ރާއްޖޭގައި މިދިޔަ އެޕްރީލް މަހު ބޭއްވި އާންމު އިންތިހާބުގައި ވޯޓު ގަނެ ވިއްކުމުގެ ކަންތައްތަކެއް ހިންގާފައިވާ ކަމަށް ކޮނަމަންވެލްތުން ބުނެފިއެވެ.

އެޕްރީލް މަހު ރާއްޖޭގައި ބޭއްވި އިންތިޚާބުގެ ކަންކަން ބެލުމަށްޓަކައި ރާއްޖެ އައި 8 މެމްބަރުންގެ މައްޗަށް ހިމެނޭ ކޮންމަންވެލްތް އޮބްޒާވަރ ގުރޫޕުން ނެރެފައިވާ ރިޕޯޓުގައި ބުނާގޮތުން ވެރިކަން ކުރާ އެމްޑީޕީން ބޮޑު އަޣުލަބީޔަތަކުން ކާމިޔާބު ކުރި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވޯޓު ގަތުމުގެ ކަންކަން ހިނގާފައިވާ ކަމަށެވެ.

ކޮމަންވެލްތުން ނެރެފައިވާ ރިޕޯޓުގައިވާ ގޮތުން މަޖިލީހުގެ އިންތިހާބުގައި ދާއިރާތަކަށް އަންހެނުން ވާދަ ކުރި ނިސްބަތް ވަރަށް މަދުކަން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން އިންތިހާބުގައި ވޯޓުލާން ވޯޓު ފޮއްޓެއް އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ބެހެއްޓިކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

މަޖިލީހުގެ އިންތިހާބުގެ އިންސާފުވެރިކަމާއި މެދު ސުވާލު އުފެދޭ ގޮތަށް މިދިޔަ ބުރާސްފަތި ނެރުނު މި ރިޕޯޓުގައި އިތުރަށް ވަނީ އިންތިހާބު ތަކުގައި އަންހެނުންނަށް އިތުރަށް ވާހަދަ ކުރެވޭނެ ފުރުސަތު ދިނުމަށާއި އަންހެނުންނާއި ފިރިހެނުންގެ ހުރި ފަރަގު ނައްލާލުމަށް ސަރުކާރުން މައްސަކަތް ކުރުމަށް ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާވް ކުުރުމަށް ފަހު އެފަރާތްތަކަށް ފާހަގަވި ކަންތައްތައް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވަފުދުން މީގެ ކުރިން ވެސް ބުނެފައިވަނީ ވޯޓް ގަނެ ވިއްކުމުގެ އެތައް ކަމެއް އިންތިހާބުން ފާހަގަކުރެވުނު ކަމަށާއި ނިމިދިއަ އިންތިޚާބަށް ތައްޔާރުވުމަށް ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ދިވެހިރާއްޖެއިން ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ. އަދި ވަކި ވެފައިވަނީ 13 އޮކްޓޫބަރު 2016 ގައި ރައީސް ޔާމީނުގެ ވެރިކަމުގައެވެ.

ނަމަވެސް މިސަރުކާރުން ދަނީ އަނެއްކާވެސް ކޮމަންވެލްތާއި ގުޅެން މައްސަކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަފިރިންގެ ޚިޔާލް

    މިއީ ވަރަށް ހަގީގީ ވާހަކަތަކެއް، ވޯޓް ގަތުމަށް ފަންޑުކުރީ އޮޅުދުކަރާގެ ކުންފުނިތަކުން، މިކަންތައްކުރީ އެތަނުގެ ސަރުކާރުގެ އިސްވެރިންގެ އަތެއް އޮވެގެން... މިއަދު ދިވެހިންގެ ޓެކުހުން މިވަނީ އެމީހުން ޚަރަދު ކުރި ފައިސާގެ އަގެއްގޮތުން ރާއްޖޭގެ މިނިވަންކަން ޤުރުބާންކުރަން އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި އެތެރޭގެ ހިންގުން އެވެރިން ބުނާގޮތަށް ހިންގުން، އަދި ނަޝީދުގެ ފައްޅި އާއި ޗާޗް އެޅުމުގެ ލާދީނީ ފިކުރު ހިންގުމުގެ މަސައްކަތު ކުރަން މަޖުބޫރުވެފަ... ވޯޓް ވިއްކި ރައްޔިތުން ތިޔަ ޚިޔާނާއްތެރިވީ ޤައުމާއި ދަރިންގެ ހައްގުތަކަށް.. މިހަރާމް ވެރިކަން ނިންމަންޖެހޭ... އަދި ޤައުމަށް ޢައްދާރުވެ ރައްޔިތުން މަގުއޮޅުވާލި ސިޔާސީ މީހުންނަށް ހައްގު މިންވަރުގެ އަދަބްދޭންޖެހޭ.. ﷲ ގަންދީ ބުނަން ޤައުމަށްޓަކާ އަހަރަމެންގެ ލޭއޮހޮރުވަން ފަސްޖެހުމެއްނެތް އަދި ތިޔަ ސިޔާސީ މީހުން މުސްކުޅި އުމުރުގަ ސަލާމަތުން އަދަބު ނުލިބި ތިބެވިދާނެކަމަށް ހީނުކުރާތި...

