އުމުރުން 38 އަހަރުގެ މީހަކު ވަގަށް ނަގާފައިވާ އެއްޗެހިތަކެއް ހިފައިގެން ދަނިކޮށް އޭނާ ހުއްޓުވައިގެން ފުލުހުން ބެލިއިރު އޭނާ ދުއްވަން އިނީ ވެސް ވަގަށް ނަގާފައިވާ ސައިކަލެއްގައި ކަން އެނގި، ދެކުށުގައި އޭނާ ބެދިއްޖެއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ މިފަހަރު ވަގުކަލޭގެ ހައްޔަރު ކުރެވުނީ ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވަން އިންދާ ކަމަށެވެ.

ހައްޔަރު ކޮށްފައި ވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އޭނާ ވަގަށް ނަގާފައިވާ ތަކެއްޗާއި، ވަގަށް ނަގައިގެން ދުއްވަމުން ދިޔަ ސައިކަލް ވެސް މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަހުރި ކަމަށެވެ.

އޭނާ ވަގަށް ނަގާފައި ވަނީ ސައިކަލްގެ އިތުރުން މޮހޮރުތަކަކާއި، ކަޓޯފްބުރަކާއި މަރުތެޔޮއެކެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ފަހަކަށް އައިސް ސައިކަލް ވަގަށް ނެގުން ވެސް ވަނީ އާއްމު ކަމަކަށް ވެފައެވެ. ސައިކަލް ވަގަށް ނެގުން ވަރަށް ބޮޑަށް އިތުރު ވެފައި ވާތީ ފުލުހުން ވަނީ ސައިކަލް ވަގަށް ނެގުން ހުއްޓުވަން މިދިޔަ ހަފްތާގައި ހާއްސަ އޮޕަރޭޝަނެއް ވެސް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޮއިކަޓް ޢަލީ

    އެހެނަސް ސާބިތެއް ނުވެ

  2. ސަންފަ

    ސައިކަލް ވަގަށް ނެގުން މީ ވަރަށް ބޮޑުވެއްޖެ ކަމެއް. ޢަޅުގަނޑުގެ ދެ ކޮއްކޮ ގެ ދެ ސައިކަލް ވަގަށް ނަގައިގެން އުޅޭތާ މިހާރު ހަތަރުމަސްވެއްޖެ. ÷ޕޮލިހަށްވެސް ރިޕޯޓް ކުރިން. ޢަދިވެސް ނުފެނޭ. ÷ޕޮލިހުން ތިޔަ ކުރައްވާ މަސައްކަތަށް ޝުކުރުވެރިވަން.

  3. ސދފ

    ތިއޮތީ ވަރަށް ބޮޑު ކަމެއް ކުރެވިފައި.
    ކޮބާ މިލިޔަނުން ނަގާ މީހުންގެ މައްސަލަ.
    ކޮބާ ރައްޔިތުން ތަމްސީލް ކުރަން ﷲގަންދީ ހުވާކޮށްގެން ތިބިމީހުން ދޮގު ހަދައި ޗައިނާ ސަރުކާރު ބޮލުގައި ދޮގު އިލްޒާމް އެޅުވި މީހުންގެ މައްސަލަ.
    ކޮބާ ބާއީ ލުތުފީ ޢާއި ބެހޭގޮތުން ދޮގު ވާހަކަ ދެއްކި މަޖިލިސް ރައީށްގެ މައްސަލަ. ކޮބާ އޭނާފޮރުވައިގެން ގެންގުޅުނު މީހުންގެ މައްސަލަ.
    މިހިރީ ވަކި ކޮޅަކަށް ނުޖެހޭ ޕޮލިހުން ތިބޭނަމަ އަމިއްލަޔަށް އިސްނަގައިގެން ކުރިޔަށް ގެންދާނެ މައްސަލަތަސއް

    2
    1
    • ތެދެއްދޮގެއް

      އާނދޮގޭ...ކޮބާ ވިއްކާލި ފަޅުތަކުގެ މައްސަލަ؟
      ކޮބާ ވަގަށްނެގި ސކފަނޑިޔާރުންގެ މައްސަލަ؟
      ކޮބާ ސަރުކާރު އިދާރާތަކުގެ ބަޖެޓުން ކެމްޕޭން ކުރި މައްސަލަ؟
      ކޮބާ ހައްގުނުވާ މީހުންނަށާއި ގާޒީންނަށް ފްލެޓް ބެހި މައްސަލަ؟
      ކޮބާ ލޯންޗޭ ބޮމޭ ކިޔައިގެން ކުޅުނު ޑްރާމާގެ މައްސަލަ؟
      ކޮބާ އެޗް.ޑީ.ސީ ކޮރަޕްޝަން މައްސަލަ؟
      ކޮބާ ފެނަކަ ކޮރަޕްޝަން މައްސަލަ؟
      ކޮބާ އެމް.އާރ.ޑީ.ސީ ކޮރަޕްޝަން މައްސަލަ؟
      ކޮބާ އެފް.އޭ.އެމް ކޮރަޕްޝަން މައްސަލަ؟
      ކޮބާ އޭސީސީ ކޮރަޕްޝަން މައްސަލަ؟
      ކޮބާ ޕީ.އެސް.އެމް ކޮރަޕްޝަން މައްސަލަ؟ (ނުނިމޭ)

  4. ޢާލިމް

    ގްޑް ޖޮބް، ނައު، ސެޓް ހިމް ފްރީ.

  5. އަދާލަތު

    މުޖުތަމަޢުގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި، ފޭރޭ މީހުންނާއި، މާރާމާރީ ހިންގާ މީހުންނާއި،ވައްކަންކުރާމީހުންގެ ވަނަވަރު (ނަމާއި، ރަށާއެކު) ހާމަނުކުރުމަކީވެސް، ރައްޔިތުންނާއި، ޤައުމަށްއޮތް ބިރުވެރި ނުރައްކަލެއް.