ސަރުކާރުގެ އަމާޒަކީ ޖަޕާންގެ ވެރިރަށް ޓޯކިއޯ އާއި އެއްގޮތައް މާލެ ތަރައްޤީ ކުރުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ޓީވީއެމް" ގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އާބަން ރީޑިވެލޮޕްމެންޓް އެންމެ ފުރިހަމައަށް ކުރިއަށް ގެންގޮސްފައި ވަނީ ޖަޕާންގެ ވެރިރަށް ޓޯކިއޯގައި ކަމަށާއި އެމޮޑެލް ބައްލަވައިގެން މާލެ ތަރައްޤީ ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

"އާބަން ރީޑިވެލޮޕްމަންޓް މަސައްކަތް، ލޭންޑް ރީއެޖެސްޓްމަންޓް މަސައްކަތް އެންމެ ރަނގަޅަށް ކޮށްފައި އޮންނާނީ ޓޯކިއޯގައި. ޓޯކިއޯގައި މިކަން ކޮށްފައި އޮތް ގޮތް ތަންފީޒު ކުރުން އެއީ އަޅުގަނޑުމެންގެ އަމާޒެއް" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

މާފަންނު ހުޅަނގުގައި އުޅޭ ބައެއް މީހުންނަށް މާލެ އިން ލިބިފައިވާ ބިން ދޫކޮށްލުމުން ހުޅުމާލެ އިން ފްލެޓް ދޭން ނިންމާފައިވާ މަޝްރޫޢު އާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެއީ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށާއި އެސަރަހައްދުގެ އިތުރުން މާލޭގެ އިތުރު ހަތަރު ސަރަހައްދެއް ވެސް އެގޮތައް ބަދަލު ކުރަން ރާވާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް މިނިސްޓަރު މިރޭ ނުދެއްވައެވެ.

މީހުން ހުސް ކުރާ ސަރަހައްދުގެ ހާލަތު ބަޔާންކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ އެސަރަހައްދުގައި "މަތިމައްޗަށް ދިހަ ބާރަ ގެ ވެސް އެބަހުރި." ކަމަށެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް މާލެ އިން ޖާގަ ހުސްކޮށް އަލުން ޑިޒައިން ކޮށްގެން އެސަރަހައްދުތައް ތަރައްޤީ ކުރުމަކީ ރައީސް ޔާމީން ވެރިކަމުގައި ހުންނަވައިގެން ތަންފީޒު ކުރައްވާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ތޮއްޖެހިގެން ތަރައްޤީ ނުކުރެވިފައިވާ ތަންތަން ނޭވާލެވޭނެ ގޮތަކަށް ބަދަލު ކުރަން އެބަޖެހޭ." މިނިސްޓަރު ވިދާޅުވިއެވެ.

37 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޓޯކިއޯގެ ތޮއްޖެހުން ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނާއި ތޮއްޖެހުން ކުޑަވާނެ ގޮތައް ވިސްނައިގެން އިމާރާތްތައް އަޅާފައި ވާތީ ބައިނަލްއަޤުވާމީ އެތައް އެވޯޑެއް ޓޯކިއޯއަށް ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އެދުރުބެ

    ސާބަހޭ

  2. އައިޝާ

    އޯނޯ.

  3. ފުލެޓޭ

    މިހާރު ސިންގަޕޫރަށްވެނިމުނީދޯ؟ ޓޯކިޔޯއަށް ހަދަން ތިއުޅެނީ... ތިއީ މިހާރު މެޑަމުގެ އިތުބާރު ގެއްލިފަވާމީހެއް.

    • ބޮއްބޮ

      ދެން މައްސަލައެއް ނެތޭ ކަލޭމެންގެ ތިންއަހަރު މަގުމަތިން ގައު ބުރިއެއް ވެސް ފުރޮޅާލީންތަ؟ ކާނުގަނޑެއް ހިއްކާ ކަހާލީންތަ؟ ތަރައްގީ ކުރުމުގެ ގޮތުން ކުޑަވައިއިނގިލިވެސް އުފުލާލީންތަ؟ އެއްކަމެއްވެސް ނުކުރެވޭ. އެހެންވީމާ ތިޔަކަހަލަ އަނގައަރުވަން ލަދުގަނެބަލަ.

  4. ނުނު

    ތިބާއަށް ބޮޑުކަމު ހާޖަތަށް ދެވޭނީ! ތިއުޅެނީ އަމީނީމަގުގެ ފެންކޮޅު ހިންދާނެގޮތް ނޭނގިގެން ދައުރު ނިމުންއިރު އަންނި އަޅާނިންމާފަ ހުރި ފުލެޓު ހައްގުގޮތުގައި ބަހާލަން ނޭގިގެން ދެންރާކަނި މަސްކާވާހަކަ ނުދައްކާ!

