ރާއްޖެއަށް އެބޯލާ އައުމުގެ ފުރުސަތު ކުޑަކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

މިހާރު މި ބަލި ފެތުރެމުން ދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ)ގައެވެ. އަދި މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ޤައުމުތައް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ފާހަގަކުރައްވާފައިވަނީ ޑީ.އާރް.ސީ.ގެ އަވަށްޓެރި ޤައުމުތަކެވެ.

އެހެންވެ އެބޯލާ ރޯގާއަކީ ބައިނަލްއަޤްވާމީ ގޮތުން ކަންބޮޑުވުން އޮތް އާއްމު ސިއްހަތުގެ އިމަރޖެންސީ ('ޕަބްލިކް ހެލްތް އިމަރޖެންސީ އޮފް އިންޓަރނޭޝަނަލް ކޮންސަރން') އެއް ކަމުގައި ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން އިއްޔެ ކަނޑައަޅާފައެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ރާއްޖެއަށް ބަލި އައުމުގެ ފުރުޞަތު އޮތް މިންވަރު ދެނެގަތުމަށް މިހާރު ހެދިފައިވާ ރިސްކް އެސެސްމެންޓަށް ބަލާއިރު، ދރާއްޖެއަށް މިބަލި އައުމުގެ ފުރުސަތު އަދި ކުޑަކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.

އެހެންނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިއީ އިމަރޖެންސީއެއް ކަމަށް ކަނޑައެޅުމާއެކު، މިފަދަ އިމަރޖެންސީއެއް ދިމާވުމުން ކަންކުރާނެގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރެސްޕޮންސް ޕްލޭން އެކްޓިވޭޓް ކުރެވި، މިބަލިން ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން މިހާރު ފަށާފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.

އެގޮތުން ސިއްހީ ދާއިރާގެ ހެލްތް އިމަރޖެންސީ ކޯރޑިނޭޝަން ކޮމިޓީގައި ސިއްހީ ދާއިރާއިން ވާންވީ ތައްޔާރީތަކާބެހޭގޮތުން މަޝްވަރާ ކުރުމާއި، އެކި ދާއިރާތައް ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ އިންޓަރނޭޝަނަލް ހެލްތް ރެގިއުލޭޝަންސް (އައިއެޗްއާރް) ކޮމިޓީ ބައްދަލުކޮށް، ކަމާގުޅޭ ދާއިރާތަކުން ވާންޖެހޭ ތައްޔާރީތަކާއި އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ މައުލޫމާތުތައް ހިއްސާކުރެވުނު ކަމަށް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، ރާއްޖޭގައި މީހަކު މިބައްޔަށް ޝައްކުކުރެވިއްޖެނަމަ އަމަލު ކުރާނެ އުސޫލުތައް މުރާޖައާކޮށް، ކަމާގުޅޭ ފަރާތްތައް އެއުސޫލުތަކަށް އަހުލުވެރި ކުރުމުގެ މަސައްކަތްވެސް ފެށިފައިވާކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އިންޓަރނޭޝަނަލް ހެލްތް ރެގިއުލޭޝަންސްގެ ދަށުން 'ޕަބްލިކް ހެލްތް އިމަރޖެންސީ އޮފް އިންޓަރނޭޝަނަލް ކޮންސަރން' އެއް ކަމަށް ކަނޑައަޅަނީ ގައިންގަޔަށް އަރާ ބައްޔެއް ނުވަތަ އާއްމު ސިއްހަތަށް ހުރި އެހެންވެސް ނުރައްކަލެއް އެއްޤައުމުން އެހެން ޤައުމުތަކަށް ފެތުރިދާނެ ކަމަށް ބެލެވި، ބައިނަލްއަޤްވާމީ ފެންވަރުގައި މިކަމަށް އިޖާބަދިނުމަށް ގުޅިގެން ވިލަރެސްކުރަންޖެހޭ މިންވަރުގެ މަސައްކަތްތަކެއް ބޭނުންވާ ކަމަށް ފާހަގަކުރެވޭނަމައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެފްރިކާނޯ

    އެފްރިކާއަށް ޓްރެވސލްކޮށްފައިވާ މާނައަކީ ފާއިތުވި 1 އަހަރު ގެ މި އެންމެން ޓެސްޓް ކުރޭ. އަދި އެފްރިކާއިން އަންނަ ނުވަތަ އފްރިކާ ބައްރަށް ގޮސްފައި އަންނަ މީހުން އަނބުރާ ސީދާ ފޮނުވާލާ އައި ފްލައިޓުން ކުރިއަށް 1 އަހަރު މިކަން މިގޮތަށް ދަމަނުހައްޓާނަމަ ހަމަ ފުރުސަތު ބޮޑުކަމަށް ވާނީ. ބީ ސީރިއަސް އަބައުޓް އިޓް އަންލައިކް ސަމް ޑަމްބް ނަޓްސް

  2. ޢަދުރޭ

    ބަންގްލަދޭޝް އަށް އެބޯލާ ހަމަ އެރީ ރާއްޖެއަށް އެރީ..