އޭޝިއަން އެކަޑަމީ އޮފް އެރެނޮޓިކްސް(އޭއޭއޭ) އިން އައްޑޫ ސިޓީ ގަމުގައި ހިންގަމުންދާ ފްލައިންގ ސްކޫލް ބަންދުކޮށް އެ ސްކޫލް ނ. މާފަރަށް ބަދަލު ކުރަން ނިންމައިފިއެވެ.

އޭއޭއޭގެ ސީއީއޯ ސޫރަންޖަން ޑިސިލްވާ "ޢައްޑޫ އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގަމުގައި ފްލައިން ސްކޫލްގެ އެގްރިމެންޓް މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ. އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގައި އެ ސްކޫލް ހިންގުމަށް، އެ ސްކޫލްގެ އެއްބަސްވުން އާކޮށްދޭން ކިޔަނީ މާ ބޮޑު ކުއްޔެއް ކަމަަށެވެ.

އެގޮތުން އަކަ ފޫޓަކަށް މަަހަކަށް 12 ރުފިޔާ ދައްކަން ޖެހޭ ގޮތަށް ހެދުމުން އެކުލި ބޮޑުކަމަށް ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ އެކަމުގެ މަޝްވަރާތައް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ އެ ފްލައިން ސްކޫލް ދެން ބަދަލުވާނީ މާފަރު އެއާޕޯޓަށްކަމަށް ސީއީއޯ ސޫރަންޖަން ވިދާޅުވިކަމަށް އެ ނޫހުގައި ވެއެވެ.

މާފަރަކީ މިހާރު އިންޓާނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓެކެވެ.

އޭނާ ވިދާޅުވީ ފްލައިން ސްކޫލު ހިންގުމުގެ އެއްބަސްވުން އާ ނުކުރި ހަމަ އެކަނި ސަބަބަކީ ބިމު ކުލީގެ ގޮތުގައި ނަގަން އޭއައިއޭއިން ހުށަހެޅި އަގު ބޮޑުވުން ކަމަށެވެ.

ފްލައިން ސްކޫލުގައި ރާއްޖެއާ ރާއްޖެއިން ބޭރުން ގިނަ އަދަދެއްގެ ދަރިވަރުން މިހާރުވެސް ދަނީ ކިޔަވަމުންނެވެ. ބައެއް ކުދިން އެތަނުން ކިޔަވާތާ އަހަރުތަކެއް ވީ ނަމަވެސް ނުނިމޭ މައްސަލަވެސް ވަނީ ބޮޑުވެފައެވެ.

ފްލައިން ސްކޫލް ބަންދުކުރަން ނިންމިއިރު. އެ ސްކޫލުގެ ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން މަޑުޖެހިފައިވާތީ އެކަން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ރާއްޖެއިން ބޭރުގައި އެ ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ސުއްބޫ

    މާފަރަށް ބަދަލުކުރުމަށްވުރެ މާމިގިއްޔަށް ތިވެސް ބަދަލުކުރިއްޔާ ރަނގަޅުވާނީ

    10
    17
  2. ޢަބްދުއްލަޠީފު

    ފްލައިން ސްކޫލްގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ލިބެމުންދިޔަ ކުޑަކުޑަ ނަފާކޮޅުވެސް އެ ދުއްވާލީއެވެ. މިކަހަލަ ޖަނަވާރު ކަންތައް ކުރާނެކަން ކުރީންވެސް ޔަގީންވާތީ މަށެއްވާ މިސަރުކާރު ގެންނަން ވޯޓެއް ނުދެމެވެ. އަދި ބުނެލަމެވެ. އައްޑޫ ސިޓީ ގަމުގެ ފަޅު ބިންތަކުގަ ވިނަހެދިފަ އޮންނަތަނަށްވެސް ފްލައިން ސްކޫލުން އަގުނަގަންވެގެން 12 ރުފިޔާ އަކަފޫޓަކަށް ހެދީހެއްޔެވެ. އެންމެ ވައިގެބަނދަރެއް ހިންގަން ބަޔަކަށް ބިޔަ ބޮޑު ގަން އެއްކޮށް ދީފަ އޮންނަ އޮތުމަކީވެސް ހާދަ ހަމަނުޖެހޭ ކަމެކެވެ. މިހެންގޮސް ލިޔާނެ ބައިވަރު ގިނަކަމުން ކުރުކޮށްލަމެވެ. އެމްޑީޕީ ވެރިކަމަށް ގެންނަން މަރުފަލި ޖެހި ގަމާރުންނަށް އައްސަރިބަހާ ސާބަހެވެ. މިކޮމެންޓް ޖަހާލަ ދޭނަންދޯ؟