    • ގުއިރީނދޫ

      ބޮޑުކަމު ހާޖަތައްދެވޭނީ ކަލޭގެ ގުރޫޖީ އަންނިއަށް އެއީ ސަރުބަތު ބޮއިގެންވާކަމެއް.

  5. ޅޮލލ

    ނޮޓް ސިންގަޕުރު؟

  6. ޢިބްރާހިމް

    ޢަމިއްލަ ގެދޮރާއި ތަންތަން ހަދާނިމިގެން ޓޯކިޔޯ ގޮތައް އެހެން އިމާރާ ތެއް ކުރޭވޭނީ ޓޯކިޔޯ ހަދާކަށް ނުލިބޭނެ ލިލޭ ދޭ ހަދީޔާއެއް ވެސް....

  7. ނުރަބޯ

    އިންޝާﷲ ވާނެ.

  8. ނަޒުމްމިއާ

    ސިންގަޕޫރް ހަދާނިމުނީތަ ޖަޕާންނޭ ވެރިކަންމިއޮއްނިމެނީ މުއީޒޫ ދޫނިދޫ ގޮޅިތައް ޖަޕާނައް ހަދާފަ ހަވާލުކުރަން ދެން ތިބޭ ވަގުތު މިއޮއްޖެހެނީ .

  9. ބުއްޅަަަަބޭ

    ޕޮޒިޓިވްކޮށް ވިސްނައިގެން، އަދި ވިސްނާމީހުން ގިނަވީމަ، ތަރަށްގީޔެއް ކުރެވޭނީ ކޮންމެ ވެރިކަމެއް އޮތަސް! މީގަ ބަލަންވީ ޔާމީނެއް، ނަޝީދެއް ނޫން، ބަލަން ޖެހެނީ ތަރަށްގީ ގެންނަން ކުރާ މަސައްކަތާއި އެކަމުން ލިބޭ އަދި ލިބޭނެ ފަސޭހަތަށް!

  10. ޝަލަފް

    އާތް އާތް އާތް އާތް އާތް އާތް އާތް އާތް އާތް އާތް އާތް އާތް ... ކޮބާ ތަމެންގެ ޕިންކީ ކުދިންގެ ސިންގާޕޯރޯ؟؟ ކޮބާ ކަލޯ. ސިންގާޕޯރޯ މަހައް ދިޔައީތާ؟؟ އަހާނ، އުހޫ.. މިއޮއްހާ ދުވަހު ރާއްޖެ މީ ސިންގަޕޯރޯ. ޕޯރޯމޯރޯ ބޯބޯ. ޔާމީނު ރައްޖޭ ސިންގާޕޯރޯ ނުކުރެވުނީމަ މިހާރު ޓޯކިޔޯއައް ހަދަން އުޅެނީދޯ، ޕިންކީ މުއިންޒޫ. ޓޯކިޔޯ ޖޯކިޔޯ. މާދައް ބުނޭ މިއުޅެނީ ރާއްޖެ ސީރިޔާއައް ހަދަންށޭ. ޓޯކިޔޯޔޯ، މުއިޒުޔޯ ޔޯޔޯ ބޯބޯ... ހެހެހެހ... ޓޯކިޔޯ މުއިއްޒު. ހެހެހެހެހހހެ...

  11. ޓިނޭ

    ހަހަހަ. ކޮޔާ މަގުތައް ހަދާބަލަ ފުރަތަމަ. ދުއްވާފަ ގެޔަށް ވަދެވޭއިރު ދައްގޮހޮރު އޮންނަނީ ބިންމަތީގަ. ވާރޭ ފެންތިއްކެއް ޖަހައިފިއްޔާ އެންމެ އުންދަގުވަނީވެސް ކައެ އްށް

  12. ޓިނޭ

    ހަހަހަ. ކޮޔާ މަގުތައް ހަދާބަލަ ފުރަތަމަ. ދުއްވާފަ ގެޔަށް ވަދެވޭއިރު ދައްގޮހޮރު އޮންނަނީ ބިންމަތީގަ. ވާރޭ ފެންތިއްކެއް ޖަހައިފިއްޔާ އެންމެ އުންދަގުވަނީވެސް ކައެ އްށް.....

    • އެމްބެކީ

      އެއީ ތެދެއް ކެރަފާ ނަޝީދުގެ ތިން އަހަރު މަގުތަކުގައި އޮތީ ދޫލަ އަޅާފަ ވިއްޔަދޯ ލަދުކުޑަ އާލާތްވަރުތަކެއްތާ.