ފެނަކަ ކޯޕަރޭޝަނުން މިރޭ ނޫސްބަޔާނެއް ނެރުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބޮލުގައި ތެއް ގޯނި އެޅުމަށް ކަމަށާއި މިއީ ފެނަކައިގެ އެމްޑީ އަހްމަދު ސައީދު އަނެއްކާވެސް ޖައްސަވާ މީޑިއާ ސްޓަންޓެއް ކަމަށް އެކުންފުނީގެ އެމްޑީ ކަން ކުރިން ކުރެއްވި މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ފެނަކަ އިން މިރޭ ނެރުނު ނޫސްބަޔާނަށް އިޝާރާތްކުރައްވާ ނިމާލް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެބަޔާނަކީ ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހައްދަވާނަމަ ޖިނާޢީ ދައުވާ ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވުމުން ނަޝީދުގެ ބޮލުގައި ތެއް ގޯނި އެޅުވުމަށް ސައީދު ނެރުއްވި ބަޔާނެއް ކަމަށެވެ.

ސައީދު އޯކިޑް މާޓުކުރި ކައިރީ އިންނަވައިގެން އިންޓަވިއުއެއް ދެއްވި މަންޒަރު ފެންނަ ފޮޓޯއަކާއި އެކު ނިމާލް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ "އޯކިޑް މާތަކެއް ކައިރީ ބަހައްޓައިގެން އިންޓަވިއު ދެއްވި ނަމަވެސް އެމާތަކުގެ ޒީނަތްތެރިކަން ވެސް ފެންނާނީ މަނިކުފާނު ނަޒާހަތްތެރިވި މިންވަރަކުން" ކަމަށެވެ.

ހަފްތާއެއް ފަހުން ނެރުއްވި ބަޔާނުގައި ވެސް 25 ރުފިޔާ އާއި 28 ރުފިޔާ އަށް ފެނަކަ އަށް ޑީސަލް ލީޓަރެއް ގަނެފައި އެބަހުއްޓޭ ވިދާޅުވެ ހެއްދެވި ބޮޑު ދޮގަށް އިޝާރަތް ނުކޮށް މިއަދު ތިޔަ ނެރުއްވި ނޫސްބަޔާނަކީ "ރަމަން ރަމަން ފޯއްޔެއް ކަހަލަ ނޫސްބަޔާނެއް" ކަމަށް ނިމާލް ވިދާޅުވިއެވެ.

"އެނޫސްބަޔާނުގައި އޮތް އެއްޗެއް ހުދު މަނިކުފާނަށް އެނގިވަޑައިގަންނަވާތޯއެވެ. ތިޔަ ނޫސްބަޔާން ލިޔުނީ ކޮން ބޭފުޅެއްގެ އެހީތެރިކަން ހޯއްދަވައިގެން ކަން ވެސް އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑު ކައިރިއަށް ވަޑައިގެންނެވި ނަމަ ތަންކޮޅެއް ބޮޑަށް ފަހުމްވާ ގޮތައް ނޫސް ބަޔާނެއް ތައްޔާރުކޮށް ދިނީމުހެވެ." ނިމާލް ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ 2008 – 2012 އަށް ހިންގަމުން ދިޔަ ޔުޓިލިޓީ ކުންފުނިތަކުގެ "ހައިބަތާއި މޮޅުކަން" ނޫސްބަޔާނުގައި ކިތަންމެ ރަނގަޅަކަށް ވެސް ވިދާޅުވެ ދެއްވާފައިވާ ކަމަށެވެ.

