ހައްޔަރު ކޮއްފައިވާ ކުރީގެ ކަމިޝަނަރު އޮފް ޕޮލިސް އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބުދުﷲ ރިޔާޒު ހުންނެވީ ވަރަށް ސާބިތުކަމާއިއެކު، އިސްލާހީ މަސައްކަތުގައި ކުރިއަށް ވަޑައިގަތުމަށް ކެރިގެން ޖޯޝާއެކުކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.

ރިޔާޒުގެ އަނބިކަނބަލުންނާއި، ބޭފުޅުން އަދި އާއިލާ ރިޔާޒާއި ބައްދަލުކުރުމަށްފަހު ބުނެފައިވަނީ ރިޔާޒު ހުންނެވީ ވަރަށް ވަރުގަދަ ކަމާއިއެކު، އިސްލާހީ މަސައްކަތުގައި ކުރިއަށް ވަޑައިގަތުމަށް ހިތްވަރާއިއެކު ކެރިގެން ޖޯޝާއެކުކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ހައްޔަރުކުރި ފަހުން ރިޔާޒަށް ވަނީ މިއަދު ފުރަތަމަ އާއިލީ ބައްދަލުވުން ދީފައެވެ. ރިޔާޒް ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހު މަހުގެ 2 ވަނަ ދުވަހު ގުޅިފައިވާ ޕާޓީތަކުން ކުރިއަށް ގެންދިޔަ މުޒާހަރާ އިން ސޯސަން މަގުގައި ހުންނަވަނިކޮށެވެ.

ރިޔާޒުގެ އަނބިކަނބަލުން އައިޝަތު ނަދާ ވިދާޅުވީ ރިޔާޒް ހުންނެވީ ހިއްވަރު ގަދަކޮށް ކަމަށާއި ހައްޔަރު ކުރި ފަހުން އެއްވެސް ތުހުމަތެއްކޮށް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ.

"ބަންދުގައި ދުވަސްތަށް ހޭދަކުރަން ޖެހުނު ނަމަވެސް ކުރަމުން އައި މަސައްކަތަށް ކުޑަ ނަމަވެސް ދުލެއް ނުދީ، ސާބިތުކަމާ އެކު އަބަދު ވެސް ހުންނާނެ ކަމުގެ ޔާގީންކަން ރައްޔިތުންނަން ރިޔާޒު ދިން" ނަދާ ވިދާޅުވިއެވެ.

ރިޔާޒު ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމުގައި ފުލުހުން ވިދާޅުވެފައިވާއިރު ރިޔާޒުއާއެކު މަޖިލީހުގެ އިތުރު މެމްބަރުންނާއި ބައެއް އާއްމު ރައްޔިތުންވެސް ވަނީ އެދުވަހު ހައްޔަރުކޮށްފަ އެވެ.

ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

ރިޔާޒުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ކޯޓަށް ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތުތަކެއް ހިއްސާކޮށްގެން ކަމަށްވާތީ އެކަމުގައި ބައިވެރިވި ބޭފުޅުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ރިޔާޒުގެ ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފައިޒް

    ކޮން ސާބިތެއް ވެވޭނީ ޖަލަށް ލާއިރަށް މޮޅު ވާހަކަ އެއްދައްކާނެ .. ދެން ގޮޅީގަ އޮވޭ ރޯން..

  2. މާ

    ވާނީ އެހެންތާ ވެރިކަމުގެ ދަހިވެތިކަން އޮތްލެއްބޮޑުކަމުން ކިހިނެއް ހިތްވަރުދޫކޮށްލާނީ

  3. އަމީނާ

    އިޞްލާޙީ މަސައްކަތް؟؟؟؟؟؟!!!!! ކޮން ކަމެއް އިޞްލާޙްކުރުންބާ؟ ތިޔަ ރިޔާޞް ހަމަ ތިއެތިވަރު ގޮވި އަންިނގެ ވެރިކަމުގަވެސް! މައުމޫނުގެ ބަހެއް މީނަވެސް ގަނެލީ ދޯ؟

  4. ލޮލް

    "ކާރމާ އިޒް ދަ ބިޗް" ބްރޯ. ކަލެއާ މައުމޫން އާ ދެމީހުނަށް މަޢާފު ކުރުމަކީ އަމިއްލަ ނަފްސައް ދެވޭ އަނިޔާ އެއް. އަހަރުން އުޅުނު ހާލު ގެޓު ދޯ މިހާރު. އަހަރުން މައިންބަފައިން ރުއި ރުއިން ގެޓު ދޯ މިހާރު. ޖަނަވާރުން ތީ ހަމަ.