ރާއްޖޭގެ ތަރައްގީގެ ދުވެލި ހުއްޓި އިގްތިސާދީ މާޔޫސް ކަމެއްގެ ތެރެއަށް ގައުމު ވެއްޓިފައިވާ ކަމަށް އިގްތިޞާދީ ތަރައްގީއާ ބެހޭ ކުރީގެ ވަޒީރު އަދި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސޮވަރިން ޑިވެލޮޕްމެންޓް ފަންޑް އެސްޑީއެފްއަށް މިދިޔަ ހަފުތާއާ ހަަމައަށް 570 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނުމާއި ގުޅިގެން ޕީޕަލްސް ނެޝެނަލް ކޮންގްރެސް ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ މުހައްމަދު ސައީދު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މިއީ ރާއްޖޭގެ ތަރައްގީގެ ދުވެލި ބާރު މިނެއްގައި ގެންގޮސް ވާރުތަވަމުން އައި ދަރަނީގެ އަޅުވެތިކަމުން ސަލާމަތްކޮށް ތަހުޒީބު މުޖުތަމައެއް އުފެއްދުމަށް ރައީސް ޔާމީން އުފެއްދެއްވި ފަންޑެއްކަމަށެވެ.

"ބީވެގެން ދިޔަ ތަރައްގީ ހޯދުމަށް ރައީސް ޔާމީން އެންމެ ފަސް އަހަރު ތެރޭ ކުރެއްވި މައްސަކަތް ދިވެހި ރާއްޖެ ހެކިވާނެ, މި ސަރުކާރު ކިތައްމެ މަސައްކަތެއް ކުރިޔަސް އެ ހަގީގަތް ބަދަލެއް ނުވާނެ, ހިތާމައަކީ ރާއްޖޭގެ ތަރައްގީގެ ދުވެލި ހުއްޓި އިގްތިސީދީ މާޔޫސް ކަމެއް ގައި އޮތުން" ސައީދު ވިދާޅުވިއެވެ.

ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސާދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ.

ފިނޭންސުން ނެރުނު މިދިޔަ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ސޮވެރިން ޑިވްލޮޕްމަންޓް ފަންޑް އެސްޑީއެފް އަށް 705.6 މިލިއަން ރުފިޔާ ޖަމާ ކުރަން ކަނޑައަޅާފައި ވާއިރު މިހާތަނަށް 570 މިލިއަން ރުފިޔާ ވަނީ ޖަމާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިހުސާނާ

    ކީކޭ ދެން އަޅެފަހެ ބުނާނީ ސައީދު މެންނަށް ކޯންޗެއް ޔާމީނު ދައްކައިގެންތަ، ޤާސިމު އެ ހުރިހާ ކަމެއް ކޮށްދިނީމަ، ޤާސިމަށް ފެނުކެއްކި ބޮލީގެ ލަގަބު ދީފަ ދިޔައީ އަޅެފަހެ! ލާރި ކެއުން ނޫން ކަމެއް ކުރިތަ އަޅެފަހެ ޔާމީނުގެ ޒަމާނުގަ! ހަމަ ކޮންމެ ކަމެއްގަ އޮންނާނީ ނުވަތު ބުރުން ލާރިގަނޑެއް ޕަކަޅާ ކޮށްލުން!

    1
    14
    • ބަނާނާ ސަރުކާރު

      ކަލޭ އަދިވެސް ސުއާލު އުފެދެނީ ސައީދަށް ޔާމިނު ދެއްކި އެއްޗަކާމެދުދޯ؟ބަލަ ކަލޭ ދިރިއުޅެމުން މިދާ ގައުމު ވެއްޓިފަމިވާ ނިކަމެތި ހާލާމެދު ފިކުރެނުކުރެވޭދޯ؟ވަގުތީ މަންފާއަށް ވޯޓުވިއްކި ގައްދާރުންގެ ސަބަބުން ގައުމަށް މިއޮތީ ކާރިސާއެ ދިމާވެފަ ދެންވެސް ތިޔަ ސިޔާސީ ހަސަދަ އެއްފަރާތްކޮއްފަ މިގައުމު ހަމަމަގަށް އަޅުވަން ކަމެކޮއްބަލަ. އެއްގޮތަކީ ސަރުކާރަށް ދަންނަވައިގެން ހިގަމުންދާ ވިޔާނުދާ ކަންތައްތަ ރަގަޅުކުރަން ސަރުކާރަށް ދެންނެވުން. އަނެއް ގޮތަކީ ސަރުކާރަށް ޕްރަޝަރު ކޮއްގެން މިކަންތަ ހަމަޔަކަށް އަޅުވަން އިދިކޮޅާ ގުޅިގެން މަސައްކަތްކުރުން.. ހަސަދަވެރިވެގެން ތިއްބާ މިގައުމު މިއޮތީ ކޮޗިންގެ ބަނދަރުގަ..

      10
      1
    • ޢަދުރޭ

      ކަލޭމެން ޔާމީނު ކެޔޭ ކިއައިގެން ހެދި ބުހުތާން ދޮގުތަކުން ކަލޭމެން ވެރިކަން ހޯދާފަ އެ ކޭ އެއްޗެއް ނުވެސް ދެއްކުނު . 5 އަހަރުތެރޭގެ ދިވެހިންގެ އަމިއްލަ ނަމުގަ ހަދާފަ ހުރި ހޮސްޕިޓަލެއް އެބަހުރި ޔާމީނު . ދިވެހިންނަށް އަޅައިދީފަ އޮތް ބްރިޖެއް އެއޮތީ . އާ ރަންވޭ އެއް އަޅައިދީފި . 25 ބުރީގެ 5 އިމާރާތް ފްލެޓް ރައްޔިތުންނަށް ރެޑީ. ކަލޭމެން އަދިވެސް ތިތިބީ. ޔާމީނު ކެއީ. .. ޔާމީނު ކެއީ. ކިއަކިއަ . ކޯއްޗެއްހޭ ކެއީ . އަޅެ އަޖައިބެއް ނުވާނެތަ ؟ .ދައްކަ ބަލަ

      8
      1
  2. ސާނާ

    ސައީދު ވިދާޅުވިއަސް ތެދެއްވާނީ ތެދަކަށް އެޖެންޑާ 19 ފައްކާއީ ދޮގާމަކަރާ ހަދައިގެން ބައިމީހުންނަށް ވަޒީފާދޭން

    11
    1