ކުރީގެ ރައީސް އަބްދުﷲ ގެ މައްސަލަ އަކީ މުޅި ގައުމުގެ މަސްލަހަތާއި ގުޅިފައިވާ ކަމެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ، މަޑުއްވަރީ ދާއިރާގެ މިހާރުގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޔާމީންގެ ޝަރީޢަތް މިއަދު ފަށަން ތައްޔާރުވެ، ޝަރީޢަތް ޓީވީ އިން ވަގުތުން ދައްކަން ނިންމާފައި ވަނިކޮށް އާދަމް ޝަރީފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީންގެ ޝަރީޢަތް ހިންގަމުންދާ ގޮތް އިދިކޮޅު ފަރާތްތަކުން ދަނީ ގާތުން ބަލަމުން ގެންދާ ކަމަށާއި މިއީ މުޅި ގައުމުގެ މަސްލަހަތާއި ގުޅިފައިވާ ކަމެއް ކަމަށެވެ.

"އިންސާފާއި ބޭއިންސާފު، ރައްޔިތުން ވެސް މިންކުރާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ގައުމުގެ ގިނަ ކަންކަމަށް ޔާމީން އިންގިލާބީ ބަދަލުތަކެއް ގެންނެވި ކަން ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށެވެ.

ގިނަ ކަންކަމަށް ޔާމީން އިންގިލާބީ ބަދަލުތަކެއް ގެންނެވި ކަން ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއިރު އެންމެ ފާހަގަ ކުރެވެނީ ޔާމީންގެ ވެރިކަމުގައި އެޅި ސިނަމާލެ ބުރިޖާއި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލެވެ. އޭގެ އިތުރުން ހުޅުމާލެ އިން އަށްޑިހަ ހާސް މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބޮޑު މަޝްރޫޢެއް ފައްޓަވާ ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މީގެ އިތުރުން މީން ޒަމާނަކު މާލެ އާއި ރަށްރަށުގެ ތަރައްޤީއަށް ނުކުރެވޭހައި ގިނަ މަސައްކަތް ޔާމީންގެ ފަސް އަހަރު ތެރޭގައި ކުރެވިގެން ދިޔަ ކަމަށް ޔާމީންގެ ސަޕޯޓަރުން ގަބޫލު ކުރެއެވެ.

ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީޢަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށާއިރު މިއީ އެމަނިކުފާނުގެ މައްޗަށް ސަރުކާރުން ކުރާ ތުހުމަތުތަކުގެ ތެރެއިން އަދި މިހާތަނަށް ދައުވާ އުފުލި ފުރަތަމަ މައްސަލައެވެ. ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެއްޖެނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ. ޔާމީންގެ ޝަރީޢަތް ފަށާނީ މެންދުރު 12:30 ގައެވެ.

ޔާމީންގެ ޝަރީޢަތް މިއަދު ޓީވީ އިން ލައިވް ކުރާ އިރު މިއީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 03 ގެ ހަމަލާގެ ޝަރީޢަތައް ފަހު ރާއްޖޭގައި ޝަރީޢަތެއް ލައިވް ކުރާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ސަޓޯ

    ބާގީ ލުތުފީއާ ބާގީ އަންނިގެ މައްސަލވެސް

    44
    3
  2. ދަތްދޮޅި

    ރަނގަޅު ގޮތަކީ "ޔާމީނުގެ މައްސަލަ ރާއްޖޭގައުޅޭ ހުރިހާ ވަގުންނާ، ޑުރަގުލޯޑުންނާ އަދި ގޭންގުތަކުގެ މަސްލަހަތާ ގުޅިފައިވޭ"

