އިދިކޮޅު މައި ޕާޓީގެ ރެޖިސްޓަރާގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލައްމާން ހަމަޖައްސަވައިފިއެވެ.

އެ މަގާމަށް ލައްމާން ހަމަޖެއްސަވާފައި ވަނީ ޕީޕީއެމްގެ ކައުންސިލް މެންބަރުންގެ އިއްތިފާގުންނެވެ.

ޕީޕީއެމް އިން ބުނީ، ޕީޕިއެމްގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވި ލައްމާން އެ ޕާޓީގެ ރެޖިސްޓަރާގެ މަގާމަށް ހަމަޖައްސާފައިވާކަަމަށެވެ.

ލައްމާން އެ މަގާމަށް ހަމަޖެއްސެވުމުން ކުރި ޓްވީޓެއްގައި ވިދާޅުވީ، އެ މާގަމަށް ހަމަޖެއްސެވީތީ ޝުކުރު ދަންނަވާ ކަމަށާއި، އޭނާގެ ހުރި ހުނަރެއް ބޭނުންކޮށްގެން އެ އެ މަގާމުގެ މަސްއޫލޮއްޔަތު އަދާ ކުރާނެ ކަމަށެވެ.

ލައްމާންއަކީ ރައީސް ޔާމީންގެ އަރިހުގައި ވަރަށް ގާތުން މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ. ރައީސް ޔާމީން ވެރިކަން ނިމިގެންދިޔައިރު، އޭނާ ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރެއްގެ ގޮތުގައެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ ޔާމީން ދެވަނަ ދައުރަކަށް ހޮވިވަޑައިނުގެންނެވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އ. ޖ. އ

    ރައްޔިތުން ފެލި

    6
    5
  2. ތަހުތު

    މަރުހަބާ

    8
    3
  3. އިހުސާނާ

    ކޮންކަހަލަ އިންސާނެއް ބާވެއޭ ހިތަށް އަރާ މީ! އަޅެ މިމީސްމީހުން ކިހިނެތް ވެގެންތަ މީ ޕީޕީޔެމްކާ މި ގުޅެނީކީ، ބޮޑެތި ސިންގާހާ ގުންޑާއިންނާ ވަގުން އުޅޭ ކަމަށް މަސްހޫރު ޕާޓީ އަކާ!