ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު ޗައިނާ ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާ ކުރި ވެހިކަލްތަކުގައި ޖަހާފައިވާ ނިޝާންތައް ފޮހެލުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ފުލުހުންގެ މައްޗަށް މިއަދު ކުރެވިފައި ވަނިކޮށް ފުލުހުން އެތުހުމަތުތަކުން ދިފާޢު ވެއްޖެއެވެ.

ފުލުހުންނަށް ޗައިނާ ސަރުކާރުން ހަދިޔާ ކޮށްފައިވާ ވެހިކަލްތަކުގައި ޖަހާފައި ހުންނަ "ޗައިނާ އެއިޑް" ނިޝާން ފޮހެލަން ފުލުހުން މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަ ފޮޓޯތަކެއް މިއަދު ހެނދުނުން ފެށިގެން މީސް މީޑިއާގައި ދަނީ ދައުރު ވަމުންނެވެ.

ދައުރުވަމުންދާ ފޮޓޯތަކާއި ގުޅިގެން ފުލުހުން މިރޭ ވިދާޅުވީ ދައުރުވަމުންދާ ފޮޓޯއަކީ ވެހިކަލްގައި ޖަހާފައިވާ ޗައިނާ އެއިޑް ނިޝާން ވެހިކަލްގެ އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ނަގާފައިވާ ފޮޓޯއެއް ކަމަށެވެ. އެ ނިޝާން އެހެން ތަނަކަށް ބަދަލުކޮށްފައިވަނީ ފުލުހުންގެ ނަމާ ދިމާގައި ނިޝާން އިނުމުން ކަމަށްވެސް ފުލުހުން ވިދާޅުވުއެވެ.

ފުލުހުން ވިދާޅުވީ ޗައިނާއިން ދީފައިވާ ހުރިހާ ވެހިކަލެއްގައި އެ ނިޝާން އަބަދުވެސް ހުންނާނެ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި ޗައިނާ އިން ގާތް ގުޅުމެއް ބާއްވަމުން އައި ނަމަވެސް ރައީސް ޞާލިހަށް ވެރިކަން ލިބިވަޑައިގަތުމާއި އެކު ރާއްޖެ އާއި ޗައިނާގެ ގުޅުން ވަނީ ފަހުގެ ތާރީޚެއްގައި ގޯސް ނުވާ މިންވަރަށް ގޯސް ވެފައެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޗައިނާ އާއި ބެހޭ ގޮތުން ދެއްކި ވާހަކަތަކުގެ ސަބަބުން ވެސް ރާއްޖެ އާއި ޗައިނާގެ ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުކި

    ފުލުހުންނަކީ އަބަދުވެސް އެކަހަލަ ގޮތްކުދަ ކަންކަން ކުރާބައެއް. ފުލުހުންގެ ނިޝާންތޯ ކުރިން ޖެހީ؟ ނޫނީ ޗައިނާ އެއިޑްތޯ؟ކީވެ ފުލުހުންގެ ނިޝާން ކުޑަކޮށް ދުރަށް ޖައްސާނުލެވުނީ؟

    57
    7
  2. ތައްހާނު

    ނަޝީދު ހިތްހަމަ ޖައްސަން ޅިޔަން ސޮރުގެ އަމުރަށް ކުރަމުން އަންނަ ކަމެއް އެވެހިކަލް ތަކުގަ ޖަހަންވެގެން އުޅެނީ މޯދީއާއި ގެރިއެއްގެ ފޮޓޯ

    41
    3
    • ހިހި

      ރަނގަޅު ވާހަކައެއް ތިބުނީ. މޯދީއަކީ ދަހި މީހެއް. ގައުމުތަށް އަޅުވެތިކުރުމާއި، ފޭރުން ފިޔަވާ އިރުރުކަމެއް ކޮއްފައެއްނެތް. ކަށިމީރަށް ބަލާލިޔަސް، ބެއްޔަސް ރާއްޖެއަށް ބެއްޔަސް ހެއްކަކަށް ފުދޭ

  3. ފަހަރި

    ފޮހެލިޔަސް ތިޔަ ވާނީ ހަމަ ޗައިނާއިން ދިން އެއްޗިއްސަށް. ޢިންޑިޔާގެ ދަށުވެ ތިއްބަސް ބޮޑުވަރު ކަންނޭންގެ ތިދެން.

    27
    1
  4. ވާހަކަ

    ދެން މޯދީވެސް ނިކަން އިންޑިއާރ އެއިޑް ޖަހާފަ ނިކަން ފުލުހުންނަށް ވެހިކަލް ތަކެއް އަޅާލަބިއަ ދޯ!

    21
  5. ހުސެން

    ޗައިނާ ރާއްޖެ ގުޅުން ނުކެނޑޭނެ ކިތައްމެ ވަރަކަށް ދޮވުނަސް. ހޭބަލިވިޔަސް ބޮޑުވަރު. ވެއްޓެނީ ވެއްޓެނީ ކިތައްމެ މަރުފަލި ޖެހިޔަސް ސަލާމަތެއް ނުވާނެ. އޮރިޔާން ސަރުކށރުން ހިންގާ ޖަރީމާ

    12
    2