    15
    50
  3. ބަލާތި

    ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކުރަނީ އެއީ މަނީ ލޯންޑަރ ކޮށްގެން ނޫނޭ އެއީ ރައީސް އިބޫގެ ސަރުކާރުން މާލެ ސަރަހައްދުން ފްލެޓްސް ތައް ދޭނެ ކަމަށް ރައީސް ޔާމީން ލިޔުން ހަވާލުކޮށްފައިވާ 95 ހާސް މީހުންގެ ފްލެޓްްސް ތައް ރައީސް އިބޫގެ ވެރިކަމުގައި ފޭރިގަންނާން އުޅުމުން އެކަމަށް ރައްޔިތުންގެ ތާއީދެެއް ނެތުމުން ރައީސް އޮފީހަށް އެނގިއްޖެ މިހާރު ރައީސް އިބޫގެ ސަރުކާރުގައި އެއޮތީ ކޫޑި އަޅާފައި ކަން މިނިސްޓަރުން ވެސް ތިބެނީ ހޮރުގައި ފިލާފައި ދެން ޖޫނިއަރ ސިވިލްސާރވިސް ގައި އުޅޭ ތަޖްރިބާގެ ކަންފުޅެއް ވެސް ނެތް ދަ ކިއްލި ތަޅާ ކިޔަވައިގެން ތިބި ކުދިންނޭ ޓީވީ ޕްރޮގްރާމްސް ތަކުގައި މައުލޫމާތު ވެސް ދެނީ އިހަށް ދުވަހު މާލެ ސަރަހައްދުގެ ކުނި ނައްތާލުމާއި ގުޅޭ ގޮތުން ވެސް ދެ ގޮލައަކު ޓީވީ އަށް އަރާ ދެއްކީ ކަނޑުކޮސް ވާހަކަ ތަކޭ މިއިން އެގިގެން ދަނީ މިސަރުކާރަކީ ތަޖްރިބާ އެއް ނެތް ޒިންމާ ނުއުފުލާ މިނިސްޓަރުންނާއި އަދި ސްޓޭޓް މިނިސްޓަރުންނާއި ޕޮލިސީ ސެކްރެޓަރީން ތިބި ސަރުކާރެއް ކަން...

    48
    7
  4. Anonymous

    މިހާރުގެ ސަރުކާރުން ކުރަމުންދާ ވައްކަންވެސް ފަޅާއަރާނެ ދުވަހެއް އަންނާނެ މިހާރު ކުޑަދުވަސްކޮޅަކުން މިހާރު ދައުލަތައްވަތް ފައިސާ ކައިފި ރައްޔިތުންނަށް އެއަވެސްކަމެއް ކޮށެއްނުދެއްވާއި ދައުލަތުގެ ފައިސާ މިހާރު މާބޮޑައްކައިނިއްމައިފި

    50
    7
    • މޮޔައެނޮނިމަސް

      ކަލޭ ސައުދީ އަށް ދާން ވީ އެއްނު.މިހާރު ނައިޓް ކްލަބު ވެސް ހުޅުވައިފި

      1
      10
  5. ކަނބާ

    "މީން ޒަމާނަކު މާލެ އާއި ރަށްރަށުގެ ތަރައްޤީއަށް ނުކުރެވޭހައި ގިނަ މަސައްކަތް ޔާމީންގެ ފަސް އަހަރު ތެރޭގައި ކުރެވިގެން ދިޔަ ކަމަށް ޔާމީންގެ ސަޕޯޓަރުން ގަބޫލު ކުރެއެވެ." ޔަމީންގެ ސަޕޯޓަރުން ނޫންމީހުންވެސް މިކަން ޤަބޫލުކުރެއެވެ. ޚުދު އެމްޑީޕީގެ ގިނަމީހުންވެސް ޤަބޫލުކުރެއެވެ. އެކަން ހާމަކުރަން އެމީހުން ބޭނުން ނުވަނީއެވެ.

    56
    5
  6. ލަކީ

    ޙެހެ އާދަންށަރީފް އަަށް އެނގިލައްވާނެ ވަރަށް ރަނގަޅަށް
    ޔާމީނުގެ ވެރިކަމުގާ ށަރީއަތް ތައް ގެންދިޔަގޮތް އެހެން ވީމަ
    ޥިސްނާލައްވާ ކޮންމެ ކަމެއްގާ ވެސް އޮންނާނެ ފެށުމާކާ ނިމުމަކާ ޔާ.މީނުވެސް ކަމެއް ކުރިއްޔާ ކުރިކަމަކަށް އަދަބު
    ލިބޭނެ

    13
    35
  7. Anonymous

    އެމްއެމްޕީއާރގެ ފައިސާތައް އެހެންމީހުންގެ އެކައުންޓްތަކަށްވެސް ޖަމާކުރުވާ އެބޭނުންކޮށްފައިވާއިރު އެމީހުންނާއިމެދު އެއްވެސް ތަހުގީގެއް ނުހިންގާ ވަކިމީހަކަށް ޝަރީއަތްހިންގުން މިއީތޯ އިންސާފަކީ؟؟3؟ކޮބާތޯ ފާއިތުވި އެހެނިހެން ސަރުކާރުތަކުން ހިންގާފައިވާހާ ކޮރަޕްޝަން؟؟ދިގު30އަހަރުގެ ސަރުކާރުގައި އިލްޔާސް އިބްރާހީމް ދަވާލާފައިވާ އެފްޕީއައިޑީގެ ބިލިއަންސް ރުފިޔާތަކާއި އެމްޑީޕީގެ 3އަހަރުގައި ދަވާލި ޖީއެމްއާރގެ ބިލިއަންސް ޑޮލަރާއި 400ފަޅުރަށްވިއްކާލި ބިލިއަންސް ޑޮލަރތައް ވެއްދީ ކޮންތަނަކަށްތޯ މިއީ މަނީ ލޮންޑޮރީއާއި ކޮރަޕްޝަނަކަށް ނުވޭބާ؟؟.ކޮރަޕްޝަން ނަތްތާލާފަ އިންސާފު ގާއިމުކުރުމަށްއައި ސަރުކާރު ބޭއިންސާފުވެ ވައުދާއި އިދިކޮޅަށްދާތަން ދެކެން ރައްޔިތުން ބޭނުމެއްނޫން!!!