    53
    5
  3. އިންސާނާ

    ކޮނާ އައްޑޫ މެންނޭ ބޮޑުކުލިއެއް ހުށަހެޅީވެސް އައްޑޫގަ ތިޔަކަންތައް ނުހިންގަން ދެން ލަލަލާ

    27
  4. އިކްރާމް އަބުދުއްސައްތާރު

    އައްޑޫއަށް ކަމެއް ކޮށް ނުދިން ތާނުގައި..މިހާރު މިފެށީ ކުރީން އެތަނުގައި ހުރި އެއްޗެއް ނުވަތަ ކަމެއް ވިޔަސް އެހެން ތަނަކަށް ބަދަލުކުރަން..

    މިވަރުން ވެސް އައްޑޫ މީހުންނަށް ނުވިސްނޭ ބާ..؟

    36
    2
  5. ލީމަން

    އައްޑުވަށް މިސަރުކާރުން މިދެނީ ދެރެއަކަށް ފަހު ދެރައެއް...

    އެކަމަކު އެމްޑީޕީ އަށް އެންމެ ގިނަވޯޓު ދިނީ އައްޑޫ މީހުން

    38
    3
  6. ރަޝީދު

    މީ ބޮޑުވަރެއް... އައްޑޫމީހުން ގުރުބާންވެ މިސަރުކާރު ގެނައިމަ..

    މިނިސްޓަރު ކަމެއް.. ތަނެއް ގެ މަތީ ފަންތީ ގެ މަޤާމެއް.. ނުވިތާކަށް އަތޮޅަށް ވެސް އެއްވެސް ކަމެއް ކޮންނުދިންތާ..

    މިހާރު ހުރި އެތިކޮޅުވެސް ޖަހައިގަންނަނީ...

    އަދިވެސް ހޭއަރާކަށް ނުވާ ބާ...؟؟؟؟ އައްޑޫގެ ރައިޔަތުންނޭ...!!

    31
    2
  7. ބޭބީ އައްޑޫ ޑޫ ޑު ޑޫ

    ޖަޒީރާ ސަރުކާރުގަ އައްޑުއަތޮޅަށް ހާދަ ތަރައްގީއެކޭ މިއޮއް ފައިބަނީ. ސާބަހޭ އައްޑޫ ރައްޔިތުންނޭ! އަދިވެސް ވޯޓު ދީފަ ބަހައްޓާ! ދެން ގޭގަ ތިބެގެން ކޮޑުހުޅުން އަތް ނެއްޓެންދެން ޖަޒީރާވެފަ އަގައިން ސޮނި ފޭބި އަތްޖަހަ ޖަހާ ތިބޭ! ލޮލް.

    44
    1
  8. ލާރި ފެލާ

    ޢައްޑޫ މީހުން ކުދިން ފެލަނީ.
    6000 ރުފިޔާއަށް ކުލި. ސްކޫލްގެ ހާލުއެހާ ދައް. މިއައްވުރެ ރަނގަޅު އެހެން ތަނަކަށް ދިއުންވެސް. މީ ބޮޑު އަޒާބެއް.

    12
    3
    • މުހައްމަދު

      ސާބަހޭ ކުޅިގަދަ އިނގޭ މުޅިދެކުނުގެ ޗާޓް ކުރަހާ ގެރިމޯދީގެ އެޖެންޓުން ނިންމީ ދެންއުތުރަށް ފާކުރަނީ މުޅިގައުމު ސުންނާފަތި ކުރަމުންމިދަނީ މަކަރުވެރި ރޭވުނަކުން އެވެސް އަމިއްލަޖީބައް ވަންނަ މަދުޑޮލަރު ކޮޅެއްގެ ދަހިވެތިކަމުގަ ދެންވެސް ބުނަންވީ ވަގުންގެ ސަރުކާރުވަރެއް ނެތޭތޯ ނޫނީ އަތްޖަހަން ތިބެންވީތޯ މިކުރާހާކަމަކީ ދޮގުވާހަކަތައް ފަތުރައި ރައްޔިތުން ވަލުވައްދައި ގެން ތިބެ ވައްކަންކުރުމާ ބޭރުގެ ބަޔަކަށް ރާއްޖެ ވިއްކުން ބަރާބަރު ( ވިސްނުމެއްނެތި ކޮށްފިކަމަކުން އެންމެފަހަރަކު ދޭހުގާ" ގިސްލަމުން ހިތިކަރުނަ އޮއްސަން ޖެހިދެޔޭ އުމުރަށް މުޅިން ) ހެހެހޭ

