މިދިޔަ ސަރުކާރުގައި ކަސްޓަމްސްގެ މަގާމުގެ ކުރިއެރުން ދެމުން ގެންދެވީ ސިޔާސީ ކުލަވަރު ޖެހިގެން ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި މިހާރު ކަސްޓަމްސްގެ މަގާމުގެ ކުރިއެރުން ލިބޭނީ ސިޔާސީ ކުލަވަރު ނުޖެހި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ހަމައާއި އުސޫލާއި ސިޔާސަތުގެ ތެރެއިން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ ކަސްޓަމްސްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ކަސްޓަމްސްގެ މަގާމުގެ ކުރިއެރުން މިދިޔަ ސަރުކާރުން ދެއްވީ ސިޔާސީ ކުލަވަރު ޖެހިގެން ކަމުގެ ޝަކުވާ ލިބޭ. އަޅުގަނޑު ޔަގީންކަން އަރުވަން މިހާރު ކަސްޓަމްސްގެ މަގާމުގެ ކުރިއެރުން ލިބޭނީ ސިޔާސީ ކުލަވަރު ޖެހުމެއްނެތި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ހަމައާއި އުސޫލުގެ ސިޔާސަތުގެ ތެރެއިންކަން." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރ މާރިޔާ ވަނީ ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ އެއް މުއައްސަސާކަމުގައިވާ ކަސްޓަމްސްއިން ކުރައްވާ މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި ކޮންމެ ދުވަހަކު، ޤައުމަށް އެތެރެކުރާ މުދަލާއި ތަކެއްޗާއި، ޤައުމުން ބޭރުކުރާ މުދަލާއި ތަކެތީގެ ހިސާބުކިތާބު ބަލަހައްޓައި، ދަޢުލަތަށް ނަގަންޖެހޭ ޑިއުޓީ ނެގުމަކީ، ބުރަ މަސައްކަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އަދި ޚާއްޞަކޮށް، މަސްތުވާތަކެތީގެ ވަބާއަކީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވާއިރު، މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމުގައި ކަސްޓަމްސްގެ ވަރަށް ބޮޑު ޒިންމާއެއް އޮންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެ ޒިންމާ އަދާކުރުމުގައި، ކަސްޓަމްސްގެ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކާއެކުގައިވެސް، ކަސްޓަމްސްގެ ރީތި ނަން ދެމެހެއްޓުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅުއްވާ ޒީރޯ ޓޮލެރަންސް ސިޔާސަތު، ފަރުދީގޮތުން ތަންފީޒުކުރެއްވުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.
ކަސްޓަމްސް އިން މިއަދު ފާހަގަ ކުރީ 129 ވަނަ އަހަރީ ދުވަހެވެ.
ކަސްޓަމްސް އޮފިސަރުންނަށް ޕްރޮމޯޝަން ދިނުމަކީ އިބޫގެ ސިޔާސަތާއި ވިސްނުމުގެ ތެރެއިން ކުރާނެ ކަމެއް ކަމުގައިވާނަމަ މިކަމަކީ ސިޔާސީ ކުލަ ނުޖެހޭނެ ނުފޫޒު ނޯންނާނެ ކަމެއްކަމުގައި ބުނުމީ ދެކޮޅު ޖެހޭނެ ވާހަކައެއްނޫން.
ކަސްޓަމްސް އޮފިސަރުންނަށް ޕްރޮމޯޝަން ލިބެން ޖެހޭނީ ކަސްޓަމްސް ޤާނޫނާއި ކަސްޓަމްސް މުވައްޒަފުންނަށް މަޤާމު ކުރިއެރުން ދިނުމާއި ބެހޭ ޤަވާއިދުގައި ވާ ގޮތުގެ މަތިން. އެއީ އިބޫގެ ވިސްނުމާއި ފިކުރުން ދޭންޖެހޭ އެއްޗެއް ނޫން. މިކަހަލަ ގަޅި ޖަނަވާރުން މިޤައުމުގެ މަތީފަޑީގައި ތިބެގެން ކުއްތާއެއްހެން ހޭރުނީމަވެސް ބަޔަކު ތިބޭނެ އަތްޖަހާފަ ނަށަށް. މިޤައުމު ހަލާކުވެގެން މިދަނީ މިކަހަލަ މީހުންނާއި މިމީހުންގެ ޝައިތާނީ ހަޅޭކަށް ހެއްލި އަތްޖަހާ ގަޅި މީހުންނާހެދި.