    45
    4
    • މޮޔައެނޮނިމަސް

      ހަގީގަތް ނެތް ވާހަކަ ނުފަތުރާ ކަލޭ ހުރޭ

      2
      8
  8. ތަކުރު ބެއްޔާ

    ތަރައްގީ އަކާއި ރަށްޔިތުން ދެކޮޅެއް ނޫން. ޔަށްޔިތުން ދެކޮޅު ހެދީ ވައްކަން. ތިވެހި ތާރީހުގައި ވެސް އެންމެ ގިނައިން ރައްޔިތުންގެ ތިޖޫރީ އިން ވައްކަން ކުރި 5 އަހަރު މި ދިޔަ 5 އަހަަރަކީ.

    15
    50
    • ކަނބާ

      މިހާރުގެ ވެރިކަމަށް އަދި މިއުޅެނީ އަހަރެއް ނުވެގެން. އެމްއެމްޕީއާރުސީން މަދުވި ފައިސާއަށްވުރެ ގިނަ ފައިސާ ކާލައިފި. މިކަން ހަމަ އޯކޭތަ؟

      39
      6
    • ކަޅުމާކަނާ

      ކަލޯވައްކަމޭ ފޭރުމޭކިޔާގެން އެރުވޭނީހުސްއަނގަ. ސާބިތުކޮށްދެވެންޖެހޭނެ. މިހާތަނައް ތިޔައިންއެއްވެސް ކަމެއްފުރިހަމަހެއްކާއެކު ސާބިތުކޮށްދެވިފައެއްނެތް. ބާރުއޮތީމަ މިއަދު ކުށެއްނެތްމައުސޫމް މީހާވެސް އުލުބޭންދިދާނެ. އެކަމަކު ހަގީތާކުރިމަތިލާންޖެހޭ ދުވަހު އެކަމަކުން ނުރެކެވޭނެ. އަދިހަމައެހެންމެ ކިތަންމެބަދުނާމެއް ރ ޔާމީންބޮލުގައެޅުވިޔަސް ރ ޔާމީން ވެރިކަމުގެ 5 އަހަރު މިގައުމައްގެނެސް ދެއްވިކުރިއެރުމާ ރައްޔިތުންނައްފޯރުކޮށްދިން ގިނަގުނަ އަގުހުރި ޚިދްމަތްތަކަކީ އެއަށްފަސްއަޅާ ފޮރުވިދާނެ ކަމެއްނޫން. ވައްކަމޭކިޔާގެން އަނގަފޭކުރާއިރު މިއަދުއޮތްވެރިަކން ފެށުނީވެސް 95000 ރައްޔިތުން ރ ޔާމީންއަށްދިން ވޯޓުން ވައްކަންކޮށްގެން.ދެންވެލިކަގަ.

      11
      1
  9. ޞޯބެ

    ޔާމީންގެ އެކައުންޓަށް ވަން ފައިސާ ބޭނުންނުކޮށް އޭސީސީ އާ ހަވާލުކުރީ. ޢެހެން އެންމެންގެ އެކައުންޓަށް ވަން ފައިސާތައް ނަގައި ބޭނުންކުރީ. ޢެކަމަކު ދައުވާ މި ކުރަނީ ޔާމީންގެ މައްޗަށް އެކަނި. ވަޓްއަބިގް ޖޯކް!!!!

    39
    6
  10. ވގ

    އެއީ ވ ތެދެއް ހާދަ ފައިސާއެކޭ ރައްޔިތުންގެ ފައިސާދޯ

    3
    23
  11. Anonymous

    ކޮބާ އެއަރ ޕޯޓް

    18
    3
  12. ޢަލީ ޢަލީ

    އެއީ ވަރަށްބޮޑު ތެދެއް މުޅި ޤައުމަށް ޔާމީންވަނީ ޚިޔާނާތް ތެރި ވެފައި!

    2
    9
  13. ސައިމާ

    ކިތަންމެ ކަމެއް ކޮށްދީފަ އޮތްނަމަވެސް ޚިޔާނާތާއި ވައްކަންތައް ކޮށްފަ ހުރިކަމަށް ވާނަމަ އެކަންކަން ބަލަންޖެހޭނެ. ނުބަލާ ދޫކޮށްލުމަކީ ދެންއަންނަ ބަޔަކުވެސް އެފަދަ ކަންކަން ތަކުރާރު ކުރުމަށް ހުޅުވާލެވޭ ދޮރެއް. ބަލަންވީ އިންސާފުން ބަލަންޖެހޭނީ. ޢަދުލުވެރި ނިންމުންތައް ނިންމަންވާނީ.

