މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު ލަންކާގެ 7 ބޯޓަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދެމުން އެބަދައެވެ.

https://twitter.com/MNDF_Official/status/1152535573602553857?s=20

 

އެމްއެންޑީއެފްއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިހަވަންދިއްޕޮޅާ ދިމާލުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުން ދަނިކޮށް މޫސުން ގޯސްވެ ކޮޅިގަނޑެއްގައި ޖެހުނު މަސްބޯޓު ތަކަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި މޫސުން ގޯސްވުމުން ހާލުގައި ޖެހިފައިވަނީ ލަންކާގެ 7 މަސްދޯންޏެކެވެ.

އަދި އެ ބޯޓްތަކުން އެހީތެރި ކަމަށް އެދުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.\

ކިޔުންތެރިންގެ ހިޔާލު