"އެ މޮޅުކަމާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކަމުން އަތޮޅުތެރޭގެ ރައްޔިތުން ތިބީ 24 ގަޑިއިރު ކަރަންޓް ނެތް ކަމުގެ ޔަގީން ކަމުގައެވެ. ދިވެހި ރައްޔިތުން އެ ތަޖުރިބާ ހަނދުމަފުޅު ނެތޭހާ ދުވަހެއް އަދި ނުވެއެވެ. ޔުޓިލިޓީ ކުންފުނިތަކުގެ ހައިބަތާއި މޮޅުކަމުގެ ވާހަކަ ވިދާޅުވުމުން ދިވެހި ރައްޔިތުން މަނިކުފާނަށް ކުރައްވާނީ މަލާމާތެވެ. ދެން ވެސް އެވާހަކަ ވިދާޅުނުވުމަށް ނަސޭހަތްތެރިވަމެވެ. މަނިކުފާނަކީ ޖޯކަރޭ ބުނާކަށް އަޅުގަނޑު ނެތީމެވެ." ނިމާލް ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ ރައީސް ޔާމީންގެ 24 ގަޑިއިރު ކަރަންޓް ޚިދުމަތް ދެވިގެން ދިޔަތަން ނުފެނުމަކީ ސައީދު "އައި ކެއާ އަށް ގެންގޮސް ސީ ދަ ވޯލްޑް ބެޓާ މާކެޓިން ޓެގް ލައިން ކަރުފުޅުގައި އަޅުވާފައި ބަހައްޓަން ޖެހޭ ކަމެއް ކަމުގައި ދަންނަވަމެވެ."

ނިމާލް ވިދާޅުވީ ޒީރޯ ޓޮލެރަންސް ކޮރަޕްޝަންގެ ސަގާފަތުގެ ތެރެއިން ވަޑައިގެންނެވި "ޓޮލަރޭޓެޑް ޓް ކޮރަޕްޝަން އެމްޑީ ސައީދު" ޔުޓިލިޓީ ކުންފުނިތަކުގެ މޮޅު ވާހަކަދެއްކެވި ނަމަވެސް ރައްޔިތުންގެ ތަޖުރިބާ އަދި ހަނދާން ނެތިގެން ނުދާ ކަމަށެވެ.

"ޔުޓިލިޓީ ކުންފުނިތަކުގެ މޮޅު ވާހަކަ ދެއްކުމުން ރައީސް ނަޝީދު އުފާފުޅު ކުރައްވާނެ ކަމަށް މަނިކުފާނަށް ހީފުޅުވަންޏާ ކުރިއަށް ވަޑައިގަންނަވާށެވެ. ރައްޔިތުންނަށް ހިދުމަތް ނުދެވޭނަމަ ދެއަތައި ދެފައިގައި ގިގުނި ފަތި އަޅުވައިގެން މުޖުރާ ޑާންސް ކުރައްވަން ވަޑައިގަންނަވާށެވެ." ނިމާލް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ މެންބަރުން ކަމަށްވާ ރިޔާޒް ރަޝީދާއި އަބްދުލްރަހީމްގެ ކުންފުނިތަކުން ބޮޑު އަގުގައި ފެނަކަ އަށް ތެޔޮ ގަތް ކަމަށް ސައީދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވުމުން ނިމާލް ވަނީ އެކަމުގެ ހެކި ދެއްކެވުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ. ނަމަވެސް ނިމާލްގެ ގޮވާލުންތަކަށް ހަފްތާއެއް ވާން ކައިރިވެފައި ވަނިކޮށް ފެނަކަ އިން މިރޭ ނެރުނު ބަޔާނުގައި ވެސް އެކަމުގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަސަންކޮއި

    ނިމާލުތަކުރާރުކޮށްކުރެއްވިސުއާލައްޖަވާބު
    ނުދެވުނުކަމީ ސައީދުގެނާގާބިލުކަމުގެއަލި
    ގަދަހެއްކެއް

    57
    1
  2. ހަސަންކޮއި

    ނިމާލުތަކުރާރުކޮށްކުރެއްވިސުއާލައްޖަވާބު
    ނުދެއްވުނުކަމީ ސައީދުގެނާގާބިލުކަމުގެ
    އަލިދަހެއްކެއް

