މޮރިޝަސް ސަރުކާރުގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މޮރިޝަސްއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

މިހިނގާ ޖުލައި މަހުގެ 18 އިން 22 އަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މޮރިޝަސްއަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މައުލީމާތު ދެއްވައެވެ.

މީގެއިތުރުން މި މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވައި މޮރިޝަސްގެ ޕޯޓް ލުއީގައި ކުރިޔަށްދާ އައިއޯއައިޖީގެ އެކި ކުޅިވަރުތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

ރައީސް ވަނީ މިހަފްތާގައި މާލޭގައި ވެސް އައިއޯއައިޖީގައި ބައިވެރިވާ ދިވެހި އެތުލީޓުންނާއި ބައްދަލު ކުރައްވާ ހިތްވަރު ދެއްވާފައެވެ.

ރާއްޖެއިން 15 މެޑަލް އަށް އަމާޒު ހިފައިގެން ބައިވެރިވާ މުބާރާތުގެ ބައެއް ކުޅިވަރު އިވެންޓްތައް މިހާރު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބުލޯ

    އެމީހަކަށް ކުރަން އިގޭކަމެއް އެމީހަކަށް ކުރެވޭނީ،

    11
  2. ރުއުޔާ

    ނާށިގަނޑު ހިފައިގެން"ލާރި ލާރި ލާރި" ގޮވަން ދޯ؟

    10
  3. ޖަމީލް

    މީހުން ފައިސާ ކަނީ އެކި ގޮތްގޮތަށް . ކުރީންވެސް ސަރުކާރެއް ހިންގި ބައިތުލްމާލުން ދަތުރތައް އަޅާ ފޫނުދުއްވާ. ރައީސުލް ޖުމްހޫރިއްޔާ ކުރއްވާ ދަތުތަކަށްވިޔަސް މީހަކަ ބޮޑުވަރު. ކުރީގެ ރައީސަށް ނޭގުނީ ދޯ މިގޮތަށް ދަތުރުކުރަންދޯ؟ ލާރިފަހާ މިދަނީ ލާރި ހުސްވާވަރަށް ޚަރަދު ބަރަދު ކޮށްގެން.