ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ޒުވާނަކު ހޯދަން އިއުލާނުކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުންގެ ވެބްސައިޓުގައި ބުނެފައި ވަނީ، ހޯދަމުން ދަނީ ރ. ވާދޫ، އައްސޭރި، ޠާސީން ސަޢީދު ނަމަކަށް ކިޔާ އުމުރުން 21 އަހަރުގެ މީހެއް ކަމަށެވެ.

އޭނާ ހޯދަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުން ވިދާޅުވީ، ޠާސީން ސަޢީދާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދޭ ކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.