    40
    3
  3. ރަޒީނާ

    މަރުމޯލަކު ވެރިޔަކައް ލައިގެން ފެނަކަހާބިޔަ ކުންފުންޏެއް ނުހިންގޭނެ.. ޔޫޓިލިޓީ ކުންފުނިތައް ފޭލިވެގެން ގޮސްފައިވަނީ އަހަރެމެންގެ ދެލޯ ކުރިމަތީގައި. އެފޭލިޔާރތައްވަނީ ވަރައް ތަފްސީލުކޮއް ރާއްޖެއައް ވަޑައިގަތް ބޭރުގެ އެހީދޭ ޖަމާއަތްތަކުގެ ލޮންސަލްޓަންޓުން ދިރާސާކުރައްވައި އެކަމުގެ ތަފްސީލީ ރިޕޯޓުތައް ޝައިއުކޮއްފައެވެ. ޔޫޓިލިޓީ ކުންފުނިތައް ވަކި ވަކީން ހިންގީމަ އެތަކެއް އިކޮނޮމީސް އޮފް ސުކޭލްއެއްގެއްލި އެފިޝަންޓު ރިސޯސްޝެއަރިން އޮޕަރޭޝަނެއް ހިންގުމައް މުޅީން މަގުބަްދުވެއެވެ. އަދި ލާރޖް ސުކޭލް ކެޕިޓަލް ޑެވެލޮޕްމަންޓައް ބޭނުންވާ ފައިނޭންސން ރެއިޒްކުރުމައް ހުރަހަކައްވެއެވެ.

    2
    1
  4. Anonymous

    ސައީދު ހެދީ ރޯބުހުތާނު ދޮގު. ފެނަކައަކަށް މި ފާއިތުވި 7 އަހަރުވެސް ތިޔަ އަގުގައި ތެޔޮ ގަނެފައެއް ނުވާނެ. އެކަން އޯޑިޓް ރިޕޯޓްތަކުން އެނގޭނެ. ޢޭސީސީގެ ރިޕޯޓްތަކުންވެސް އެނގޭނެ. ސައީދު ކަލޭ ތިޔަހުރީ ބޮޑުތަނުން ފަޟީހަތްވެފަ. އަވަހަށް އިސްތިޢުފާދީ އިތުރަށް އޮރިޔާން ނުވަނީސް.

  5. ދޮންބުޅާ

    ނިމާލުވެސް ހިންގާފަހުރި ޖަރީމާތަކުގެ ވާހަކަ ދައްކާލީމަ އެނގޭނީ ފެނަކައިގަ ހުރެގެން ބޮޑެތި ޖަރީމާތައްހިންގި މީ ހަޤީޤަތަކީ ފެނަކަިން ތ.ކަނޑޫދޫގަ އެޅި އިންޖީނުގެ އަޅަން ހަވާލުކުރީ ހުށަހެޅި އެންމެ ބޮޑު އަގު ހުށަހެޅި ފަރާތަށް އެފަރާތަކީ ނިމާލުގެ ސްޓެލްކޯގެ ބައިވެރިއެއް ލައްކަ އަކަށްވުރެ ބޮޑު ތަފާތު އަގެއްގަ މަސައްކަތް ހަވާލުކޮށް ގެންޖީނުގޭ ޢިމާރާޓްކުރީ ޢިމާރާތުގެ ތަޅުން އެޅުމުގެ ކުރިން ސާފު ދޮންވެލި އެޅުމަށް ކަނޑައަޅާ ފައި ވީނަމަވެސް އެތަނަށް އަޅާފައިވަނީ ގިނަ ޢަދަދަކަށް ކުނިބުނިހިމެނޭ ކަޅުވެލި އަނެއްކާ އަގަށްވުރެ އިތުރަށް ގިނަ ޢަދަދެއްގެ ފައިސާ މަސައްކަތްކުރިފަރާތަށް ދިންކަމަށްވޭ މިމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ބަޔަކު ހުށަހެޅި ނަމަވެސް ޔާމީނުގެ ވެރިކަމުގަ މި މައްސަލަ ވީ ހުދުކާފޫރަށް މިފަދަ ބޭފުޅަކު މާ ނަޒާހަތްތެރި ބޭފުޅެއްކަމަށް ދެއްކުމަށް އުޅުމުން އިތުރަށްވާނީ ފަލީހަތް މިހާރުވެސް ކުރަނީ ހަމަ މިކަހަލަ ކަންކަން ރާއްޖޭގެ އެކި ކަންކޮޅުތަކުގަވާ ފެނަކައިގެ އިންޖީނުގެތަކަށް އޭރުގެ މަޖިލީހުގެ މެމްބަރުން މެދުވެރިވެގެން ފިއުލް ސަޕްލައިން އެތަނުގެ އުޅަނދު ތަކުގަ ތެޔޮ ސަޕްލައިކޮށްދީގެން އޭގެއިން ވަކިބަޔަކަށް ނަފާ ހޯދަމުންދިޔައީ ހަމަ ނަޒާހަތްތެރިކަން ބޮޑުކަމުންބާ؟ މިސާލަކަށް ށ.އަތޮޅު މެދުރާއްޖެތެރޭގެ ރަށްތައް ދެކުނުގެ ރައްތައް ފިއުލް ސަޕްލައި އަކީ ސަރުކާރުން ތެޔޮ ސަޕްލައިކޮށްދޭ ކުންފުނި އެކުންފުނީގައި މުޅި ރާއްޖެއަށް ތެޔޮ ސަޕްލައިކޮށްދިމުގެ ޤާބިލްކަން އެބަހުރި މެމްބަރަކުން ނުވަތަ މެމްބަރެއްގެ އާއިލާގެ މީހަކުގެ ޖީބަށް ފައިސާ ވަންނަ ގޮތަށް ފެނަކަޔަށް ބޭނުންވާ ތެޔޮ ފިއުލް ސަޕްލައިގެ އުޅަނދުތަކުގަ ސަޕްލައިކުރާކަށް ނުޖެހޭނެ ކޮންމެ މީހަކުވެސް ދައްކަނީ މޮޅުވާހަކަ ކެޔޮކޭވަރު އެނގޭނީ ބިތުފަންގި ނެގީމަ އެމްޑީޕީ ވެރިކަމުގަވެސް މިގަނޑު މިގޮތަށް ގަތީ މުޅިންވެސް ގޮވަނީ ގުދޯ ގުދޯ

