އަންނަ އަހަރުން ފެށިގެން އިންޓަ ސްކޫލް އަންހެން ފުޓުބޯޅަ މުބާރާތް ބޭއްވުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވައިއެފްއޭއެމްގެ އެސިސްޓެންޓް ޓެކްނިކަލް ޑައިރެކްޓަރު އިހުސާން އަބްދުލްޣަނީ (ސާންތި) ވިދާޅުވީ، އަންނަ އަހަރު އިންޓަ ސްކޫލް އަންހެން ފުޓުބޯޅަ މުބާރާތް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އަންހެނުންގެ ފުޓްބޯޅަ ކުރި އެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމުގައިވެސް ސާންތި ވިދާޅުވިއެވެ.

"އޭއެފްސީ ވުމަންސް ފުޓްބޯލް ޑޭ" ފާހަގަ ކުރުމަށް އިއްޔެ ވަނީ ހާއްސަ ހަރަކާތްތަކެއްވެސް ބާއްވާފައެވެ.

އިއްޔެ ހެންވޭރު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ރާއްޖޭގެ ޖޫނިއާ އަދި ސީނިއާ އަންހެން ފުޓުބޯޅަ ޓީމުތަކުގެ ކުޅުންތެރިންނާއި އަލަށް ފުޓްބޯޅަ ކުޅެން ބޭނުން އެތަލެއް ކަނބަލުންނެއް ވަނީ ބައިވެރިވެފައެވެ.

އެފްއޭއެމް އިން އިންޓަރ ސްކޫލު އަންހެނުންގެ ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމާފައިވާއިރު މިހާރުވެސް އެފްއޭއެމްއިން އިންޓަ ސްކޫލް ފިރިހެން މުބާރާތުގެ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ މުބާރާތް ކުރިއަށް ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު

    ތި އަށްވުރެ ރަނގަޅު ކަމެއް ނުފެނުނީތަ އަހަރެމެންގެ އަންހެން ދަރިންނަށް. އަޅެ ﷲ އަށް ބިރުވެތިވެބަލަ! މާދަމާ ކުރިމަތިވާނެ ސުވާލަށް ޖަވާބެއް ހޯދާ!