ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ މަގުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ލުޔެއް ހޯދުމަށް ވިޔަފާރި މުދާ އުފުލާ ގަޑިތަކަށް ސަރުކާރުން ގެނެސްފައިވާ ބޮޑު ބަދަލާއި ގުޅިގެން، ވިޔަފާރިވެރިން ހިއްސާކުރި ޝަކުވާތަކާއި، ގުޅުން ހުރި ފަރާތްތަކުގެ މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް މުދާ އުފެލޭ ގަޑިތަކަށް ސަރުކާރުން ބަދަލު ގެންނަވައިފިއެވެ.

ރޭގެ ވަގުތެއްގައި ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ، މާދަމާއިން ފެށިގެން މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުއްލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މި ނޫންވެސް މިފަދަ އެންމެހާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލޭނީ އިރުއޮއްސި 06:00 އިން ފެށިގެން ހެނދުނު 06:00 އާއި ދެމެދު ކަމަށެވެ. އަދި މި ބަދަލާއެކު ޑެލިވަރީގެ ގޮތުގައި ކައްކާ ގޭސް އުފުލުމުގެ ހުއްދަ ދީފައިވަނީ ހެނދުނު 08:30 އިން 11:00 އަށާއި، އިރުއޮއްސި 06:00 އިން ހެނދުނު 06:00 އަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ، މާލޭގެ މަގުތަކަށް ދިމާވެފައިވާ ތޮއްޖެހި ހިނގާބިނގާވެ އުޅުމަށް ދަތިވުމާއި، ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމަށް ދަތިވެފައިވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ފިހާރަތަކާއި ޢާންމު ތަންތަނަށް ލޮރީ، ޕިކަޕް، ވޭން ފަދަ އުޅަނދުތަކުގައި މުދާ އުފުލޭނެ ވަގުތުތަކަށް ބަދަލު ގެންނެވީ، ކަމާ ގުޅުންހުރި ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު، މުދާ އުފުލާ ގަޑިތަކަށް ކުރިން ގެންނެވި ބަދަލުތައް މުރާޖަޢާކުރުމަށްފަހު ކަމަށެވެ.

މީގެ ކުރިން ރޭގަނޑު 10:00 ގެ ކުރިން ކައްކާ ގޭސް ފިޔަވައި އެހެނިހެން މުދާ އުފުލުން މަނާ ކުރި ނަމަވެސް މި ބަދަލާއެކު ރޭގަނޑުގެ ކޮންމެ ވަގުތަކުވެސް މުދާ އުފުލޭއިރު، ކައްކާ ގޭސް އުފުލުމަށްވެސް އިތުރު ވަގުތުތަކެއް ކަނޑައަޅައި، ވިޔަފާރިވެރިންނަށް ލުރިފަސޭހަތަކެއް ދީފައިވާއިރު، އެންމެހާ ރައްޔިތުންގެ ލުއިފަސޭހައަށް ސަރުކާރުން މި ނިންމެވި ނިންމެވުމަށް، ވިޔަފާރިވެރިންނާއި ޑްރައިވަރުން އެއްބާރުލުން ދެއްވުމަށް ދިވެހި ސަރުކާރުން އެދިލައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޖުނެއިދު

    ޓްރާންސްޕޯޓް އޮތޯރިޓީން ބަޔަކަށް ލުއި ދޭނެތައް؟ ކޮންމެއް ކަމެއްގައި ވެސް އަމިއްލަ އެދުން؟ އަދިވެސް ގިނަގިނަ ކާރު ސައިކަލް ފަދަ އެއްޗެއްހި އެތެރެކުރެވޭތޯ ބަލާ؟ މާލޭގެ މަގުގައި ދެފަރާތުގައި ޕާރކުކުރަން. އޭރުން ހުރިހާކަމެއް ވެސް ރަގަޅުވާނެ. ކަސްޓަމްގެ ޚިދުމަތް 24 ގަޑިއިރަށް ދީގެން ވެސް ރާއްޖެއަށް އެތެރެކުރާ މުދާ ބޭރުކުރުމުގައި އެތައް ދަތިތަކެއް އުފުލާއިރު 12 ގަޑިއިރަށް ކަސްޓަމްގެ ޚިދުމަތް ދީގެން އެމަސައްކަތް ކުރެވޭނެބާ؟ މިފަދަ ބޮޑު ނިމުމެއް ނިންމާއިރު ވިޔަފާރިވެރިންނާނަ ދިމާވާނެ ދަތިތަކާ މެދު މަޝްވަރާނުކޮށް ނިންމާފައިވާ ވަރަށް ހިތާމަކުރަން.

