1988 ވަނަ އަހަރު ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ.ހާޖަރާގޭ ބާޣީ އަބްދުﷲ ލުތުފީ ހޯދައި ރާއްޖެ ގެނައުމުގެ ކާމިޔާބީ ފާހަގަ ކުރަން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މިރޭ ބާއްވަން އުޅުނު އެއްވުން އަނެއްކާވެސް ފަސްކޮށްފި އެވެ.

އުމަރު މި އެއްވުން ފުރަތަމަ ބާއްވަން މައްސަކަތް ކުރުމުން ކާނިވާ ސަރަހައްދުގައި މަގުމަތީ ބާޒާރު ކުރިއަށްދާތީ އެ ސަރަހައްދު ދެވެން ނެތް ކަމަށް ޕްލޭނިންގް މިނިސްޓްރީން ވަނީ އަންގާފައެވެ.

ނަމަވެސް މިރޭ އެއްވުން ބާއްވަން މިދިޔަ ހަފްތާގައި ޕްލޭނިންގް މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ.

އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މިރެ އެއްވުން ބޭއްވުމަށް މައްސަކަތް ކުރިނަމަވެސް މޫސުން ތަން ނުދިނުމުން މިމަހު 25 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.

ލުތުފީ މިހާރު މާލެ ގެނެސްފައިވާއިރު ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ ލުތުފީ ވަނީ ކަރެކްޝަނަލް ސާވިސް އާއި ހަވާލު ކޮށްފައި ކަމަށާއި އޭނާގެ ޙުކުމުގެ މުއްދަތު މިހާރު ގުނަމުންދާ ކަމަށެވެ.

ލުތުފީގެ 25 އަހަރުގެ ޖަލު ޙުކުމުގެ ތެރެއިން ބާކީ އޮންނާނީ ހަތަރު އަހަރާއި ދުވަސް ކޮޅެކެވެ.

ލުތުފީ އެމްބަސީ އަށް ހާޒިރު ވުމުން ވެސް ސަރުކާރުން ފުރަތަމަ ނިންމާފައި އޮތީ ލަންކާގެ ހާލަތު ހަމަޔަކަށް އެޅުމުން އަނެއްކާ އޭނާ ލަންކާގެ ތެރެއަށް ދޫކޮށްލާށެވެ.

ނަމަވެސް އޭގެ ކުރިން ލުތުފީ އެމްބަސީގައި ހުރިކަން ބޭޒާރުވީއެވެ. ސަރުކާރުން ލުތުފީ ރާއްޖެ ގެނެސްފައި ވަނީ ސަރުކާރަށް އިތުރު ގޮތެއް ނެތި ގޮތް ހުސްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިހުސާނާ

    ދެން ކޮން ތުއިއެއް ތަޅުވާކަށްތަ އުމަރާ ދެން! ޔޫ އާ އަ ގޯން ކޭސް އޭ!

    11
    13
  2. ލަކީ

    ޙެހެ ތިވާނީ މިޜާއްޖޭގައި ބާއްވާ އެންމެ ބޮޑުޖަލްސާ

    9
    2
  3. ކުޑަބަޖަރާ

    ލުތުފީ ބަހައްޓާފައި ހުންނަނީ ކޮން ގޮޅިއެއްގައިތޯވެސް ބަލަން އެބަޖެހޭ. އަންނިއަށް ތައްޔާރުކުރި ގަނޑުވަރުގައިވެސް ބަހައްޓާފާ ހުރެދާނެ. މިސަރުކާރު ވަރަށް ހިޔަޅުވާނެ.

    12
    4
  4. ގައްބަރު

    ޔަޤީނެއްނޫން ބާޢީ ޖަލުގަހުރިކަމެއްވެސް

    8
    1
  5. އިއްބެ

    މީ އަޅެ ރަހާ ތަ؟

  6. އ. ޖ. އ

    އަދިވެސް އެއްފަހަރު ހަނދާން ކޮއްދެމެވެ.. އުމަރުގެ މިނިސްޓަރު ކަމުގައި ލުތުފީ އެއް ގެންނަން ކުރި މަސައްކަތް ނާކާމިޔާބު ވީ އެވެ..ނަމަވެސް މި ސަރުކާރުން ވަނީ ލުތުފީ ރާއްޖެ ގެނެސްފައެވެ.. މިކަމުގައި ޢުމަރު ކޮން ޖަލްސާއެއް ބާއްވަން ތޯއެވެ.

    1
    1