  6. ކައްޕިތާން

    25 ރުފިޔާ އާއި 28 ރުފިޔާ އަށް ފެނަކަ އަށް ޑީސަލް ލީޓަރެއް ގަނެފައި އެބަހުއްޓޭ ވިދާޅުވާއިރު ވޯޓަރސަޕުލައިން މިހާރުވެސް ބާޒާރުން /18000 ރުފިޔާއައް ލިބޭ ފުންމޯޓަރ 10ބުރި އިމާރާތައް ފެންފޮނުވަންނަގާ ވިއްކާ އަގު އިނގިލައްވާތޯ /40000ރުފިޔާއައް ބާޒާރުން އަމިއްލަޔައް ގަނެފިއްޔަކާ ބަހައްޓާއެއް ނުދޭ އަނެއްކާ މިފެންމޯޓަރު ހަލާކުވިއަސް އަނެއްކާ އެމްޑަބްލިއެއެސް އިން އަޅުވައިދެނީ /40000 ރުފިޔާއައް އަނެއްކާ ހެއްވާ ކަމަކީ މިމޯޓަރައް ކަރަންޓް ދޭންޖެހެނީ ގޭމީހުން ވެންމަސްވެނނައް ދޭހެން މީކޮންކަހަލަ ޙިދުމަތެއްތޯ

    20
    1
  7. ިއެޗް އާރު އެމް

    ސާބަހޭނިމާލޫ

  8. ފިރުޓޭ

    ބުނަންތަ ވާހަކަ އެއް ނިމާލު! ކައެ އަނގަ ނުތަޅާ ހުރެބަ! ކައެ ތީ ކިހާ ފެންވަރެއްގެ ކާނކުކަން އަހަރުމެންނަށް އެނގޭ! ޔާމީނަށް ކައެ ފެންފޮތި ކާންދީގެން ފެނަކައިން ބޭރު ކުރީ! ވަގުގަ ވަގު ހިފައިގެން! ތެތް ގޯންޏޭ ފަޅޮލޭ ކިޔަން ކައެތީ އެންމެ ރަނގަޅު މީހާ އިނގޭ! ކޭ ވާހަކަ ނުދައްކާ އިނގޭ!

    4
    5