ބ.އަތޮޅު ކަމަދޫ ކައުންސިލްގެ އެމްޑީޕީ މެންބަރަކު އޭނާގެ ބައްޕަ އާއި ކޮއްކޮ އަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

ކަމަދޫ އިން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ މިރޭ 22:30 ހާއިރު އެރަށު ކައުންސިލްގެ ނައިބު ރައީސް އާއި އޭނާގެ ބައްޕަ އާއި ދެމެދު އުފެދުނު ދެބަސްވުމެއްގެ ތެރެއިން ކައުންސިލްގެ ނައިބު ރައީސް އޭނާގެ ބައްޕަ އަށް ހަމަލާދިން ކަމަށެވެ. އެމާރާމާރީ ހުއްޓުވަން ކައުންސިލް ނައިބު ރައީސްގެ ދެ ކޮއްކޮއަކު މަސައްކަތް ކުރުމުން ކައުންސިލްގެ ނައިބު ރައީސް ވަނީ ދެ ކޮއްކޮ އަށް ވެސް ހަމަލާދީފައެވެ.

މާރާމާރީގެ ސަބަބުން ކައުންސިލް ނައިބު ރައީސްގެ ބައްޕަގެ އިތުރުން ދެ ކޮއްކޮ އަށް ވެސް ވަނީ އަނިޔާވެފައެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ވެއެވެ.

ފުލުހުންގެ ޓީމެއް ކަމަދޫ އަށް ގޮސް މިހާރު ދަނީ މައްސަލަ ތަޙްޤީޤު ކުރަމުންނެވެ.

ނަމަވެސް މިމައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރު ކުރިކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ހަމީދު

    މިވާހަކަ މިހާރު ނޫހަކު ނުޖަހާނެ. ތިބޭ ބަލަން!

  2. އަހްމަދް

    އެމްޑީޕީ ކައުންސެލަރުން ސައިޒް ކުރަން އެބަ ޖޭހޭ ނޫންތޯ!؟

  3. ބްރަވާޑޯ

    ޢެމް ޑީ ޕީ މީހުންނަކީ ހަމައިގަ ތިބޭބަޔެއްނޫން....

  4. ބލބޑ

    ކޮބާ ހީވޭ ކަމެއްހެން. ދެން ރަށް އެއްކޮށް އަންދާލާ

  5. މނތ

    އެމްޑީޕީ......ޕިސް ޕިސް ޕިސް

  6. ާަާމުގުރި

    ????

    • Anonymous

      ހހހހހހހހ

  7. މާއްޓެ ސަރ

    ޢެއްކަލަ ސާޖިދު ދޯ. ޢެސޮރު ހަމައެއް ނުވާނެ.

  8. 3ނިރު

    ސިނކުޑިގޮވާފައެތިބެނީ އެމްޑީޕީ މީހުން

  9. ޣާދިރު މަނަދޫ

    ތިޔަ ކައުންސިލަރައްވީގޮތަކީ ކުރީދުވަހު ރޫހާނީ ލީޑަރު ފަތުރުވެރިން މުޒާހަރާ ކުރަން ގޮވާލީމަ އެކަމައް އިޖާބަ ދިނުމުގެ ގޮތުން އާއިލާ މީހުންނާ މާރާމާރީ ހިންގުމުގެ އެޕިސޯޑެއް ކުޅުނީ..

  10. ޕިންކް ޕެންތާ

    ޕީ.ޕީ.އެމްގެ މުސްތަޝާރު އޭނާގެ ބޭބެ ގޮޅިއަށް ލައިފި މިހެން ޖަހާލަން ނުކެރުނު މިނިވަން ނޫސްވެރިކަުގެ މިސާލެއް

    • އަޙުމަދު

      ބަލަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ނޫސްތަކުގައި އެ ޖަހަނީ ތިބުނާ ހަބަރެއް. ދެލޯ ސާފުތަ ބްރޯ؟

  11. ޖޮއްބެ

    ލާދީނީ ރީނދޫ ފިކުރަށް ތަބަޢަވާ މީހުންގެ ކޮންހަމައެއް ލަމައެއްތޯ އޮންނާނީ.....؟؟؟

  12. ޑެޑީ

    ތިޔަކުދިން ހަމަ އުޅޭނީ ތަޅާނެ ކުދިން ހޯދައިގެން ތަޅަން ކުއްޖަކު ނުވީމާ އަމިލްލަ އާއިލާވެސް ތަޅާތިރިކޮށްލާނެ .

