ކުރިއަށް އޮތް 24 ގަޑިއިރު ވެސް ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާނެތީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައިފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މިއަދާއި މާދަމާ ވެސް ރާއްޖޭގެ އެކިހާބަށް ކެރީގެ އަސަރުފޯރާނެ ކަމަށެވެ.

ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށް ލަފާ ކުރެވެއެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ވިލާގަނޑުގައި 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ރާއްޖޭގެ ކަނޑުތަށް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އަދި އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ރާއްޖެ އަށް ވިއްސާރަ ކުރަމުން އަންނަތާ މިހާރު ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ. ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގެ އެހެން ގިނަ ގައުމުތަކަށް ވެސް މިދުވަސްވަރު ދަނީ ވިއްސާރަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު