މީހުންގެ ސޫރަ ބަދަލުކޮށް، ސޫރަހެދުމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެއްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ނައިބުރައީސް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ.

މީހުންގެ މޫނު މުސްކުޅިކޮށްލާފަ ކުރަހާލަދޭ ”ފޭސްއެޕް“ ބޭނުން ކުރުމާއިގުޅޭގޮތުން، ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ނެރެމުންދާ ’ސަލަފް.ކިއު.އޭ‘ ގެ ސުވާލަކަށް ދިން ޖަވާބެއްގައި ޝައިޚް ފިކްރީ ވިދާޅުވެފައިވަނީ ފޭސްއެޕް ފަދަ އެޕްލިކޭޝަންތައް ބޭނުންކޮށްގެން މީހުންނަށް ފުރައްސާރަކޮށް މީހުންގެ ސޫރަ އައިބު ކުރުމަކީ ދީން މަނާ ކުރާކަމެއްކަމަށެވެ. އަދި އެފަދަ އެޕްލިކޭޝަންތައް ބޭނުން ކުރުމާ ދުރުހެލުވުމަށް ނަޞޭޙަތްތެރިވެފައިވެއެވެ.

”މީހުންގެ ސޫރަ ބަދަލުކޮށް، ސޫރަހެދުމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެކެވެ. އަދި އޭގެއިތުރުން ތިފަދަ އެޕްލިކޭޝަންތައް ބޭނުންކޮށްގެން މީހުންނަށް ފުރައްސާރަކޮށް މީހުންގެ ސޫރަ އައިބު ކުރުމަކީ ދީން މަނާ ކުރާކަމެކެވެ. ވީމާ ”ފޭސްއެޕް“ ފަދަ އެޕްލިކޭޝަންތައް ބޭނުން ކުރުމާ ދުރުހެލިވުމަށް ނަޞޭޙަތްތެރިވަމެވެ“. ޝައިޚް ވިދާޅުވެފައިވެއެވެ.

ދިވެހިންގެ ތެރޭގައި ފޭސްއެޕް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވަރަށް ބޮޑަށް އާއްމުވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. Anonymous

    އަދި އޭގެ އިތުރުން ކުރިޔައް މުސްތަގްބަލްގައި އިންސާނާގެ ބުރުސޫރަ ވާނެ ގޮތަކާއިމެދު އނގޭ ކަމައް ދައުވާ ކރުމަކީ ޙައިބް އެނގޭ ކަމައް ދައުވާ ކުރުން. އެހިސާބުން މުރުތައްދުވާނެކަން އިޖުމާއުން އެނގޭ.

    43
    6
    • ފަސީން

      ފޭސް އެޕަކުން އެއްވެސް ޣައިބެއް އިނގޭ ކަމުގެ ދައުވާއެއް ނުކުރެއެވެ. އެއީ މިހާތަނައް ހޯދިފައިފާ ހޯދުންތަކެއްގެ އަލީގައި ދުރުރާސްތާއައް އިންސާނާގެ ސެލްތައް އޭޖްވާގޮތުގެ އަންދާޒާއެއް ހަދާ ޓެކްނޮލިޖީ އެކެވެ. އެއީ ދުރުރާސްތާއައް ވިސްނައި އިންވެސްޓްމަންޓުތައް މާލީއިދާރާތަކުން ޕުރޮޖެކްޓު ކުރާ ބީދާއިން މީހެއްގެ ހަށިގަނޑުގެ ސެލްތައް އޭޖްވާގޮތް ޕުރޮޖެކްޓުކުރާ ސޮފްޓުވެޔާއެކެވެ. އެއީ އެއްގޮތަކައްވެސް އެ ބޭނުން ކުރާމީހާ ނުވަތަ އެ އުފެއްދިމީހުން ތިމާމެންނައް ޣައިބު އެނގެނީއޭ ކިޔާފަ ކުރާ ދައުވާއެއްނޫންވެ. ވީމާ ތިޔަ އުޅެނީ މިހާރު ކަންކަނަ ޕުރޮޕޯޝަނުން ބޮޑުކޮއްލައިގެންނެވެ. ސިކުނިއާއި ބުއްދީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާށެވެ.

      5
      6
  2. އިބްރާހީމް

    ދެން މީހުންނަކަށް ހަޖަމެއް ނުވާނެ އެހެން ބުނީމަ ...

    40
    7
  3. ހަސަނު

    ސަލަފުގެ ކަންތަކާ ޖެހުނީ. މިކަހަލަ ކޮންމެވެސް ތާކުން ތާކު ނުޖެހޭ ކަމެއް ފެނިއްޖިއްޔާ މޮޅު ވާހަކައެއް ދައްކާނެ.

    9
    51
    • Anonymous

      ހަސަނާ ވާނުވާ ނޭގޭ އިރުވެސް ތަންތަނައް އަނގަ ބާނާތި

      29
      9
    • އާ

      ނަސީބެއްނުން މަށެއް ބޭނުމެއް ނުކުރަން އެގޮތަކަށްވެސް. މަށަށް އެއިރުވެސް އެނގުނު

      19
      4
  4. އ. ޖ. އ

    ޑޭޓު ކުރުން އޯކޭތަ އަރީހް

    7
    10
  5. ނޫޑުލްސް

    ބަގާވަތް ހަލާލުވިގޮތައް ފޭސް އެޕް ވެސް ކުޑަ ލާރިކޮޅެއް ސޭކު އައް ދިއްކޮއްލަދީފިޔާ ހަލާލު ކޮއްދީފާނެ.

    9
    28
    • Anonymous

      ބަޚާވާތަކައް ވާނީ މުސްލިމަކާ ދެކޮޅައް ނުކުމެއްޖެ ކަމުގައި ވަނީނަމަ. މުރުތައްދަކާ ދެކޮޅައް ނުކުތުން ހުއްދަވެގެންވޭ

      15
      3
  6. ޖާހިލިއްޔާ

    ތިޔަ ޖާހިލިއްޔަތު އަދިވެސް ރާއްޖޭން ފިލައިދާނެ ގޮތެއް ނުވޭތަ؟ އިސްކޮށްތިބި މީހުން ގައިމު ޖިހާދަށް ގޮސްގެން ނަމަވެސް ރާއްޖެ މި ސުންޕާ އިބިލީސްތަކުގެ ބަލާއިން ސަލާމަތް ވާން އެބަ ޖެހެއެއްނު؟

    5
    10
  7. ރައްޔިތު މީހާ

    ހުއްދަ ނޫން ކަމުގެ ދަލީލަކީކޮބާ

    4
    5
  8. ސަޓޯ

    ކަލޯމެން ކާފަރު ހުރިހާ ކަމެއް ކުރާތި

    4
    4
  9. ޖާބިރު

    އަޅުގަނޑުގެ ސުވާލަކީ ސުންނީ މުސްލިމް ގައުމެއްގާ ރަލާ އޫރު މަސް ވިއްކުމަކީ ހުއްދަ ކަމެއް ތޯ؟

    • މާހިރާ

      ހުއްދަ ނޫންކަން ހުރިހާ މުސްލިމުންނަށްވެސް އެނގޭ.

  10. އަހުމަދު

    ދީނުގ އޮންނާނީ ރަނގަޅު ގޮއިތް

  11. އއއަ

    ފޭސް އެޕަކީ ކުރިންވެސް މީހުން ބޭނުންކުރި އެޕެއް. ކުއްލިއަކަށް މިހާރު މަޝްހޫރުވެގެން މިއުޅެނީ ސެލެބްރިޓީން ބޭނުންކުރަން ފެށީމަތަ