . ކިހާ ތާހިރު

    84
  17. ބޭބެ

    މިހާރު މިޤައުމުގަ މިއޮތީ މޮޔަ ކިނބުލުގެ ވެރިކަން

    65
    1
  18. ކެޔޮޅު

    ރާއްޖޭގަ ހާއްސަކޮއް މާލޭގަ ރޯގާބަލިމަޑުކަން ހައްދުފަހަނަޅާދިއުންވެސް އަޅުވާނީ ޔާމީނު ބޮލުގާތޯ؟

    59
  19. ކެޔޮޅު

    އެމްޑީޕީ ކުރިންވެސް ސަރުކާރު ނުހިންގުނީމާ އިސްތިއުފާދިނީ ދެންވެސް އެގޮތްއެބައޮތްދެއްތޮ!!

    60
  20. އ. ޖ. އ

    މި ހަމަ އެމީހުންގެ ކަންކަން

    35
    1
  21. ބަލާމީހާ

    މުސާރަލިބޭބާ؟ އެހެންވެއްޖެއްޔާ ރަނގަޅުނުންތޯ؟ ރަނިކަމަނާ ގެ މަސް ތެލުލުން މާފުރިހަމަ ނޫންތޯ؟

    41
  22. ހުސޭނުބޭ

    ކަރަންޓް ބިލުތައްވެސް މި ހަދަނީ ރައީސް ޔާމީނާ ރައީސް ވަހީދު........ އެހެންވެ އެހައި ބޮޑީ!......... ރައްޔިތުންނަށް ދުއްޕާންނުކޮށް ފެއްސިގެން ދާންއުޅޭ! ކަލޭމެންނަކީ ަިބޫގެ ބަލަދުއަރާތޫވެ ތިތަނަށް ލާފައި ތިބި ބަޔެއް!

    48
  23. އަފީ

    މީކިހާދެރަކަމެއްދެންނެއްތަޔާމީނުބޮލައްކަނޑާލާ
    ނެކަމެކޮބާއެއްކަލަބެޑުސީޓުގެކަންތައް
    އެވެސްކަޑާލާޔާމީނުބޮލައްވަރައްހަޔާތް
    ކުނޑަބައެއް ރަގަޅުވާހަކައެއް
    ޔާމީނުހިގިމަގަކުންވެސްނުހިގޭނެ
    ތިކުޅެނީލެޔާމައިތިރިވެގެންތިބެވޭތޯބަލާ
    5 އަހަރުމިއޮއްނިމެނީއަދިވެސްކުރެވުނުކަ
    މެއްނެއްކޮމެޓީހެދުންނޫންކަމެއްނެއް
    މހާރުދެންއެއްމެރަގަޅުވާނީއިސްތިއުފާ
    ދެއްވާ؟ މެކުނުފުމުނަސްގާހަކައަކައް
    ނުފުމެވޭނެ؟

    40
    1
  24. މިއަދު

    ތިކަމުގެ ޒިންމާ އުފުލަންޖެޖޭނީ ހަސަންފަރީދާއި ރެހެނދި ޚަދީޖާއެއްނޫންތަ

    47
  25. ސައީ

    ވާރޭވެހުމުން ފެންބޮޑުވާ މައްސަލަވެސް އަޅާ ކުރީސަރުކާރު ބޮލައް

    40
  26. އަފިރިންގެ ޚިޔާލް

    ރ.ޔާމިންވަނީ ކަރަންޓް 24 ގަޑިއިރަށް ޔަގީންކޮށްދީފަ... މެޝިނަރީތަކަކީ ސަރވިސް އަދި ޓައިމް ހަމަވީމަ އޯވަރ ކުރަންޖެހޭތަކެތި، ނޫން ނަމަ،، ޖެނެރޭޓަރ ތަކުގައި މަށްސަލަ ޖެހޭނެ، މިއީ ވަރަށް އާދައިގެ ވިސްނުމެއް، މިވަރުގެ ޤާބިލްކަން ނެތީމަ ވާދޫ ސައިދު އިސްތިއުފާ އަދި ސަރުކާރު ނުހިންގި ރައްޔިތުން ބިކަވެއްޖެ..މިސަރުކާރަށް ލިބުނު ދަރި 8 މަސްފުރި ވިހައިފި، އަދި ނަމަކަށް ފޭރޭ ސޯލިހުގެ ނ ަަަަަަންދީފި... ނ

    27
  27. ގޑ

    ހަމަ ގައިމުވެސް ނެތި ނުދާނެ ސަބަބެއް. ދެން ކިހިނެއް ތިކަން ހައްލު ކުރާނީ ކޮއްމެ ގޮތެއް ވިޔަސް އެ ދެ ބޭފުޅުން ވެރިކަން ނުކުރާ ކަމަކަށް ނުވާނެއެވެ. އެހެންވީމާ ތިކަން ހައްލު ކުރަން މަސައްކަތް ކުރުން ހުޓާލަންވީ އެވެ.

