މާލޭގައި ކާރަކަށް ގެއްލުންދީ އެ ކާރުގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ.

ބަންގުލަދޭޝްގެ ހައިކޮމިޝަންގެ ކައިރީގައި ޕާކްކޮށްފައި އޮތް ކާރަކަށް ގެއްލުން ދިީ އެ ކާރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާއިރު، މިކަން ކުރި ފަރާތްތައް އަދި ހޯދިފައެއް ނުވެއެވެ.

އެ ސަރަހައްދުގައި މިރޭ ފުލުހުންވެސް ވަނީ ހަރަކާތްތެރިވެފައެވެ.

މާލޭގައި މިރޭ ގެއްލުންދިން ކާރު - ވަގުތު އިމޭޖްސް

މިރޭ 18:40 ހާއިރު އެ ކާރުގެ ބިއްލޫރިގަނޑު ތަޅާލުމާއި ގުޅިގެން ފުލުހުން އެ މައްސަަލަ ބަލަމުން ދާކަަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ، އެ ހާދިސާގައި ތަޅައިގެން ގޮސްފައި ވަނީ އެ ކާރުގެ ފަހަތު ބިއްލޫރިގަނޑު ކަމަށެވެ.

ގެއްލުންދީފައި ވަނީ ކޮން ބައެއްގެ ކާރަކަށް ކަން ޔަގީނެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަންކަރު މިއާ

    އެމްބަސީ ކާރެއްކަމައް ހީކޮއް ބޮންދަކު ރުޅިއައިސްގެން ގެއްލުން ދިނީކަމައްވާނީ.. ބަންގާޅީންގެ އުދަގޫ ވަރައް ބޮޑުވެއްޖެ.

    10
    4
  2. އަޙްމަދު

    ތިމީޙޫނގެ ކަމަކައވާނީ