ގދ.ތިނަދޫ ޕޯސްޓު އޮފީސް ފަޅާލާ އެތަނުން ރޭ ވައްކަން ކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ ރޭގެ ވަގުތެއްގައި ތިނަދޫ ޕޯސްޓް އޮފީސް ފަޅާލާ އެތަނުގައި ހުރި ގިނަ އަދަދެއްގެ ޕާރްސަލްތައް ކަނޑައި އެގެން ވައްކަން ކޮށްފައިވާ ކަމަށެވެ. ވަގަށް ނަގާފައި ވަނީ ކިހައި އަދަދެއްގެ ޕާރްސަލެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ޕާރްސަލްތަކުން ވައްކަން ކުރުމުގެ އިތުރުން ޕޯސްޓް އޮފީހުގެ ތިޖޫރީ ފަޅާލަން މަސައްކަތްކޮށްފައިވާ ކަމަށާއި ނަމަވެސް ތިޖޫރީ ފަޅާލެވިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ތިނަދޫ ޕޯސްޓް އޮފީސް ފަޅާލި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފަހަކަށް އައިސް އެކި އޮފީސްތަކުގެ ތިޖޫރިތައް ވަގަށް ނެގުން ވަނީ ވަރަށް އާއްމު ކަމަކަށް ވެފައެވެ. ނަމަވެސް އެއިން ގިނަ ތިޖޫރިތައް ފެނިފައެއް ނުވެއެވެ.

ވައްކަމާއި ފޭރުން އިންތިހާއަށް އިތުރުވެފައި ވީނަމަވެސް އެކަންކަން ހުއްޓުވަން ހާއްސަ މަސައްކަތްތަކެއް ކުރާކަމަކަށް ފުލުހުން ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލަޠީފް

    ވޯޓުން ވައްކަންކޮށްގެން އައި ވަގުސަރުކާރު އައިފަހުން ޤަވްމު ނާމާންވެއްޖެ!

  2. އަން

    ތިޔައީ ތިނަދޫ ޕޯސްޓް އޮފީހަށް ދިމާވެފައިވާ މުސީބަތެއް. އާންމު ކަމެއް

  3. ޙުސޭނު

    ތިޔަކަހަލަ ތަންތަން ކުއްޔަން ހިފާއިރު ބެލިފާހުއްނަވަރު ތިއިން ތިއެގެނީ!ޕާޓި ކުއްޖެއްގެ ތަނެއް ތިއީ!

  4. އ. ޖ. އ

    މަސައްކަތް ކުރިޔަށް ނަވާޒަކަށް ނޭނގޭނެ..