    2
    6
  14. ޔަގީން

    ވަގުންނަށްހާސްދުވަސްރައްޔިތުންނަށްއެއްމެދުވަހެއްމީއެދުވަސް

    2
    2
  15. މެގަވޯޓު

    ޅޮއްޅޮބެޔާ ޔާމިނާ ގުޅިފަ އޮތީ. އެހެންވެއެއްނު ތިހާ ފޯރިއަރާލައިގެން ތިއުޅެނީ..

    4
    1
  16. ާސިއްރު

    ާޒދީބާޖާ 348 ނިލިއަނަ މއަުސަމެ22 މިއަން ޑަބުލިޔު އެލްޓީ130 މމލިއަން ވިމްލާއަށް78 ނިލއަން މިވަރަށް ވައްކަން ކޮށްފަ އެންމެ 15މިލިއަނެއްހާރިފިޔާގެ ދައުވާ ރައީސް ޔާމީނަކާއަޅާ ގަނެހެނފަޙާ.....ތްރީ އޭގެ ވެސް 200 މިލިއަން

  17. އަހުމަދު

    ދުވަހަކުވެސް ރާއްޖޭގެ ޝަރިއަތެއް ރޭޑިޔޯއިންވެސް ޓީވީންވެސް ދައްކާފައެއް ނުވޭ ނޮވެމްބަރު3 ގެ ޝަރިއަތުގެ އަޑު އެހުން ރޭޑިޔޯއިން ފޮނުވީ ރެކޯޑިންނެއް އެއީ ޚުލާސާ އެއް ބަޔާންތައް ވެސް ކިޔާފައި ހުންނަނީ ރޭޑިޔޯގެ އެނައުންސަރުން އެ ޕްރޮގްރާމް އުފެއްދި މީހުން އަދިވެސް ދުނިޔޭގައި އެބަތިބި އަހާލަ ބަލަ އެތާނގެ ވެރިން ގާތުގައި މައިޒާން އަހުމަދު މަނިކު ކައިރީ އަހާލަަ ބަލަ ބަދުރު ކައިރީ އަހާލަ ބަލަ ހަފުސާ މުއުމިނާ ނަޖުމާ، ސަމަރޭ ކައިރީ... ވަގުތު ނޫހުން ވެސް ރަނގަޅަށް މަައުލޫމާތު އެއްކުރައްވައިގެން ލިޔުއްވާ.....

  18. ޓައްޕު ޙަސަނު / އިނގުރައިދޫ

    ޢާދަމް ޝަރީފު ކޮންކަމަކާ މޮޔަ ގޮވަނީ. ވަގެއް ވާނީ ވަގަކަށް. ވަގަކަށް ކިޔާނެ އެހެން ނަމެއް ނޯންނާނެ.

    2
    11
  19. އަލްޖިބްރާ

    މުޅިޤައުމު ދަވާލީވެސް ޔާމީނު ! އެވާހަކަ ބުނަންނުކެރެނީ ކީއްވެ ؟ ކަލޭތީ ޔާމީނުގެ ހުރިހާ ޖަރީމާތަކެއް ފޮރުވަން މަސައްކަތް ކުރި އަދި މިހާރުވެސް މަސައްކަތް ކުރާ އެކަކު ! ކަލެއާ ހަމައަށްވެސް އިންސާފު އަންނާނެ ! ހަދާން ކުރާތި !

  20. ހަތްބޯރާއްސޭ

    ތަމެންގެ ގުރުޑު ވަމުންދާ ވެރިކަމުގެ ސަބަބުން ތަމެން ތިޔާ ތިބީ އަބަހައްދަވެ ހަތްބޯރާހި ގޮތަށް ބޮލުގެ އިސްތަށި ގަނޑު ހަދައިގެން ދެހާންތިވެފައޭ އެއީއޭ ތަމެން ބޭންކްގެ ބޮޑޭ މެން އިންދާލަން އުޅޭ ކަމަކީ ތަމެންނާއި އަރާ އަރަފޯދިގެންވާ ކަންކަން ކުރަން ތަމެން އުޅުނިއްޔާ މާތާހިރުވާނެ ނޫންތޭ....

  21. ވިގަނި

    ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގެ މައްސަލަ އަކީ މުޅި ގައުމުގެ ދަތްދޮޅިއާ ގުޅިފައިވާ ކަމެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ، މަޑުއްވަރީ ދާއިރާގެ މިހާރުގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.