މަސްދޯންޏެއްގެ ނަގިލި ނަގަން މޫދަށް ފޭބި މީހަކު ގެއްލިއްޖެއެވެ.

އެމްއެންޑީއެފް އިން ދެންމެ ވިދާޅުވީ ކ.ގުޅީފަޅުގައި އަޅާފައި އޮތް "ސާހިބާ" ނަމަކަށް ކިޔާ މަސްވެރިކަން ކުރާ ދޯންޏެއްގެ ނަގިލި ނަގަން ފޭބި ބިދޭސީ ފަޅުވެރިއެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް މާލޭ އޭރިޔާ ކޯސްޓްގާޑްގެ ޑައިވަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިހާދިސާގެ ރިޕޯޓް ކޯސްޓްގާޑަށް ލިބިފައި ވަނީ މިއަދު ހެނދުނު 08:50 ގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާގައި ޚަބަރެއް ނުވެގެން ހޯދަމުންދަނީ އެ ދޯނީގައި މަސައްކަތްކުރާ ބިދޭސީ ފަޅުވެރިއެކެވެ. މޫދަށް ފޭބި އިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ސޯޓެއް ކަމަށާއި އަދި ރީނދޫ ކުލައެއްގެ މާސްކެއް އަޅާފައި ވާކަމަށް ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.

މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިމީހާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުއްވައި ދެއްވުމަށް އެމްއެންޑީއެފް އިން އެދެއެވެ.

ބިދޭސީ މީހާ ގެއްލުނު އިރު އެދޯނީގައި އިތުރު އަށް މީހުން ތިއްބެވެ. އެ އެންމެންނަކީ ވެސް ދިވެހިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލަކީ

    ޙެހެ މިހާރު މަސްވެރިކަން ކުރާ އުނޅަދު ފަހަރުގަ ކެޔޮޅު
    މީހާ ފިޔަވާ ދެން ހުސް ބިދޭސީން މީ މިގައުމުގެ ހާލަތު

    10
  2. ހަގީގަަތް

    އަހަރެން މީތިހާދިސަާ ހިނގި ވަގުތު އަޑިޔަށް ތިދިޔަ ދޯނީގެ މީހުންނަށް އެހީވާން ދިޔަ މީހުންގެ ދޯނި ކަމުގަވާ ސްކޫބާ ޑައިވިން ނަމަކައް ކިޔާ ދޯނީގަ ހުރި މީހެއް.. ބުނަން މިއުޅެނީ އެމީހުން ސަލާމަތް ކުރަން ސްކޫބާގެ މީހުން ހަރަކާތްތެރިވަމުން ދަނިކޮން މެރިން ސިފައިން އެތަނައް އައި އެކަމަކު މާގިނައިރެއް ނުވަނީސް އެމީހުން އެނބުރި ދިޔައީ ހުރިހާ އެހީތެރިކަމެއް ދިނީސ ސްކޫބާ ދޯނީގެ މީހުން އެކަމަކު އިރުކޮޅެއް ނުވަނީސް ސްކޫބާ ދޯނިތެރެއިން މީހަކު ހެމުން ހެމުން ނުކުމެ ބުނީ ބަލާބަލާށޭ އަހަރުމެން ކޮއްދިން ކަމެއް ނެތޭ ކުޑަމިނުން އެތަނައް ދިޔަ ވާހަކަވެސް ފާހަގައެއް ނުކުރެއޭ ހުރިހާކަމެއް ކުރީ މެރިން ސިފައިންނޭ އެމީހުންގެ ވެބްސައިޓްގަ ޖަހައިފިޔޯ ހހހހހހހހހހހހހހހހޖހހ