    46
  2. ޖަލާޖު

    ފާޓުފުޅާ މެޖޯރިޓީ އޮތް މަޖިލީސް ހޮވާފައިވަނީ ރައްޔިތުންގެ ލާރިގަނޑު ވަގަށް ނަގައިގެން އެ ބަހައިގެން

    29
  3. އ. ޖ. އ

    ފަނަރަ ހާހަށް ވިހި ހާހަށް އައިޑީ ކާޑު ވިއްކައިގެން ވޯޓު ގިނަކުރަން އުޅުނު މީހުން ފެއިލް ވީ

    2
    18
  4. ވަގުތު ހޭޓަރ

    ވޯޓު ގަތުމުގަ ނުނިދާ އުޅުނު ކުދިން އެންމެ ފަހުން ޔާމީނަށް ވެސް ދޯކާ ދިނީ

    2
    17
    • މެގަވޯޓު

      ބަލަ އެމް.ޑީ.ޕީ ކެނޑިޑޭޓުން ލާރި ބެހި ހަމަ. ރައްރަށުގެ ޒުވާން ގްރޫޕްތަކާ ބޮޑެތި ޑީލްތައްވެސް ހެދި. މީހަމަ ހަގީގަތް. ވަރަށް އުނދަގު ދޯ މިހެން ބުނީމަ... ހެހެހެހެހެހެ

      10
  5. ޕސޓ

    ވޯޓު ގަނެގެން ވެރިކަން ކުރެވިއްޖެ އެއްނު..

    3
    14
  6. ކަތީބް

    ހަޖަމެއްނުވި

    10
  7. ބަރުގޮނު

    މިހާރު ރާއްޖޭގައި ކެމްޕޭނުގައި ފައިސާ ނުބަހާ އެއްވެސް އިންތިޚާބެއް ނާންނާނެ. މަޖްލިސް އިންތިޚާބުގައިވެސް ފައިސާ ނުބަހާ އެއްވެސް ދާއިރާއެއްގެ އެއްވެސް ކެންޑިޑޭޓަކު ނޫޅޭނެ. ހޮވޭނީ ފައިސާ ބެހުމުގައި އެންމެ " ޤާބިލް " ކެންޑިޑޭޓް. މިއީ އެންމެން ދަންނަ ބޮޑު ސިއްތެއް.

    6
    3
  8. ކެރޭ އަބްދުﷲ

    މަޖިލިސްއައް ވަދެތިބި އެމް.ޑީ.ޕީ މެންބަރުން އައްކީ ވޯޓް ގަނެގެން ވަދެތިބި ބައެއް. އެވެސް ރަޔިތުންގެ ޓެކްސް ފައިސާ އާއި އިންޑިޔާއިން ދިން ފައިސާއިން. މިހަގީގައް.

    12
  9. ވަގުތު ހޭޓަރ

    ނެއްތަ މީގަ ކޮމެންޓެއް ކޮއްލާނެ ކުއްޖަކު.. ވައިވީ ދޯ ކޮމެންޓު ކޮށް ފޯރި ނަގާ ކުދިން

    • މެގަވޯޓު

      ވަގުތު ހޭޓަރޭ ފެން މޯޓަރޭ ޖަހައިގެން ކޮމެންޓް ކުރިއަކަސް ނުވާނެ. ހެހެހެ

      1
      1
  10. ަފކ

    މިހާޕާޅުކަން ބޮޑުގޮތެއްގަ މިކަން ކުރިގޮޠުން ސައްކުތައް ކުރެވޭ