އިންޓަރނޭޝަނަލް އެޑިއުކޭޝަން އެކްސްޕޯ މާދަމާ އައްޑޫގައި ފެށުމަށް ތައްޔާރު ވެއްޖެ އެވެ.

މި އެކްސްޕޯއަކީ އަމިއްލަ ފަރާތަކާއި މެލޭޝިޔާގެ "ކިއު ސްޓަޑީ" އާ ގުޅިގެން އައްޑޫގައި ހުންނަ ނޫރާނީ ސްކޫލްގައި މާދަމާ ހަވީރު 16:00 އިން ރޭގަނޑު 20:00 ގެ ނިޔަލަށް ކުރިއަށް ގެންދާ އެކްސްޕޯއެކެވެ.

މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް އެކި ޔުނިވާސިޓީތަކާއި ކެމްޕަސްތަކުގައި ހިންގާ ކޯސްތަކާއި ސްކޮލަރޝިޕްގެ މައުލޫމާތުތަކާއި ޕްލޭސްމަންޓު ހަމަޖެއްސުން ފަދަ ކަންކަން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މި އެކްސްޕޯގައި މުޅިއަކު 12 ޔުނިވަރސިޓީ އަކުން ބައިވެރިވެއެވެ. އަދި މެލޭޝިޔާގައި ހުންނަ އެކި ކެމްޕަސްތަކުންވެސް މި އެކްސްޕޯގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މާދަމާ އައްޑޫގައި ކުރިއަށް ގެންދިއުމަށް ނިންނާފައިވާ އެޑިއުކޭޝަން އެކްސްޕޯގެ އިތުރުން، މިދިޔަ ޖެނުއަރީ މަހުވެސް އައްޑޫގައި ވަނީ މެލޭޝިއާގެ އެންމެ މަޝްހޫރު 15 ޔުނިވާސިޓީއަކުން ބައިވެރިވި އެކްސްޕޯއެއް ބާއްވާފައެވެ.