      7
      1
  9. އައްޑޫ

    އައްޑޫ ރައްޔަތުން އޯކޭ ތޯ ދިވެހި އެތައްބައެއް ދަރަނި ވެގެން ދަރިންނަށް ކިޔަވަދޭން ނަގާ ލޯނު ކާލަން. އައްޑޫ ތަރައްޤީ އަށް މި ވީ 10 އަހަރުގެ ތެރޭގައި ތިޔަ ސްކޫލުން ކޮށްދިން ކަމެއްކޮބާ. ތި ކޮމެންޓް ކުރަނީ އައްޑޫ ބޭކަލުންނެއްނޫންކަން އިނގޭ، އެއީ ސުރަންޖަން ބުނެގެން އޭނަ ގެންގުޅޭ ކަންނަ ކިޔާ ތިޔަ ސްކޫލުން ފާސްނުވެގެން 4 އަހަރު ވެފަ ހުރި މީހަކު. ދިވެހި ފަސްގަނޑުން އަވަހަށް ތި ސުރަންޖަން ބޭރު ކުރޭ

    2
    7
  10. ކާއްޓޭ

    ނާޝީދު ޕޯޑިއަމަކަށް އަރާ ޖަމަލު ފޮޑިއެއް ފަޅާލަނިކޮށް އައްޑޫ މީހުން ހިންހަމަޖެހިދާނެ! އުޑެއް ބުޑެއް ނޭގުނަސް ނަޝީދުގެ ކޮމާންޑަށް ވ. ރަނގަޅަށް ފޮލޯކުރަން ދަންނަ ބައެއް އައްޑޫ ބޭފުޅުންނަކީ. އައްޑޫ މީހުން ޔާމީންގެ ސަރުކާރު ގޯހޭ ކިޔައިގެން ތެޅި ބޭލުނުއިރު ހީވީ ދުނިޔެ ގިޔާމަތްވެގެން އުޅުނުހެން. ހީވީ އައްޑޫ ބޭފުޅުންނަށް ބަހައްޓާފަހުރި ބޮޑިވަރުމަތީގަ ޔާމީން ދެފައި އަޅައިގެން އުޅުނުހެން. ނަޝީދުގެ ސަރުކާރު ހޮވައިގެން ނޫނީ ކަމެއް ވާނެކަމަކަށްވެސް ނުހެދުނު. ދެން ތިބޭ ޖަޒީރާއޭ ފަޅޮލޭ ބަންޖޭ ކިޔަ ކިޔާ!

    17
    1
  11. ޟޜ

    ޓްރޭނިނގް ސްކޫލް އެކޮމަޑޭސަން ބްލޮކަކީ ވަރައް ބޮޑުތަނެއް ހުސްބިންވެސް އެހާބޮޑު މިތަންހޯދުމައް އިންޑިޔާވަނީ ފައިނަގާފަ މީވަރައް ވާހަކަ

    16
    1
  12. ބެލެނިވެރިޔެއް

    މިހާރު ތި ފްލައިން ސްކޫލް ހިންގާ ފަރާތަކީ ދިވެހި ދަރިވަރުންނަށް ވަރަށް އިހާނެތި ގޮތަކަށް ކަންތައްކުރާ ބައެއް. އެމީހުންނަށް ދިވެހިރާއްޖެއިން ޖާގަދިނުމަށްވުރެ އެހެން ބަޔަކު ހޯދުމުން މިއަދު ގައުމަށް ފައިދާކުރާނެ.

    4
    3
    • އައްޑޫއަމާ

      ދަރިން އަތުން ލޯނުފައިސާ ކާ ވާހަކަ ކިޔާއިރު ހަމަ އެކަން ކުރަން ނ އަތޮޅަށް ބަދަލު ކުރަންޏާ ތިކިޔާ އެއްޗަކާ ސުރަންޖަނަކާ އެއްވެސް ގުޅުމެއް ނެތް. ސީދާ އައްޑުއަށް ގެއްލުން ތިކުރަނީ

      4
      1
  13. ވގ

    ވބަރާބަރު

    4
    1
  14. މަރީ

    ވަރަށް އުފާވެއްޖެ. މަށަކީ ނ. އަތޮޅުގެ ދަރުއެއް. މި ސަރުކާރަށް ނ. އަތޮޅު އެބަފެނިވަޑައިގަބްނަވާ. އެހެންވެ މަ ވޯޓުދިނީވެސް.

    3
    3
  15. ުޔުމަ

    އައްޑޫ ނޫން ތަނެއް ތަރައްގީ ކޮއްގެން ނުވާނެތަ