    25
    1
  28. ޥަގާރު

    ގޮތެއް ފޮތެއް ނެތް ބަޔެއް ގޯސްހުރިހާ ކަމެއް ޔާމީނަށް ރަގަޅު ހުރިހާ ކަމެއްގަ މެޑެލް ޖެހުން ލަދުހަޔާތުގެ ކަންފުޅެއްވެސް ހަމަނެތީ

    27
  29. ޔޫސުފް

    ގެނަކަ މުވައްޒަފެއްގެ ހައިސިއްޔަތުން ބުނަން ރައް ރައް ޝަޓްޑައުން ވަނީ މިތަން ހިންގަން ނޭނގިގެން ރައްރަށުން ރިކުއެސްޓް ކޮށްފަ ހުންނަ މުހިންމު ތަކެތި 3 ހަތަރުމަސް ވާއިރު ނުލިބެނީ ތަން ހިންގުމުގެ ދޯހަޅިކަމުން .......

    25
  30. ލަދުކުޑަ

    ތިޔަ ބުނާ ގުއި ނަޝީދު ކުރިކަމަކީ ރައްޔިތުންގެ އިންޖީނުގެތައް ފޭރިގަތީ ހަމަ ފޭރިގަތީ ރައްޔިތުންގެ މާލިއްޔަތުވެސް ކައްވާލީ

    28
    • މުހައްމަދު

      އައްދޯތް މިތިބަ ނާގާބިލުބައެއް ނެތޭހަމައެއްކަމެއް ކުރަން ދަންނަ އެކަކުބެސް މިވަގަށްނެގި ސަރުކާރުގަ އުތަ ތިމާމެންނަކީ މަގުމަތީގަ އަޗާތަޅަން ނިކުމެއުޅުނު ބަޔަކަށް ވާހިނދު ކިހިނެއްތޯ ގައުމެއްހިންގާނީ މިހިރީ ރަށުމީހާޔާ ތިމާގެމީހާޔަށް ނުވަތަ ރަށްޓެހިންވީމަ ވޯޓްވިއްކުމުގެ ހިތިނަތީޖާ އަމިއްލަޔަށް ބުއިބޮނޑިއެއްމީ މިމީހުން ނަށް ހަމައެއްކަމެއް ނުކުރެވޭނެ މިފަސްއަހަރު ނިންމާލާނީ މިގޮތުގަ ބަލަގަ ދެންވެސް ހޭއަރައިގެންނޫނީ މިއަދުގެ ވަގު ސަރުކާރުގެ އަތްދަށުން ލާހިކެއްނޫން ސަލާމަތްވާކަށް ރައްޔިތުންނަށް ދަތިވެގެން ކެކިގަންނަ ކޮންމެފަހަރަކު މައިތިރިކުރަން ދެވޭ ވެކްސަނަކަށް ކުރީގެ ރ.ޔާމިން ހަދައިގެން ދޮގުއިލްޒާމްތައް އަޅުވައިގެން މައިތިރި ކުރަން ނޫޅެ އަވަހަށް އިސްތިއުފާ ދިނުން ރަގަޅުވާނެ

  31. ޢާން

    މިސަރުކާރުގެ ވެރިންގެ ފާފަތައްވެސް މިބޭފުޅުންނަށް ވަންޏާ ރ.ޔާމީންގެ އިސްތަށިފުޅުގައި އަޅުވާނެ.އަޅެފަހެ ކީކޭތޯ ދެން ދަންނަވާނީ. ތަރައްޤީ މެކުހަށް ޖަހާފަ ހުރި ޤައުމެއް ފަނާކޮށްލަނީ.

    110
  32. ޝަފްރާން

    ޕަބްލިކައް ޔޫޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކުގެ ވެރީންނައް ދެބަންދިހާރަވެފަތިބޭ މަރުމޯލުންނާއި ބުރާންތީން ނުލުމައް އަޅުގަނޑުމެން ފެނަކައިގެ މުއައްޒަފުން ވަރައް އާދޭހާއި އެކު ސަރުކާރައް އިލްތިމާސް ކުރަމެވެ. ފެނަކަ އަކީ 1200 އައް ވުރެ ގިނަ މުއައްޒަފުންތިބި ކުންފުންޏަކައް ވާއިރު މި ކުންފުނި ހިންގުމައް އެކަށީގެންވާ މީހުން މިކުންފުނީގެ އެތެރެއިން އައްޔަންކުރުންމާ ރަނގަޅުވާނެ ކަމުގައި ދެކެމެވެ. ނި ދާއިރާގެ އެއްވެސް ކަމެއް ނޭނގޭ މަރުމޯލަކު ލީމާ މަމެން މުއައްޒަފުންނައް ކުރިމަތިވާ ދަތިތައް އިންތިހާއެވެ.

