މޫސުން ގޯސްވެ އައްޑޫ އާއި ފުވައްމުލަކު ސިޓީއަށް ރީނދޫ އިންޒާރު ނެރެފިއެވެ.

މޫސުމާއި ބެހޭ ރާއްޖޭގެ ގައުމީ އިދާރާ (މެޓް) އިން މީގެ ކުޑައިރުކޮޅެއް ކުރިން ނެރުނު އިންޒާރުގައި ބުނެފައި ވަނީ މި ސަރަޙައްދަށް ބޯކޮށް ވާރޭ ވެހެމާއެކު ގުގުރާނެ ކަމަށެވެ.

މެޓް އޮފީހުން އިންޒާރު ނެރެފައި ވަނީ މިރޭ 19:40 އާއި ހަމައަށެވެ.

މެޓް އޮފީހުން އެ ސަރަހައްދަށް އިންޒާރު ނެރުނުއިރު، މެދުކެނޑުމެއްނެތި އައްޑޫއަށް ވާރޭވެެހެމުންދާތާ މިހާރު ދޮޅުގަޑިއެއްހާއިރު ވެއްޖެއެެވެ.

އައްޑޫ ސިޓީއަށް ރީނދޫ އިންޒާރު ނެރުނުއިރު، މީގެ ގަޑިއެއްހާ އިރު ކުރިން މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ބުނެ ހުދު އިންޒާެރުވެސް ނެރުނެވެ.

ޔެލޯ އެލަރޓް ނުވަތަ ރީނދޫ އިންޒާރަކީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ކަމާބެހޭ ފަރާތްތަކާއި އާއްމު ރައްޔިތުން ސަމާލުވެ ތިބުމަށްޓަކާ ނެރޭ އިންޒާރެކެވެ. މި އިންޒާރު ނެރޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.