  2. ބެއްޔާ

    ހުރިހާ ދެރައެއް ވެސް ރައްޔިތުންނަށް.... މުދަލުގެ އަގު އުފުލިގެން ދާނެކަން ޝައްކެއް ވެސް ނެތް....!!!

  3. މުސްތަފާ

    މިއަނިޔާވެރިކަމުންސަލާމައްވުމައްއެދި ކޮންމެ ނަމާދެއްގެފަހުގައި ދުޢާކުރައްވާ

  4. ނިކަމެތި ރައްޔަތުން

    މިއަނިޔާވެރިކަމުންސަލާމައްވުމައްއެދި ކޮންމެ ނަމާދެއްގެފަހުގައި ދުޢާކުރައްވާ

  5. ޑިމޮކްރަޓިސްޓް

    ގޭސް ހުސްވީމަ ގުޅައިގެން ގޭސް އަންނަންދެން 6 ޖަހަންދެން ނުނިދާ އިންނަންވީ؟؟ ބޯތަކާ ވިސްނަބަލަ!!

    • ާަަަސހ

      ކަލޯ ރަނގަޅަށް ކިޔާބަލަ

  6. ފައިލޭ.ނުކިޔަވާ

    ޕާކިން އޭރިޔާ ނެތީމަމަވެސް ލަންކާ އައް ދިޔައިރު އޮފީހުގަ ގުދަނައް ލާފަ ކަނޑާލީ.

  7. މަސްވެިރިޔާ

    މަމެން އަބަދުވެސް ބުނަން ރައީސަކީ އެހެންބޭފުޅުންގެ އަޑުއައްސަވާނޭ. ދެން ވެމްކޯގެ އާގް ބޯޓްފަހަރުކަހަލަ ލޮރީގެ ކަންތައް ދަންވަރަށް ބަދަލް ކުރަންވީ؛ އެމީހުންގެ އުދަނގޫ ވަރަށްބޮޑް.

  8. އުމަރުމަނިކު

    ޓްރާންސްޕޯޓް އޮތޯރިޓީން ބަޔަކަށް ލުއި ދޭނެތައް؟ ކޮންމެއް ކަމެއްގައި ވެސް އަމިއްލަ އެދުން؟ އަދިވެސް ގިނަގިނަ ކާރު ސައިކަލް ފަދަ އެއްޗެއްހި އެތެރެކުރެވޭތޯ ބަލާ؟ މާލޭގެ މަގުގައި ދެފަރާތުގައި ޕާރކުކުރަން. އޭރުން ހުރިހާކަމެއް ވެސް ރަގަޅުވާނެ. ކަސްޓަމްގެ ޚިދުމަތް 24 ގަޑިއިރަށް ދީގެން ވެސް ރާއްޖެއަށް އެތެރެކުރާ މުދާ ބޭރުކުރުމުގައި އެތައް ދަތިތަކެއް އުފުލާއިރު 12 ގަޑިއިރަށް ކަސްޓަމްގެ ޚިދުމަތް ދީގެން އެމަސައްކަތް ކުރެވޭނެބާ؟ މިފަދަ ބޮޑު ނިމުމެއް ނިންމާއިރު ވިޔަފާރިވެރިންނާނަ ދިމާވާނެ ދަތިތަކާ މެދު މަޝްވަރާނުކޮށް ނިންމާފައިވާ ވަރަށް ހިތާމަކުރަން.

    • ޢަޙްމަދު

      ތީ ދޮގެއް

  9. ރައްޔިތު

    ރައްޔިތުމީހާ ހަނާވަނީ........