  33. ކައްޕިތާން

    ފެނަކަ ކޯޕަރޭޝަނުން ދޭ ކަރަންޓްގެ ހިދުމަތް ކެނޑޭ މައްސަލައިގެ ޒިންމާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޑރ. ވަހީދު ހަސަން މަނިކުގެ ސަރުކާރުތަކުގެ ބޮލަށް ކަނޑާލައިފިއެވެ މިވާހަކަ ކިޔާލީމާ އަންނަނީ ހިނި ތިޔަ ފެނަކައޭ ކިޔާ ކުންފުނި އުފެދުނީ ޔުޓިލިޓީ ގީބަށް ބޯލްޕޮއިންޓް ގަލަމެއްޖަހައިގެން ކުންފުންޏެއްގެ ނަމުގައި ގަދަކަމުން ރަށްޔަތުންގެ އިންޖީނުގެތަކާ އެއިންޖީނުގެތަކުގައި ހުރިފައިސާތައް އަތުލައިގެން ވުޖޫދައް އުފަންވި ޔުޓިލިޓީގެ ދަރިއެއް ތީ ތިޔަ ފެނަކަޔަކީ ކެއްޗައް އެޅިބިންގަލެއް ދާނީ ހަމަކައްޗައް ކެއްޗާ ހަމަޔައް އެރިއަސް އަދިވެސް ހިންގިދާނޭ ކިޔާފައި ހަވާލްވޭ ބާތަކަރުތާހޭ

  34. ރައީސް ޔާމީން

    ، ނުވަންޏާ އިސްތިއުފާ ދީފަ ބަލަން ތިބެބަލަ. ކޮންމެހެން މީހުންގެ ބޮލުގަ ނާޅުވާ. ތިމާ މެންގެ ފެންވަރެއް ނެތޭ. އަދިވެސް ވެރިކަމަށް 100 ދުވަސް ނުވެޔޯ... ކުރައްވާށީ

    14
  35. އަލީޒު

    ކަރަންޓު ކެނޑޭ މައްސަލައިގެ ޒިންމާ މިވަގުތު އިންޖީނުގެ ހިންގަންތިބި މީހުން ނަގާކައް ނުޖެހޭދޯ..ޒިންމާ ނަގަން މިޖެހެނީ މިދިޔަ އަހަރު ނޮވެމްބަރު އެގާރާގެ ކުރީގަ އިންޖީނުގޭ ހިންގަން ތިބި މީހުންދޯ..ދެން މިދައުރު ނިމުނީމަ ކަރަންޓުކެނޑޭ މައްސަލާގަ ޒިންމާވެސް ނަގަންޖެހޭނީ މީގެ 20 އަހަރުކުރީގަ އިންޖީނުގޭ ހިންގަން ތިބިމީހުންދޯ.؟ ރައްޔިތުން މިއުޅެނީ އިންޖީނުގޭ ޒިންމާއުފުލަންވީ ކޮންބަޔެއްކަން ނޭނގިގެނެއް ނޫނޭ.. ރައްޔިތުން ބޭނުންވަނީ މިވަގުތު އިންޖީނުގެއިން ބަރާބަރައް ކަރަންޓު ފޯރުކޮއްދިނުމޭ..

    14
  36. ބަލޯސާ

    ފެނެކާގަ އޮތްހާ ރިޒޯޒްއަކާއި މީހުންލައިގެން ކަރަންޓު މައްސަލަ ހައްލު ނުކުރެވެންޏާ ގެޔައްގޮސްބަލަ.. ތިކަން ކުރަން އިނގޭބަޔަކައް ހަވާލުކޮއްފަ. ކޮންމެހެން ބޮޑުގޮނޑިއައް އަރާ އަނގަނުހަލާ ތިބެ.. އަހަރެމެން ބޭނުންވަނީ އިންޖީނުގެ ހިންގައިގެން ކަރަންޓުދޭން އިނގޭ ބަޔަކު ތިކުންފުނި ހިންގަންތިނޭށޭ.. ހުސް އަނގަތަަޅާން ތިބޭ ބަޔެއް ނޫނޭ..

    15
  37. އާޒީން

    ނޫން.. ނޫން..ކަރަންޓު ކެނޑޭ މައްސަލަ އެއީ ޕޯޗުގީޒުން އުފުލަން ޖެހޭ ޒިންމާއެއް.. . ބޮލުރޮދިކޮށިފައެއްނުން ތިތިބެނީ..

