އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްގެ "ރެޑީ މިކްސް ބެޗިންގ ޕްލާންޓް" މާލެ ސިޓީ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެކުންފުނިން އިއުލާނުކޮށްފިއެވެ.
އެސްޓީއޯއިން އާންމުކުރި އިއުލާނުގައިވާ ގޮތުގައި އެސްޓީއޯ "ރެޑީ މިކްސް ބެޗިންގ ޕްލާންޓް" މާލެ ސިޓީ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކޮށްދިނުމުގެ މަސައްކަތަކީ ބީލަން އުސޫލުން ހަވާލުކުރުމަށް ހަމަޖެހިފައި މަސައްކަތެއް ކަމަށެވެ.

އަދި މިފަދަ މަސައްކަތް ކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ރަޖިސްޓަރީ ކުރައްވަން ބޭނުންނަމަ އޭޕްރިލް 03 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ހާޒިރުވެ ރެޖިސްޓްރީ ކުރުމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

މާލޭ އާސަހަރާއާއި ޖެހިގެން އޮންނަ ކޮށީގައި މިހާރު އެސްޓީއޯ "ރެޑީ މިކްސް ބެޗިންގ ޕްލާންޓް" ހިންގަމުން އަންނައިރު މަސައްކަތަށް ބޭނުންކުރާ ހެވީވެހިކަލްތައް އެސަރަހައްދުގައި ބޮޑުތަކުރުފާނު މަގުގައި ބަހައްޓާފައި ހުންނަތީ ބައެއް ފަރާތްތަކުން އަންނަނީ ޝަކުވާވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު