އިނގިރޭސިވިލާތުގެ ވިސާއަށް ރާއްޖޭގައި ހުރެގެން ކުރިމަތިލެވޭނެ ވަގުތީ ސެންޓަރެއް ހުޅުވަން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މި ވަގުތީ ވިސާ ސެންޓަރައަކީ އިނގިރޭސިވިލާތުން އިންތިޒާމް ކުރާ ތަނެއް ކަމަށާއި، މި ސެންޓަރ ހުޅުވާފައި ހުންނާނީ އަންނަ އޮގަަސްޓް މަހުގެ ފަސްވަނަ ދުވަހާއި ހަވަނަ ދުވަހު ފޮރިން މިނިސްޓްރީގައި ކަމަށެވެ.

ފޮރިން މިނިސްޓްރީ ހުންނާނީ މާލޭގެ ބޮޑުތަކުރުފާނު މަގުގައެވެ.

މި ވިސާ ސެންޓަރުގެ ހިދުމަތް ހޯދުމަށް އޮންލައިންކޮަށް އެޕޮއިންޓްމެންޓް ހަދަން ޖެހޭނެ ކަމަށެވެ. އެޕޮއިންޓްމެންޓް ލިބޭނީ މި ވެބްސައިޓުންނެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މި ވިސާ ސެންޓަރު ހުޅުވުމުގެ ބޭނުމަކީ އިނގިރޭސިވިލާތަށް ކިޔަވަން ދާ ކުދިންނަށް ފަސޭހައިން ވިސާ ލިބޭނެ މަގު ތަނަވަސްކުރުން ކަމަށެވެ.