  13. ޖިންނި

    ކަލޯ ފިނޑި އަންނި އެއޮތީ ތަޅާނެ އެކަކު ލިބިފަ

    • ޙަމމީދު

      ތީ ޕީޕީއެމް އިން ފަތުރާ ދޮގު ވާހަކައެއް

  14. ސޯދިގު

    ރީދޫ ހުން ޖެހިެއްޖެއްޔާ ބައްޕަ އެއް މަންމަ އެއް ދަރިއެއް ދައްތައެއް ބޭބެ އެއް ވައްކެއްނުވޭ...ގާދަ ބޮޑު މަސްތެކޭ ދޯ ވުޑްކާ އަށްވުރެ ތި ހުމުގެ މަސްތީކަން ގަދަ....މިއޮތީވާ ވަރުގަދަ ހުމެއް މި ގައުމަށް ލައްވާލާފަ...

  15. މުސްތަޝާރު

    ޕީޕީއެމްގެ މުސްތަޝާރުގެ ބޭބެ ޖަލުގަހުރިކަން މުޅިދުނިޔެއަށް އެގި ހުރިހާ ނޫހެއްގަ ލިޔެ ބާވެފައޮތް ވާހަކައެކޭ ކޮހާ.....

  16. ހަބީބު

    ތީ ޕީޕީއެމް އިން ފަތުރާ ދޮގުވާހަކައެއް ކަމައްވާނީ

  17. މަ

    އެމްޑީޕީ މީހުން ކުރާނީ އެކަހަލަ މޮޔަ ވަންތައް.

  18. ޢަހާނަމަ

    ތީ ދެއްތޯ ބަންދުގަ ބަހައްޓައިގެން ތަހުގީގް ކުރަންޖެހޭ މައްސަލަތައް... އެކަމު ބަލައްޗޭ.... އަދިވެސް ތިމީހާ ހުންނާނީ ދޫވެފަ... ތި މީހާ ވަނީ މީގެ ކުރިން މީހެއްގެ ކަންފަތަށް ވަޅިވެސް ޖަހާފަ....

  19. ކެޔޮޅު

    ހުޅަނގުގެ ޑިމޮކްރެސީގަ ބައްޕައަށް ވެސް ހަމަލާ ދޭނެ ! އިސްލާމް ދީންއެގޮތެއް ގަބޫލެއް ޤަބޫލެއް ނުކުރާނެ ،

  20. ޗީޗީ

    އެމްޑީޕީ ކައުންސިލަރުން ނާ އެމްޑީޕީ ގެ ،މެމްބަރުން ވަރަށް މައިންބަފައިނާ ތަޅާފޮޅާނެ. އަސްލުވެސް. އެހެންޕާޓީތަކުގެ މީހުން ވަރަށް ޢާޢިލާމީހުންނާ އަޅާލާ ހަމްދަރުދީވެސް ވާނެ. ތަޅާފޮަޅައެއްވެސް ނުހަދާނެ. އަދި އަމުދުން އެއްބަފާ ބޭބެ މުސްކުޅިވީމާ ހަމަސީދާ ބައްޕަގެ މަޤާމްދީގެން ވަރަށްލޯބިން ގެންގުޅެނީ އެކަމަކު ދެން ..... ޖަލުގަ ލޮލް

  21. Anonymous

    ކެނެރީނަޝީދުބުނިހެންބޭނުންވަނީތަޅާނެކުދިބަޔަކުވެއްޖެއްޔާ ތަޅަންނެރެން

  22. އާބިދާ

    އަންނި ގެނަސްދިން ބިރުފަހަނަޅާ ދިއުމާއި ހުޅަނގުގެ ސަގާފަތް، ތާހިރު ދިރިއުޅުން، މިކަން އިތުރަށް އާލާވިޔަނުދީ މިރާއްޖެއިން ފޮހެވޭތޯ އެބަޖެހޭ މަސައްކކަތް ކުރަން

  23. މަ މިއު މަ

    އަބުރު ރައްކާ ކުރާ ބިލް އެޕްލައި ނުކުރޭ ދޯ ސަރުކާރާ ދެކޮޅު މީހެއް ވެއްޖިއްޔާ؟ ހެހެ