ލ. އިސްދޫގައި އެކްސިޑެންޓެއް ހިނގާ ހަތަރު މީހަކަށް އަނިޔާވެ، އެކަކު ފައި ޗިސްވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 11:50 ހާއިރު އިސްދޫ ކޮޅުން ދުއްވާފައި އައި ސައިކަލަކާއި ކަލައިދޫ ކޮޅުން ދުއްވާފައި އައި ސައިލެއް ޖެހި، ދެ ރަަށް ގުޅޭ ހިސާބުން އިސްދޫއާއި ވީ ކޮޅުންނެވެެ. މަންޒަރު ދުށް މީހަކު ބުނީ ކަލައިދޫ ކޮޅުން ދުއްވާފައި އައި ސައިކަލު އައީ ނުގަވާއިދު ފަޅިން ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވި 4 މީހުންނަކީވެސް އިސްދޫއަށް ނިސްބަތްވާ ޒުވާނުންނެވެ.

އިސްދޫ ކައުންސިލުގެ ނާއިބު ރައީސް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެކްސިޑެންޓުގައި އަނިޔާވި 4 މީހުންގެ ތެރެއިން 2 މީހެއްގެ ހާލު ސީރިއަސް ކަމަށެވެ. އެގޮތުން ބޮޑުވަރު ވެފައި ވަނީ ދެ ސައިކަލުވެސް ދުއްވަން ތިބި ދެ މީހުނަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަނިޔާވި މީހުންގެ ތެރެއިން އެކަކުގެ ފައިގެ ކުޑަ ހުޅުން ބިންދައިގެން ގޮސް ވަނީ "ވަކިވެފައެވެ."

"ހަމަ ބުރިވެފައި ގޮތަކަށް އޮތީ، މަސްކޮޅު އެކަނި ވަކިނުވެ އޮތީ" އިސްދޫ ކައުންސިލުގެ ނާއިބު ރައީސް ވިދާޅުވިއެވެ.

އިސްދޫއިން ވާހަކަ ދެއްކި މީހަކު "ވަގުތު" އަށް ވިދާޅުވީ އެކަކުގެ ކަނާއަތު ފައި އެކީ "ޗިސް ވެފައި" ވާ ކަމަށެވެ.

ހާލު ސީރިއަސްވި ދެވަނަ މީހާ ހޭއެރީ އެކްސިޑެންޓް ހިނގިތާ 40 ވަރަކަށް މިނެޓް ފަހުން ކަމަށް އިސްދޫ ކައުންސިލުގެ ނާއިބު ރައީސް ވިދާޅުވިއެވެ. އަދި އޭނާގެ ލޯ ކުޑަކޮށް ހަރަކާތް ކުރި ނަމަވެސް ހާލު ވަރަށް ސީރިއަސް ކަމަށެވެ. އޭނާގެ ކަންފަތުންނާއި ބޮލުން ގިނަ އަދަދަކަށް ލޭ ފައިބާފައިވާ ކަމަށްވެސް ނާއިބު ރައީސް ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައި ދެން އަނިޔާވި ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.

އަނިޔާވި 4 މީހުނަށް އިސްދޫ ސިއްހީ މަރުކަޒުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. އަދި އިތުރު ފަރުވާއަށް އެމީހުން ގަމަށް ގެންދިޔުމަށް އެމްއެންޑީއެފް އިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްއެންޑީއެފްގެ ކޯސްޓްގާޑް މިހާރު ދަނީ އިސްދޫއަށް ދިއުމަށް ދަތުރު ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަޓޯ

    މިކިޔާ ޒވާނުން ދޯ މިއުޅީ

    2
    2
  2. އަދާލަތު

    ޤައުމަށާއި ރައްޔިތުންނަށް ދިމާވާ ކޮންމެ ހިތާމަވެރި ޙާދިސާއެއްގައި، އެއްމެގާތުން އެހީތެރިވަނީ، ދިވެހި ސިފައިންނާއި ފުލުހުން. އެކަމަކު އެއްމެގިނައިން ދިވެހި ފަރުދުން ބަވާ އެއްޗެހިގޮވަނީ ސިފައިންނަށާއި ފުލުހުންނަށް. ޤާނޫނާއި ޚިލާފަށް މިރާއްޖޭގައި ވަކި ހިއްޕަމުންގެންދާ ބަންގާޅީންނަކަށް ނޫން. ދިވެހީންގެ މަދުބަޔަކު ފިޔަވައި ދިވެހީންނަކީ، ނުވިސްނޭ ލަދުނުގަންނަބައެއް. ހިތާމަހުރި ކަމެއް.

    11
  3. އސްދޫ

    ތިވެސް ކަލާދޫ ބަޔަކައް ދިމާވި ކަމެންނަމަ އިސްދޫ މީހުން ކިޔަން އެއްޗެހިން ބޮލާނުކުޅަދާނަ ވާޅެ

  4. ބޅ

    ތެންހެން ވާޅަ ވާޖިބާ ސުންނަތާ އޮޅެންނާ