ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރަކު، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި ގުޅިވަޑައިގަތުމަށް ވާހަކަދައްކަވަމުން ގެންދަވާކަމަށް އެޕާޓީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ. ކާނަލް ވިދާޅުވީ އޭގެ ތެރޭގައި އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން ވެސް ހިމެނޭ ކަމަށެވެ.

"ވީޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ޑީއާރުޕީއާއި ގުޅިވަޑައިގަތުމަށް ނިންމެވުމަކީ އެޕާޓީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށާއި ޖާބިރާއެކު މަޖިލީހުގެ ދެ މެންބަރަކު އެޕާޓީއާއި ގުޅިވަޑައިގަންނަވާނެކަމަށް ޖާބިރު ވިދާޅުވެފައިވާކަމަށެވެ.

ނަޝީދު ވިދާޅުވީ މިހާތަނަށް ޑީއާރުޕީއާއި ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަމުގައި މަޝްވަރާކުރެވި މެންބަރުންގެ ތެރޭގައި އެމްޑީޕީގެ މެންބަރުންވެސް ހިމެނޭކަމަށާއި އެ މައުލޫމާތު ހާމަކުރައްވަން ޖެހިވަޑައިގަތުމުން ހާމަކުރައްވާނެކަމަށެވެ.

"ސިޔާސީ ބޭފުޅުން ވަރަށް ގިނަ ވާހަކަތައް ދައްކާނެ. އެހެންނަމަވެސް އަޅުގަނޑު މި ދެންނެވީ ހަތަރު މެންބަރަކު އަޅުގަނޑުމެންނާއި މިހާރުވެސް އެބަ ވާހަކަދައްކަވާ. އެހެންވީމަ އެކަން ހަގީގަތަކަށްވާނެކަމަށް މި ދެކެނީ." ނަޝީދު ވިދާޅުވިއެވެ.

ޑީއާރްޕީ އަކީ މިހާރު މިއޮތް ސިޔާސީ ޕާޓީގެ ނިޒާމްގައި ދެވަނަ އަށް އުފެއްދި ސިޔާސީ ޕާޓީއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެރިކަމުގައި ހުންނަވައިގެން 2005 ވަނަ އަހަރު ޑީއާރްޕީ އުފައްދަވާ އެންމެ މެންބަރުން ގިނަ ޕާޓީއަށް އެޕާޓީ ހެއްދެވިއެވެ. ނަމަވެސް 2011 ވަނަ އަހަރު މައުމޫން ޑީއާރްޕީ ދޫކޮށްލެއްވުމާއި އެކު ޕާޓީގެ މެންބަރުން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

2013 ވަނަ އަހަރުގެ ނޮވެމްބަރ މަހު ނަޝީދު ޕާޓީގެ ހިންގުމާއި ހަވާލުވެ ވަޑައިގެންނެވި ނަމަވެސް ސިޔާސީ ގޮތުން ވަރުގަދަ ޕާޓީއަކަށް އެޕާޓީ ހެދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސިދާތާ ބެޑްސީޓް

    ތީ ދެން ހުސް ފޭކް އެމްޑީޕީ މެމްބަރަކު ނުދާނެ އެއްވެސް ޕާާރޓީއަކަށް ހެ ހެ ހެ

    38
    27
  2. ނަމަ

    ތިޔަ ހަތަރު މެންބަރުން ސަލާމަތުން ތިބޭނެބާ

    33
    8
  3. ވގ

    ދިވެހިރާއްޖޭގެ އެންބޮޑު ސިޔާސީޕާތީ ޑރ ޕ އައް އެންމެރަގަޅުމީހަކީ ލޮލިޖާބިރު ގިނަވަގުތު ހުންނާނީ ހިދުކޮޅު އައިސް

    46
    6
  4. މިއަދު

    މަރްޙަބާ މަރްޙަބާ އުފާވެރި ޚަބަރެއް އުފާވެރިޚަބަރެއް އިދިކޮޅު ކޮންމެޕާޓީއަކަށް މިއަހައރުތެރޭގައި މަދުވެގެން އެމްޑީޕީގެ އެއްމެމްބަރަކު ގެންގޮސްދިނުން އެދެން
    ޖޭޕީއާއި އަދާލަތު ޕާޓީއަކީ ވެސް ހަމައިދިކޮޅު ދެޕާޓީ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ މަރްޙަބާ ނަޝީދު

    37
    10
  5. ލަކީ

    ޙެހެ ކާނަލް ..ހަމަ ހިލޭސާބަހަތް ތޯ ޑީއާރުޕީއާ ގުޅެނީ
    ނޫނީ ކާނަލް ދެކެ ލޯބިވާތީ ތޯ ޑީއާރުޕީ އަށް ސޮއިކުރަނީ

    މިހެން މިދަންނަވާލަން ޖެހުނީ ކޮންމެ ޕާޓީއެއްގަ ހުއްޓަސް
    ހަމަ .މުސާރަ ލިބޭނީ އެއްވަރަކަށް ނޫން ތޯ.. ..ދެން
    ޜައިޔަތުން ވިސްނަންވީ މި ޑީލް މިދަނީ ކިހިނެއްތޯ

    21
    4
  6. ބުއްޅަބޭޭގެ ބަފާ

    ޔަހޫދީކަލޭގެ އެމްޑީޕީ އަށް އިތުރުބައިވެރިޔަކު ހޯދަނީ ދުނިޔެއަށްދައްކާލަން ރާއްޖޭގެ ސިޔާސީ ގިނަމީހުން އެފިކުރަށް ތަބާވާކަން! އެހެންވެ ޑީއާރޕީ ޖަހައިގަންނަން އެއުޅެނީ. މިރާއްޖޭގައިތިބި ހުރިހާ ދޮށީ އުމުރުގެ މީހުން އެމީހުންގެ ބަހަކާއިނުލާ ވަދެވިފަ ތިބީ ޑީއާރޕީ އަށް! އެއީ މިލިޔަން ރުފިޔާގެ ފައިދާގަނޑެއް!

    12
    2
  7. އިދިކޮޅު

    ވ ހިތް ހަމަޖެހޭ އުފާވެރި ޚަބަރެކެވެ މޑޕގެ
    އުނދަގުލުން މިގައުމުގެ ރައްޔިތުންނަށް އަރައި
    ގަނެވޭނެ ގޮތެއްވޭތޯ އެންމެންގުޅިގެން މިކުރާ
    މަސައްކަތް ކާމިޔާބު ވާނެއެވެ އިންސާ ﷲ

    9
    1
  8. ނަހަލަލު ސަރުކާރު

    އެންޑީޕީން ނިހާދު ގޮސްދާނެ. އޭނަ އަކީ ޖާބިރުގެ ޔޮޓްޓުއާރސް އެޗް އާރ މެނޭޖަރ

    5
    2
  9. އ. ޖ. އ

    އަދި ބާކީ ކިހާވަރެއް ؟?

  10. އިހުސާނާ

    ކިހާ ފައިސާ އެއް ޖާނބިރު ދީގެންބާ ތި ބައިގަނޑު ޑީއާރުޕީ ތި ގުޅެނީ! ކާށިދޫ މީހުން ކޯންޗެއް ވެގެންތަ ޖާނބިރު ހޮވީކީ އެއް!

    3
    1
  11. ޙަބީބު

    އަސްލު އެމްޑީޕީމީހަކު ނުދާނެ ފޭކު އެމްޑީޕީ މީހަކު ގޮސްދާނެ މިހެންމިބުނީ 2008 ފެށިގެން އެމްޑީޕީގެ ހަރަކާތައްބަލާފަ

    4
    1