ގދ. ހޯނޑެއްދޫގައި މީހެއްގެ ގައިގައި އަލިފާން ރޯކޮށްލައިފިއެވެ.

އެރަށުގެ ކައުންސިލްގެ ނައިބު ރައީސް "ވަގުތު"އަށް މިކަން ހިނގާ ދިޔަކަން ކަށަވަރުކޮށްދެއްވާފައި ވާއިރު، އޭނާ ވިދާޅުވީ އެ ހާދިސާ ހިނގީ މީގެ ދެހަފްތާ ކުރިން، ރޭގަނޑުގެ ވަގުތެއްގައި ކަމަށެވެ.

އެނގިފައިވާގޮތުގައި އެ މީހާގެ ގައިގައި ރޯކޮށްލީ ޕެޓްރޯލު އެޅުމަށްފަހުއެވެ. އަދި އެއަށްފަހު އޭނާގެ ގައިގައި އަލިފާން ރޯކުރުމުން ހަށިގަނޑު ވަރަށް ބޮޑަށް ފިހުނު ކަމަށް ވެސް މަޢުލޫމާތު ލިބިފައި ވެއެވެ.

މި ހާދިސާގައި އަނިޔާވި މީހާ ފަހުން އެރަށު ދޯންޏެއްގައި ގއ. ދާންދޫއަށް ގެންދިޔަ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް ހޯޑެއްދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އަނިޔާވި މީހާގެ ގައިގައި ވަރަށް ބޮޑަށް ފިރިފައި ހުރި ތަންތަން ފެންނާން ހުރި ކަމަށް ދޯނީގެ މީހުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހާއަކީ ހޯނޑެއްދޫ އާއި ދާންދޫއަށް ނިސްބަތްވާ މީހެކެވެ. ހޯނޑެއްދޫއިން "ވަގުތު" އަށް މަޢުލޫމާތު ދިން މީހަކު ބުނިގޮތުގައި، އެމީހާގެ ގައިގައި ރޯކުރީ ދަނޑުވެރިކަން ކުރާ ސަރަޙައްދުން ވައްކަން ކުރަން އުޅުމުންނެވެ. ނަމަވެސް ހޯނޑެއްދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ، އެމީހާގެ ގައިގައި ރޯކުރީ ވައްކަން ކުރި ކަމަށް ބުނިތާ ތިން ދުވަސްވީ ފަހުން ކަމަށާއި، ރޯކުރީ އެ މައްސަލައިގައި ކަމަށް ނުބެލެވޭ ކަމަށެވެ.

މި ހާދިސާއަށްފަހު އޭނާގެ ގައިގައި ރޯކުރި ކަމަށް ބުނެ، ހޯނޑެއްދޫއަށް ނިސްބަތްވާ ތިން މީގެއްގެ ނަންވެސް އޭނާ ބުނާ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ހޯނޑެއްދޫ ކައުންސިލުން އިތުރަށް ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ފުލުހުންނަށް ބޭނުންވާ މަޢުލޫމާތުތައް ދީފައި ވާކަމަށާއި، މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

މި ހާދިސާގައި އަނިޔާވި ފިރިހެންމީހާއަށް ދާންދޫ ސިއްޙީ މަރުކަޒުން ވަނީ ފަރުވާދީފައެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހްސަން

    ހާދަ ރަހުމުކުޑަ ބަޔަކުއުޅޭ ރަށެކޭ. ވައްކަން ކުރީމަ ފުލުހުންނަށް އެންގީމަ ވީނުން

    • އަމަރުސޭނާ

      އަްއްޗީޑި! ރަހުމޭ. ކޮން ރަހުމެއް. ޑިމޮކުރަސީގަ އެއްވެސް ރަހުމެއް ނޮއޮންނާނެ. މިއޮތީ ގައުމަށް ޑިމޮކުރަސީގެ ފޮނިމީރުކަން ލިބިފަނުން.

  2. ޞޮލު

    މޮޔަވޭ1

  3. ސަރީފާ

    ޙެޔޮ ނުވާނެ ވައްކަން ކުރިޔަސް ތިޔަފަދަ ނުަބައި ނުލަފާ ކަންތައް ކުރާކަށް ތިމާ ގައިގަ އެހެންމީހަކު ރޯކޮއްލީމަ އަޅާވޭނާ ލިބޭ ހިތާމަ އެނގޭނީ ޔާﷲ މިފަދަ ނުލަފާ މީހުންގެ ހިތްތަކަށް ރަހްމާ އޯގާވެރިކަން ވައްދަވާނދޭވެ!

  4. މުހައްމަދުސުލައިމާނު

    ސަރުކާރުން ޖަލުތަކުގަކުރަމުންދާ އަނިޔާތަށް އެމީހުން ކޮޕީކޮށްލީހެންހީވަނީ އެކަމަކު އެއީކިހާގޯސްކަމެއް!!

  5. ހޯނޑެއްދޫ މީހާ

    ތިކަން ކުރީ މި ސަރުކާރުގެ އިސް އެކްޓިވިސްޓުން. އަނެއްކަމަކީ ކައުންސިލަރުންގެ އާއިލާ މީހުން. ކައުންސިލުން ތިކަން ރިޕޯޓް ނުކުރީ ކީއްވެ؟ އޭގެ ބަދަލުގައި އޭނަ ރަށުން ބޭލީ.

  6. ޢަލީ

    ރޯކޮއްނުލާ އަތް ބުރިކޮއްލި ނަމަ

  7. މަ މިއު މަ

    ނޯ ކޮމެންޓް