ޙައްޕް! ކޮންމެކަމެއްވެސް ނިމިދިޔަ ސަރުކާރުން ކުރީޔޭ ކިޔާލަޔާލަ ތިބޭ.
މިފަސްއަހަރު ނިމެންދެން...
ކުރީގައި ޕްރްމޯޝަން ދިނީ ޔާމިނުގެ ސިޔާސަތުގެ ތެރެއިން. މިހާރު މިދެނީ އިބޫގެ ސިޔާސަތުގެ ތެރެއިން. މިކުޅެނީ"ގޭމް އޮފް ތްރޯން" ކަން އެގިއްޖެ
މިހާރުވެސް ހާލަތަކީ ހަމަ އެއް ހާލަތެއް
އިބޫ އާ ކަސްޓަމްސް ޕޮރޮމޯސަނާ ކޮންބެހޭކަމެއް ، ސިޔާސީ ނުވި ނުފޫޒު ބޭނުން ކުރި
ތިޔަ ވިދާޅުވި ވާހަކައިން ސާފުވެއްޖެ ދެން ޕްރޮމޯސަން ލިބޭނީ އެމްޑީޕީގެ ސިޔާސަތު ކުރިއަރުވާ މުވައްޒަފުންނައް އެކަނިކަން
އެންމެ ފަހުން ޕްރޮމޯޝަން ދިނީ ވަހީދު ސަރުކާރުގަ އެއީވެސް އެމްޑީޕީ އިން ނިންމާފަ އޮތް ގޮތަށް ދެން އޭގެ ފަހުން ޕްރޮމޯޝަން އެއް ނުދޭ ، ދޭން ދޭން ކިޔަނީ ވަކި ބަޔަކަށް ނުދެވިގެން ނުދޭން ވެގެން.
އޭ މާރިޔާ އިބޫގެ ސިޔާސަތޭ ތިބުނަނީ އެއީ ގާނޫނަކަށް ކިޔާ ނަމަކީތަ؟އިބޫއަކީ ސިޔާސީމީހެއް ސިޔާސީޕާޓީއަކުން ވެރިކަމަށް ހޮވިމީހެއް އެހެންވީމަ އިބޫ ވަކިބަޔަކަށްދޭ ޕްރޮމޯޝަން ސިޔާސީނުވެ ޔާމީނު ދިން ޕްރޮމޯޝަން ސިޔާސީއޭ ބުނެވެނީ ކޮންގޮތަކަށް. ދެން ނުބުނައްޗޭ ސިފައިންނަ ޕްރޮމޯޝަން ދޭނީ އިބޫގެ ސިޔާސަތުގެތެރެއިންނޭ. ސިފައިންނަ ޕްރޮމޯޝަންދޭނެ ގަވާއިދެ އޮންނާނެ ސިފައިންގޭގަ.. އޭގެން ލިބެންޖެހޭ މީހަކުގެ ވިސްނުން ކޮއްމެގޮތަކަށް ހުއްޓަސް އެމީހެއްގެ ހައްގަށް އަރައިނުގަންނާތި. ތިއީ ގާނޫނު އަސާސީއަށް ފައިން އެރިމީހެއް.. ކަސްޓަމުގެ މުއައްޒިފުންނަވެސް ޕްރޮމޯޝަންދޭނެ ގަވާއިދެއޮންނާ. އެގަވާއިދުގެ ކުރިޔަށް އިބޫގެ ސިޔާސަތެ ނެރެގެން ސިޔާސީކުރަނީ މިސަރުކާރުން...
ތި ދެއްކި ވާހަކައިން ވެސް އެނގިއްޖެ ސިޔާސީ ކުލަ ޖެހުނީ ކޮން ސަރުކާރެއްގެ ކަން މިހާރު ތި އަތަށް ގޮވަނީ ....
ކަސްޓަމްސްގެ ވެރިންގެ ނަމުގައި ބަޔަކު ބޭތިއްބުމުގެ މާނައެއް ނެތް...
މިތިބީ ޤާނޫނުއަސާސީގެ މައްޗަށް ފައިންއެރިމީހުން. މި މީސްމީހުންނަށް ތަބާވުން އެއީ އެހެންމީހުންގެ ހަލާކު!
ކޮންއިރަކުތަކުރީސަރުކާރުންޕްރޮމޯޝަންދިނީ
ތިކިޔަނިހަމައެކަށްޗެށް ކައިގެންނެ ފުރާނި ނުކައެއްނުފުރާނަމެ