    15
  38. ހަމަމަގު

    އާނ އެހެންދޯ ވާނި ޗައިނާއިން ގެނެސްފަ ހުރި ފޭކު ޖަނަރޭޓަރުތައް ހުރީ ހުރިހާ ދިމާލެއްގަ.. އެވެސް ބޮޑު ކަޓުގަ.. މިސަރުކާރުން އެގެންދަނީ ޖަނަރޭޓަރުތައް ފޮނުވާ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްކުރަމުން.. 8 މަހަކުން ހުރިހާތަނެއް ހަމައަކަށް ނޭޅުޗޭނެ ދޯ

  39. ހަޤީޤަތް

    ވަކި ޔާމިނުއައީ ވަހިދު ސަރުކާރުގައެއް ނޫން ކަރަންޓު ކެންޑެނީކި ހުރިހާ ސަރުކާރެއްގައި ވެސް މި މައްސަލަ ދިމާވެ އެކަމަކު ވަހީދު ސަރުކާރުގެ އިންތިހާބު ދުވަސްވަރު އަހަރެމެން ރަށުރައްޔެތުން 4 ދުވަސް އުޅުނިން ކަނު އަންދިރީގައި ދެން ނަޝިދު ސަރުކާރުގައި 2 ދުވަސް ކަނު އަންދިރީގައި ހޭދަކުރިން ދެން މީގަ ކޮބާ ޔާމިނު އާ ވަހިދު ސަރުކާރުގެ މައްސަލަ އަކީ މީގަ ނަޝިދު ވެސް ހިމެނެއެއްނުން އެހެންވީމަ ކޮން ދޮގެއް ހަދަކައް ސައީދޫ މަގަމުގެ ޒިންމާ އަދަނުކުރެވެންޏަ ހަމަ މިހާރު މަގަމުން އިސްތިއުފާދީ

    17
  40. ނަސޭހަތް

    ހުރިހާކަމެއް ރަގަޅުކުރުމަށް އަޑަށްބާރުލާ ގޮވަމުންއައިބޭފުޅުން ސަރުކާރުހިންގެވުމާ ޙަވާލުވެ
    ލެއްވިފަހުން ކަމެއްރަގަޅުނުވެ ތަރައްޤީއަށް ކަމެއްނުކުރައްވާ ބައެއްބޭފުޅުން ވަޒީފާއިންވަކި
    ކުރައްވާ ބައެއްއާއިލާތައް ބިކަހާލުގައި ޖައްސަވާމަންޒަރު ފެންނަމުންދާއިރު މިކަންކުރައްވާ
    ބޭފުޅުންބޮލުގައިއެއްވެސްކަމެއް ނާޅުއްވާ އެހެންބޭފުޅުންގެބޮޅުގައި ކަންކަން އަޅުއްވަން އުޅުއްވާތީ
    ހައިރާންވޭ ބުނެވޭނީ ދެކެވެނީ ކަންކަމަށް ތިބޭފުޅުންގާބިލްނޫންނަމަ އިސްތިއުފާދެއްވާށޭ އެހެން
    ބައެއްގެބޮޅުގައިއަޅުއްވަންނޫޅުއްވާށޭ މިހާރު ގިނައަދަދެއްގެ ކޮމެޓީތައްވެސް ހައްދުންނެއްޓިދާފަދަ
    މިންވަރަކަށް ހައްދަވާ ބޭނުންނެތް ޚަރަދުތަކެއް ކުރެއްވުމުގެޒިންމާ އަޅުއްވާނީ ކޮންސަރުކާރެއްގެބޮލުގަތޯ ؟އެހެންސަރުކާރެއްގެ ބޮލަށްނުޖައްސަވާ........

  41. ދެނޯ

    މިއަދު މޫސުން ވަރަށް ސަކަރާތްވެއްޖެ. މިއަދު ވަރަށް ބައިވަރު ކިނބިހިވެސް އެބައެޅޭ. ހުންވެސް އަންނަ ވައްތަރުވޭ އެބަ. މިހުސް ޔާމީނުގެ ކަންކަންހެން ހީވަނީ..

  42. ނުވިއެއްނު ދެން ފައިބާ

    އޯކޭޭ! ސްޓޭ އެލާޓް! ގެޓް އިންދަ ކާރް! ބެކް ޓުދި ސޭފްޒޯން! އައި ނީޑް އަ ގަން!

  43. ރައްޔިތުމީހާ

    ދެން ފަސް އަހަރު ވަންދެން ތިބޭ ހިތާމަ ކުރަން. މިއޮތީ ވާ ވެރިކަމެއް. ކުރިން އެހެން މިހެން ނުކިޔާ ވެރިކަން ކުރާމީހުން ކަންކަން ކޮށްފަހުރިގޮތް ބަލާބަލަ. ހުރިހާދަރަނި އަދާކުރަމުން ބޮޑެތި ބިޔ މަޝްރޫޢުތައް ނިންމިތަން ފެނިގެން ދިޔަ މީގެ ދުވަސްކޮޅެއްކުރިން.