ރާާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައީބް ފައިސަލް ނަސީމު އައްޑޫ ސިޓީ އަށް ވަޑައިގެންފި އެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅަކީ މިއަދު ހަވީރު އައްޑޫގައި ފަށުމަށް ހަމަޖެހިފައިވާ ޔޫއެފާ 15 އަހަރުން ދަށުގެ އިންޓަނޭޝަނަލް ޓޯނަމެންޓު ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި މުބާރާތަކީ އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ އަދި ޔޫއޭފާ ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ބައިނަލް އަޤުވާމީ މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ބޫޓާން ސައުދީ އަރަބިޔާ އަދި ލަޓްވިޔާގެ ފަނަރަ އަހަރުން ދަށުގެ ޤައުމީ ޓީމުން ވާދަކުރާނެ އެވެ.

މުބާރާތުގައި ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެއެވެ. ފައިނަލް ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގައެވެ.

މި މުބާރާތުގެ ފުރަތަމަ މެޗް މިއަދު ހަވީރު 16:00 ގައި ފަށަންވަނީ ހަމަޖެހިފައެވެ. މެޗްގެ ޝަރަފްވެރި މެހުމާނަކީ ނައިބު ރައީސް ފައިސަލެވެ.

މުބާރާތުގެ މެޗުތައް ކުޅޭނީ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކަމަށްވާއިރު، މުބާރާތުގެ މެޗުތައް ކުޅުމަށް އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމަށް ވަނީ ބޮޑެތި ބަދަލުތަކެއް ވެސް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޝިހާ

  ލާރިގަނޑު ދަވާ ހުސްކުރާ ނައިބުރައީސް

  14
 2. ފެންނަނީއޭ

  ނައިބް ރަައީސް ފުވައްމުލަކު ފައިސަލޭ މެން ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ދާނެއޭ ދަ ރާއްޖެތެރޭ ރަށްރަށަށް ގޮސް އެރަށްރަށުގައި ހުރި ކުކުުޅު ތައް ދެ ބަނޑަށް އަނގައިން ޗޫސް ޗޫސް ޗޫސް އަޑު ގޮއްވަމުން ބަނޑަށް އޅައިގެން މާލެ އަށް އަންނާނެއޭ އެއްކަމެއްވެސް ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް ނުކޮށްދޭނެއޭ ރައީސް އިބޫގެ ވެރިކަމަކީ މީ ވަރަށް ބޮޑަށް އުސޫލުން ބޭރު ހިންގާ ވެރިކަމެއް ކަން މިހާރު މިދަނީ އެނގިފާޅުވަމުންނޭ...

  16
  1
 3. އާނާ

  މިއަދު އައްޑޫސިޓީގެ ޕާކު ދައްކާފަ ކާލިގަނޑުންނާއި މިހާރު ނޫހުން ޚަބަރުކުރީ މުޅި އައްޑޫސިޓީގެ މަލަމަތި ބަދަލުކޮށްލި ފުރަތަމަ ޕާކު މިސަރުކާރުން ހަދައިފި ކަމަށެވެ. ލަދު ޙަޔާތް ކުޑަކަމޭ ހިތަށް އަރާ! އެކަމަކު މި ޕާކަކީ ރައީސް ޔާމީންގެ ޒަޢާމަތުގައި ފަށާ ނިމެން ކައިރިވެފައިވާ ތަނެއްކަން އައްޑޫސިޓީގެ ރައްޔިތަކަށްވެސް ދިވެހި ރައްޔިތަކަށްވެސް އޮޅިފައެއް ނޯންނާނެއެވެ.